18 ފެބުރުއަރީ

February 18, 2019 35
ބޯޓުގައި ރޯވެ ހާލު ބޮޑުވި މީހާ މަރުވެއްޖެ

މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި ފުވައްމުލަކު ބޯޓެއްގައި ރޭ ފަތިހު ރޯވެ، އޭގައި ތިބި 16 މީހުންގެ ތެރެއިން ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019
ދިއްލީގެ ހޮޓަލެއްގައި ރޯވެ 17 މީހުން މަރުވެއްޖެ

ނިއު ދިއްލީ (ފެބްރުއަރީ 12) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހުން މަރުވެއްޖެ އެވެ.

29 ޖެނުއަރީ

January 29, 2019 20
ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި

ކ.އެނބޫދޫ ފިނޮޅުގައި ހިންގާ، ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ ވޯޓާ ވިލާ ފަސް ކޮޓަރީގައި ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2019 6
ސަފާރީއެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

މީރު އިލެންޑް ރިސޯޓުގެ ފަޅުތެރޭގައި އޮތް، އެ ރިސޯޓުގެ ސަފާރީއެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2019 5
ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މުޅި ރަށުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

04 ޖެނުއަރީ

January 04, 2019 3
އަލިފާނުގެ ހާދިސާއަށް ފަހު ގިލި ލަންކަންފުށިި ބަންދު

ކ. ގިލި ލަންކަންފުށި ރިސޯޓްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2019 22
ގިލި ރިސޯޓުގެ ބޮޑު ބައެއް އަނދައިފި،

ޕެރެޑައިސް ކައިރީގައި އޮންނަ ކުރީގެ ސޮނެވާ ގިލި، މިހާރުގެ ގިލި ލަންކަންފުށި ރިސޯޓުގެ މޫދު ކޮޓަރިތަކެއްގައި ރޯވި އަލިފާންގަނޑު، ކޮންޓްރޯލްނުވެ އެންމެ ފަހުން ރިސޯޓްގެ ގިނަ ކޮޓަރިތަކެއް އަނދާ އަޅިއަށް ހަދާލައިފި އެވެ.

31 ޑިސެމްބަރ

December 31, 2018 9
އަލިފާން ނިވުުމުގެ ހިދުމަތް 5 އަހަރުން ހުރިހާ ރަށަކަށް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަޔަ ސްޓޭޝަންތައް ގާއިމްކޮށް، އަލިފާން ނިއްވުމުގެ ހިދުމަތް ހުރިހާ ރަށެއްގައި ވެސް ދެވޭނެ އިންތިޒާމް ފަސް އަހަރު ތެރޭގައި ގާއިމް ކުރަން ޕްލޭންކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިއަދު ބުނެފި އެވެ.

18 ޑިސެމްބަރ

December 18, 2018 6
ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދައިފި

ސ. ހިތަދޫ ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

13 ޑިސެމްބަރ

December 13, 2018
ކުރެއްދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޅ. އަތޮޅު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 5
ވިލިނގިލިޕޮލިސް އެކޮމަޑޭޝަންގައި ރޯވެ ފުލުހަކު ފިހިއްޖެ

ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ، އެެއް ފުލުހަކު ފިހި، އެހެން ފުލުހަކު ޒަހަމް ވެއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2018 1
މެރީޑިއަމް ބޯޓެއްގެ ފަޅުވެރިއެއްގެ ގައިގަ ރޯވެ ފިހިއްޖެ

ތ. މަޑިފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ބޯޓުގެ ފަޅުވެރިއެއްގެ ގައިގައި އަލިފާން ރޯވެ މިއަދު ފިހިއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 1
ފަޔަ އެލާމްގެ އަޑަށް ދިޔައިރު އެއީ ގުރައެއްގެ އަޑު

އިނގިރޭސި ވިލާތުގައި ގެޔަކުން ގުރައެއް ގޮވާ އަޑު އިވޭތީ، އެއީ އަލިފާން ރޯވެގެން އަޅާ އެލާމްގެ އަޑު ކަމަށް ހީކޮށް، އަލިފާން ނިވާ މީހުން އެ ގެޔަށް ހިނގައްޖެ އެވެ.

17 ނޮވެމްބަރ

November 17, 2018
ކެލިފޯނިއާގެ އަލިފާނުގައި ހާހެއްހާ މީހުން ގެއްލިއްޖެ

ކެލިފޯނިއާ (ނޮވެމްބަރު 17) - އެމެރިކާގެ ކެލިފޯނިއާގައި މިހާރު ރޯވެ އަނދަމުންދާ ގަދަ އަލިފާނުގައި ހާހެއްހާ މީހުން ގެއްލިއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2018 2
ސެމީޑީލް ގޭގައި ރޯވި އަލިފާން ނިއްވާލައިފި

މއ. ސެމީޑީލް ގޭގެ ތިން ވަނަ ފްލޯގައި މިއަދު ހަވީރު ރޯވި އަލިފާން ނިންވާލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2018
ކެލިފޯނިއާގައި ރޯވެފައިވާ އަލިފާނުގައި 31 މަރު

ކެލިފޯނިއާ (ނޮވެމްބަރު 13) - އެމެރިކާގެ ކެލިފޯނިއާގައި މިހާރު ރޯވެ އަނދަމުންދާ އަލިފާނުގައި މިހާތަނަށް 31 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ފައިދިގު މަކުނެއް މަރަން ހަދައިގެން ގޭގައި ރޯވެއްޖެ

ފައިދިގު މަކުނުތަކެއް މަރާލަން އޭގައި އަލިފާން ޖައްސަން އުޅެން ހަދައިގެން އެމެރިކާގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2018 4
ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކްވެ އަށް މީހަކު ފިހިއްޖެ

ދ. އަތޮޅުގައި ހަދަމުންދާ "މާގާ" ރިސޯޓުގެ ސްޓާފް ބަދިގޭގައި ގޭސް ލީކްވެ މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަށް ބިދޭސީއަކު ފިހިއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2018 37
އެމްސެވަން ރޯކޮށްލާނެ ކަމުގެ އިންޒާރުތަކެއް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ ފިހާރަތަކާއި ޗާޕްހާނާ ރޯކޮށްލާނެ ކަމަށް ބަޔަކު އިންޒާރު ދީފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.

11 އޮކްޓޯބަރ

October 11, 2018 4
ލަންކާގެ މަޝްހޫރު ކޫލް ޕްލެނެޓްގައި އަލިފާން ރޯވެއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 11) - ސްރީ ލަންކާގެ މަޝްހޫރު ރީޓެއިލް ޗެއިން ކޫލް ޕްލެނެޓުން ބައްޓަރަމުއްލާގައި ހިންގާ ފިހާރާގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.