05 އޮކްޓޯބަރ

October 05, 2017 17
އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ފެނަކަ އިން ފޮނުވަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ޖެހިގެން ދުވާލާއި ރޭގަނޑު ވެސް ކަރަންޓު ކަނޑަމުންދާތީ، އެ މައްސަލަ ހައްލު ކުރަން އިތުރު ތިން ޖަނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2017 26
ފެނަކައަށް މަހަކު 10 މިލިއަން ރުފިޔާ ސަރުކާރުން ދޭ

ފެނަކަ އިން ދޭ ކަރަންޓުގެ ޚިދުމަތަށް ސަރުކާރުން މަހަކު 10 މިލިއަން ރުފިޔާ ދައްކާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެނާޖީ...

October 04, 2017 4
އައްޑޫން ކަރަންޓް ކަނޑާތީ ކަންބޮޑުވުންތަކެއް

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލައެއް.

03 އޮކްޓޯބަރ

October 03, 2017 3
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލު ކުރި ގޮތުން ގެއްލުން ވެފައިވާ ކަމަށް ބުނެ އެމްސީބީ އަތުން 150 މިލިއަން ރުފިޔާ ހޯދަން ޝަރޫ ކުންފުނިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

01 އޮކްޓޯބަރ

October 01, 2017 9
ކަރަންޓްގެ މައްްސަލާގައި އޮފިޝަލުން ކޮމެޓީއަށް ގެންދަނީ

މާލެއާ އަޅާ ބަލާއިރު އަތޮޅު ތެރޭގައި ކަރަންޓްގެ ޚިދުމަތް ދޭ އަގު ބޮޑުވެފައިވާ މައްސަލާގައި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަން އެ ކޮމެޓީން މިރޭ ނިންމައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ...

25 ސެޕްޓެމްބަރ

September 25, 2017 29
ރޮޒައިނާ: މާލެއާ އެއްވަރަށް އަގުތައް ކުޑަކުރޭ!

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ.

September 25, 2017
ބިލެތްފައްސަށް ވަގުތީގޮތުން ކަރަންޓު ދީފި

ށ. ބިލެތްފައްސަށް ވަގުތީގޮތުން ރޭ ކަރަންޓު ދީފި އެވެ.

September 25, 2017 76
ފެނަކަ "ދޮވެލީ" އެންމެންގެ ކުރިމަތީގައި!

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ...

24 ސެޕްޓެމްބަރ

September 24, 2017 2
އިރުއޮއްސުމުގެ ކުރިން ބިލެތްފައްސަށް ކަރަންޓު ދެނީ

ށ. ބިލެތްފައްސަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދިނުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

September 24, 2017 14
ބިލެތްފަހީގެ އިންޖީނުގޭގައި ރޯވެ އަނދައި ހުލިވެއްޖެ

ށ. ބިލެތްފަހީގެ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ރޯވެ އަނދައި ހުލިވެއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2017 40
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

22 އޯގަސްޓް

August 22, 2017 14
ފެނަކައަށް ޝަރޫއިން 17 މިލިއަން ދޭން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

08 އޯގަސްޓް

August 08, 2017 11
ހައްގުތައް ހިމާޔަތްކުރަން ކުންފުނިތަކަކުން އެއްބަސްވެއްޖެ

އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން، ފެނަކަ ކޯޕަރޭޝަނާއި އެއާޕޯޓްސް ކޮމްޕެނީ އާއި އާސަންދަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވެ، އިގުރާރެއްގައި ސޮއިކޮށްފި އެވެ.

07 އޯގަސްޓް

August 07, 2017 7
1500 އެލެކްޓްރީޝަނުން ތަމްރީނުކުރަނީ

އިލެކްޓްރީޝަނުން ތަމްރީނުު ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ޓިވެޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

04 ޖުލައި

July 04, 2017 11
ފެނަކަ އިން ފިއުލް ސާޗާޖު އުނިކޮށްފި

ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އައި ފިއުލް ސާޗާޖު އުނިކޮށްފި އެވެ.

02 ޖުލައި

July 02, 2017 14
ރައްޔިތުންގެ ތާއީދު ހޯދާ ކަމާމެދު ޝައްކު: ސައުދުﷲ

ސަރުކާރުން ރައްޔިތުންގެ ތާއީދު ހޯދަން އުޅޭ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ޕީޕީއެމްގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ސްވިފްޓް އިންޖީނިއަރިންގެ އެއް ހިއްސާދާރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

July 02, 2017 52
ކަރަންޓުގެ އަގާމެދު މެމްބަރު ރިފާއުގެ ހިތްހަމަނުޖެހުން

ސަރުކާރު ކުންފުނިތަކުން މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަގާ މެދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހިތްހަމަ...

July 02, 2017 31
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ

ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މިމަހުން ފެށިގެން ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު މިމަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވާނެ ކަމަށް ބުނެފި އެވެ.

01 ޖުލައި

July 01, 2017 3
ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި

ރ. އަލިފުއްޓަށް ރޭ ގެންދިޔަ ޖަނަރޭޓަރު ބަހައްޓައި ހަތަރު ދުވަހަށް ފަހު އެ ރަށަށް މިއަދު ކަރަންޓު ދީފި އެވެ.

July 01, 2017 6
ނިލަންދޫ ގޭގޭގެ ކަރަންޓް ބިލަށް ބޮޑު ޑިސްކައުންޓެއް

ފ. ނިލަންދޫ ގޭގޭގެ މިދިޔަ ރޯދަމަހުގެ ކަރަންޓު ބިލުން 75 ޕަސެންޓް ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.

30 ޖޫން

June 30, 2017 4
އަލިފުއްޓަށް ޖަނަރޭޓަރެއް ގެންގޮސްފި

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

29 ޖޫން

June 29, 2017 12
އަލިފުށީ ކަރަންޓް މައްސަލަ އަދިވެސް ހައްލެއް ނުވޭ!

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދެ އެވެ. ކަރަންޓް ނެތިގެން މިއަދު ވެސް ރައްޔިތުންނަށް ވަނީ އެތައް ތަކުލީފެއް އުފުލަން ޖެހިފަ އެވެ.

28 ޖޫން

June 28, 2017 8
18 ގަޑިއިރު ފަހުން އަލިފުއްޓަށް ކަރަންޓު ދީފި

ރ. އަލިފުށީގައި އަލިކަމެއް ނެތްތާ، 18 ގަޑިއިރު ފަހުން މިއަދު މެންދުރު ފަހު އެ ރަށަށް ކަރަންޓު ދީފި އެވެ.

27 ޖޫން

June 27, 2017 47
އަލިފުށި ކަނު އަނދިރީގައި، ރައްޔިތުން ރުޅިގަދަވެއްޖެ!

ރ. އަލިފުށިން ކަރަންޓް ކެނޑޭތީ ހިތްހަމަނުޖެހުންފާޅުކުރަން ރައްޔިތުންގެ ބަޔަކު ރަށު ކައުންސިލް އިދާރާ ދޮށަށް މިރޭ އެއްވެއްޖެ އެވެ.

24 ޖޫން

June 24, 2017 19
ކަރަންޓް އަގަށް އަންނަ ބަދަލު ބަންދަށް ފަހު ހާމަކުރަނީ

ތެލުގެ އަގު އެސްޓީއޯ އިން ހެޔޮ ކުރުމާ ގުޅިގެން ކަރަންޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރު ހުޅުވުމުން އިއުލާން ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

June 24, 2017 9
ސިންކްރޮނައިޒިން ޕެނަލް 24 ރަށަކަށް މާދަމާ ފޮނުވަނީ

ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން 24 ރަށަކަށް ސިންކްރޮނައިޒިން ޕެނަލްތަކެއް ފޮނުވަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.