27 މެއި

May 27, 2016
ޓޯކިޔޯގެ ރަންވޭ މަތީގައި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ޓޯކިޔޯ (މެއި 27) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އެއާޕޯޓެއްގެ ރަންވޭ މަތީގައި އޮތް ކޮރެއަން އެއާގެ މަތިންދާ ބޯޓެއްގެ ވާތްފަރާތު އިންޖީނުގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

24 މެއި

May 24, 2016
ލޯންޗު އަނދައިގެން ނުވަ ލައްކަ ރުފިޔާގެ ގެއްލުމެއް

މާލޭން ފުރައިގެން ހުޅުލެ އަށް ދަނިކޮށް މިއަދު އަނދައި ހުލިވި ލޯންޗުގައި އަލިފާން ރޯވީ ލޯންޗުގެ ޕެޓްރޯލް ޓޭންކް ގޮވައިގެން ކަމަށާއި އޭގެ ގެއްލުން ނުވަ ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް އެ ދުއްވުމުގައި އިސްކޮށް އުޅޭ މުހައްމަދު ނަބީހު ބުނެފި އެވެ.

23 މެއި

May 23, 2016
ތައިލަންޑުގެ އަލިފާނުގެ ހާދިސާއެއްގައި 17 މަރު

ތައިލެންޑުގެ އަންހެން ކުދިން ސްކޫލެއްގެ ނިދާބައިގައި އާދީއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 ދަރިވަރުން މަރުވެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ އެވެ.

22 މެއި

May 22, 2016 3
ލޯންޗެއްގައި އަލިފާން ރޯވެ ދެ މީހުން ފިހިއްޖެ

ހުޅުލެ އަށް ދިއުމަށްޓަކައި މާލޭ ފަޅުން ނުކުތް ލޯންޗެއްގައި ރޯވެ އަނދައި ދެ މީހަކު ފިހިއްޖެ އެވެ.

09 މެއި

May 09, 2016
އަލިފާނުގައި ކެނެޑާގެ އަވަށެއްގެ މީހުން ސަލާމަތްވީ މުއުޖިޒާތަކުން

ކެނެޑާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާނުގައި އެއް އަވަށުގެ 20 ޕަސެންޓް ވަނީ އަނދާ ހުލިވެފައި. ކެނެޑާގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި ލިބުނު ގެއްލުން ބިލިއަން ޑޮލަރަށް އަރާ. އެކަމަކު އަލިފާނުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައެއް ނުވޭ.

08 މެއި

May 08, 2016
އިހަވަންދޫ ބޯޓެއް އަނދައި 15 މިލިޔަން ރުފިޔާގެ ގެއްލުން ވެއްޖެ

އުތުރުގެ ހަތަރު ރަށަކަށް މުދާ އުފުލާ މި ބޯޓަކީ އެ ސަރަހައްދުގައި ދުއްވާ އެންމެ ފެންވަރު ރަނގަޅު އެއްބޯޓެވެ. ބޯޓުގައި ރޯވުމުން ގިނަ ބައެއްގެ އަގުބޮޑު މުދާ ވަނީ އަނދާ ހުލިވެފަ އެވެ.