26 ސެޕްޓެމްބަރ

September 26, 2018 8
ބަޖެޓްގައި އާ ސަރުކާރުގެ ސިޔާސަތު ހިމަނާނީ މަޖިލީހުން

އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓް މި މަހުގެ 30ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު، އާ ސަރުކާރުގެ ސިޔާސަތުތައް އެ ބަޖެޓްގައި ނުހިމެނޭނެ ކަމަށާއި އެ ސިޔާސަތުތައް ބަޖެޓްގައި ހިމަނާނީ މަޖިލީހުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2018 30
ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުތައް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް އަރާނެ ކަމަށް މޫޑީސް އިންވެސްޓާސް އިން ލަފާކޮށްފި އެވެ.

20 އޯގަސްޓް

August 20, 2018 64
ރިޓަޔާކުރާ އުމުރު މަތިކުރުން އުފާވެރި ބަދަލަކަށް ވާނެ

ކިތަންމެ މޮޅު، އަދި ތަޖުރިބާކާރު ޑޮކްޓަރެއް، ނަރުހެއް ނުވަތަ ޓީޗަރަކަށް ވިއަސް އުމުރުން 65 އަހަރު ވެއްޖެ ނަމަ، ވަޒީފާ ދޫކޮށްލާފައި ގެއަށް ދާން މަޖުބޫރެވެ. އެ އުމުރުގައި ވަޒީފާގައި ދެމިހުންނަން ރާއްޖޭގެ ގާނޫނު ތަނެއް ނުދެ އެވެ.

16 އޯގަސްޓް

August 16, 2018 21
ހިލޭ އެހީގެ އަދަދު 206 މިލިއަނަށް އަރާ: މުނައްވަރު

މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 206 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި މިއީ އެންމެ ގިނައިން ހިލޭ އެހީ ލިބުނު ސަރުކާރަށް ވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު...

August 16, 2018 1
ކުނި ނައްތާލުމުގެ ނިޒާމު ހަދަން 33 މިލިއަން ޑޮލަރު

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 33 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު...

14 އޯގަސްޓް

August 14, 2018 56
ރިސޯޓް ހަދަން ލޯން ދީގެން މަޝްރޫއުތައް ނުހިންގޭނެ

ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނިންމައި ނުލެވި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ދީގެން، އިގްތިސާދީ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިރޭ ރައްދު ދެއްވައިފި އެވެ.

06 އޯގަސްޓް

August 06, 2018 9
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން

މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު، ދައުލަތުގެ އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ލިބުނުއިރު، 11 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

01 އޯގަސްޓް

August 01, 2018 7
ޓޫރިޒަމުން 993 މިލިއަން ޑޮލަަރު ލިބުނު: އެމްއެމްއޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން އާމްދަނީގެ ގޮތުގައި ރާއްޖެއަށް 993.5 މިލިއަން ޑޮލަރު (15.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

31 ޖުލައި

July 31, 2018 8
ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

25 ޖުލައި

July 25, 2018 22
ރާއްޖޭގެ އައުޓްލުކް ނެގެޓިވް އަށް ބަދަލުކޮށްފި

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވަމުންދާތީ، މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން "ބީ2"، ގެ އައުޓްލުކް ނެގެޓިވް އަށް މިއަދު ބަދަލުކޮށްފި އެވެ.

13 ޖުލައި

July 13, 2018 23
ފޯނު ބިލަށް ދައުލަތުން ކުރި ހަރަދު އަސްލަމް ދައްކައިފި

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާ ދައުލަތަށް އަނބުރާ އިއްޔެ ދައްކަވައިފި އެވެ.

11 ޖުލައި

July 11, 2018 31
ފޯނު ބިލަށް ޚަރަދުކުރި ފައިސާ ދޭން އަސްލަމަށް ޖެހިއްޖެ

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ދައްކަން އަސްލަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

09 ޖުލައި

July 09, 2018 36
ބޯހިޔާވަހިކަން ފޯރުކޮށްދޭން ސައުދީން އެހީވާން ނިންމައިފި

ރާއްޖޭގައި ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިން އެހީވުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

01 ޖުލައި

July 01, 2018 7
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 33 މިލިއަން ޑޮލަރު ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ހަފުތާގައި ފާސްކޮށްފި އެވެ.

28 ޖޫން

June 28, 2018 12
އެންމެ ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

June 28, 2018 19
ކޮންމެ އޮފީހަކަށް އެންމެ ފިކްސްޑްް ލައިނެއް ހަމަޖައްސަނީ

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި ބޭނުންކުރާ ޓެލެފޯން ފިކްސްޑް ލައިންތަކުގެ ތެރެއިން ކޮންމެ ތަނެއްގައި އެއް ލައިން ބެހެއްޓުމަށް ފަހު، ދެން ހުރިހާ ފިކްސްޑް...

10 ޖޫން

June 10, 2018 14
ވޯލްޑް ބޭންކުން ރާއްޖެ އަށް 12 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ޕަބްލިކް ސެކްޓާގެ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ވަރުގަދަ ކުރުމަށް 12 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖެއް ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ހަފުތާގައި ފާސްކޮށްފި އެވެ.

22 މެއި

May 22, 2018 12
ހަ ރަށެއްގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

17 މެއި

May 17, 2018 7
ޓޫރިޒަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ: ފިޗް

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް "ޑިލޭ އިންޕެކްޓް"...

May 17, 2018 16
ފިޗް އިން މިފަހަރު ވެސް ރާއްޖެއަށް ދިނީ "ބީ ޕްލަސް"

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ޕްލަސް" ރޭޓިން މި އަހަރު ވެސް ދެމެހެއްޓުމަށް ނިންމައިފި އެވެ.

14 މެއި

May 14, 2018 8
ބަޖެޓުގެ ކެޕިޓަލް ޚަރަދު 25 ޕަސެންޓް ބޮޑުވާނެ

ދިވެހި ދައުލަތުގެ ބަޖެޓްގެ ކެޕިޓަލް ޚަރަދު މި އަހަރު 25 ޕަސެންޓް ބޮޑުވާނެ ކަމަށާއި ރިޔާސީ އިންތިޚާބު ބާއްވާތީ، ބަޖެޓުގައި އަންދާޒާ ކޮށްފައިވާ މިންވަރަށް ޚަރަދު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން މިއަދު ބުނެފި އެވެ.

06 މެއި

May 06, 2018 29
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ހިންގަން ނިންމާފައިވާ ގްރޭޓާ މާލެ އެންވަޔަރްމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އެވެ.

03 މެއި

May 03, 2018 10
މި މަހުގެ 10 ގެ ކުރިން ރޯދަ އިނާޔަތް ދޭން ޖެހޭ

މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 10 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

May 03, 2018 4
ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު އޭޑީބީން ހޯދަނީ

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން ފިނޭންސް މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ.