02 ޑިސެމްބަރ

December 02, 2019 3
"މުވައްޒަފުންނަށް ކުރިއެރުން ދޭނީ އުސޫލާ އެއްގޮތަށް"

އިލެކްޝަންތަކާ ދިމާކޮށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ކުރިއެރުންދީ އުޅުނު ގޮތް މިހާރު ވާނީ ދޫކޮށްލާފައި ކަމަށާއި، އެ ކުންފުނީގެ މުވައްޒަފުންނަށް ދެން ކުރިއެރުން ދޭނީ އެތަނުގެ އުސޫލްތަކާ އެއްގޮތަށް ކަމަށް ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2019 11
ކާމިޔާބު ވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން: ފައިސަލް

ރާއްޖޭގެ ކުންފުނިތަކުން ދޭން ބޭނުންވާ ހިދުމަތްތައް ފުރިހަމަ އަށް ދީ ކާމިޔާބު ހޯދަން ބޭނުން ނަމަ ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު...

December 01, 2019 9
"ކޮރަޕްޝަން ހުއްޓުވައި 23 މިލިއަން ސަލާމަތްކޮށްފި"

ކުންފުނީގެ ކޮރަޕްޝަން ހުއްޓުވައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު...

17 ޖުލައި

July 17, 2019 8
ފެނަކަ އިން ކުރީގެ ވެރިންނަށް ބަހުގެ ހަމަލާތަކެއް

ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ކަރަންޓުގެ ހިދުމަތް ދެވޭނީ މިހާރުގެ މެނޭޖްމެންޓުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެއީ ކުރިން އެ ތަން ހިންގަން ތިބި މީހުންގެ ސަބަބުން މެދުވެރިވެފައިވާ ހާލަތެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

11 ޖުލައި

July 11, 2019 36
އަބްދުއްރަހީމާއި ރިޔާޒަށް ފައިދާ ހޯދައެއްނުދެން: ނިމާލް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އަށް ވުރެ ބޮޑު އަގުގައި ޑީސަލް ވިއްކި ކަމަށް ކުރި ތުހުމަތު ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު...

01 ޖުލައި

July 01, 2019 22
ކޮރަޕްޝަނާ ދެކޮޅަށް ފެނަކަ މުވައްޒަފުން އިގުރާރުވެއްޖެ

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން މިއަދު ސޮއިކޮށްފި އެވެ.

11 މާޗް

March 11, 2019 8
ފެނަކައާއި ޕީއެސްއެމްގެ ބޮޑެތި މައްސަލަތަކެއް ބަލަނީ

ފެނަކަ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

27 ޖެނުއަރީ

January 27, 2019 8
ސަސްޕެންޑް ކުރަނީ އިހުމާލުވާ މުވައްޒަފުން: ފެނަކަ

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއިން ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންނަކީ މަސައްކަތަށް އިހުމާލުވާ މީހުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2018 7
އޭސީސީގެ އެންގުމަށް އެއްބާރުލުން ދޭނަން: ފެނަކަ

ސްރީލަންކާގެ ބަޔަކާ ހަވާލުކޮށްގެން 20 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުން ބާތިލްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ތަބާވާނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2018 9
ފެނަކައިގެ ބިލްތަކަށް 113 މިލިއަން ރުފިޔާ ނުލިބޭ

ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު އުފައްދާފައިވާ ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް، މިދިޔަ އަހަރާ ހަމައަށް 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2018 40
ފެނަކައިގެ ބޮޑު މަޝްރޫއުއެއް ހުއްޓާލަން އަންގައިފި

ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ އަޅަން ހިންގަން އުޅުނު މަޝްރޫއު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ ހަފުތާގައި އަންގައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 18
ލިޔެކިއުންތައް ނައްތައެއް ނުލަން: ފެނަކަ

ކޮރަޕްޝަންގެ ހެކި ފޮރުވަން އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލާ ކަމަށް ކުރާ ތުހުމަތުތައް ފެނަކަ ކޯޕަރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

04 ޖެނުއަރީ

January 04, 2018 8
ޝުކޫރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރަން އެދިއްޖެ

ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދިން މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރާއި އިތުރު މީހަކަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި އިތުރު ކަންތައްތަކެއް ސާފުކުރަން، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ...

03 ޖެނުއަރީ

January 03, 2018 56
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ

ގަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އެހެން އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

07 ޑިސެމްބަރ

December 07, 2017 23
ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން ޕީޖީއަށް

ފެނަކަ ކޯޕަރޭޝަނަށް ގަވާއިދާ ޚިލާފަށް ޑޮލަރު ގަތް މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ...

25 ސެޕްޓެމްބަރ

September 25, 2017 29
ރޮޒައިނާ: މާލެއާ އެއްވަރަށް އަގުތައް ކުޑަކުރޭ!

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ...

September 25, 2017 76
ފެނަކަ "ދޮވެލީ" އެންމެންގެ ކުރިމަތީގައި!

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ...

21 ސެޕްޓެމްބަރ

September 21, 2017 40
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2017 33
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް

އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

September 20, 2017 15
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތުތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް...

September 20, 2017 129
ފެނަކައިގެ ބޮޑެތި ކޮރަޕްޝަން އޮޑިޓުން ފަޅާއަރުވާލައިފި

ފެނަކަ ކޯޕަރޭޝަނާ ބެހޭ ގޮތުން އާންމުންގެ މެދުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އެ ތުހުމަތުތަކާ ބެހޭ ތަފްސީލުތައް އޮޑިޓް ރިޕޯޓުން މިއަދު ހާމަކޮށްފި އެވެ.

15 ޖެނުއަރީ

January 15, 2017 11
މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލާގައި ދައުވާކޮށްފި

ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަންނަން ދޫކުރި ޗެކްތަކަށް ފައިސާ ހޯދުމަށް ފެނަކަ އިން ދައުވާކޮށްފި އެވެ.

06 ޖެނުއަރީ

January 06, 2017 22
ފެނަކައިގެ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު ގަންނަން ދިނުމުން ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.