27 ޑިސެމްބަރ

December 27, 2016 7
މާލޭގެ ގެއެއްގެ ޓެރަސްގައި ރޯވެއްޖެ

މާލޭގެ ގެއެއްގެ ޓެރަސްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2016 5
ހުޅުމީދޫ ޗަސްބިން ސަރަހައްދުގައި ރޯވުން އާންމު ކަމަކަށް

އައްޑޫ ހުޅުމީދޫ ޗަސްބިން ސަރަހައްދުގައި ރޯ ވާ މައްސަލަ އާންމު ކަމަށްވެފައިވާ ކަމަށާއި އެކަން ހިނގަނީ ބައެއް މީހުންގެ އިހުމާލުން ކަމަށް ގަބޫލު ކުރެވޭ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2016 4
ކަނޑު އުޅަނދުތައް ވެސް އެމްއެންޑީއެފުން ފާސްކުރަނީ

އަލިފާނުގެ ހާދިސާތަކުން އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ "ހިރާސް ފާސް" އޮޕަރޭޝަން މުޅި ރާއްޖެ އަށް ފުޅާކޮށް، ކަނޑު އުޅަނދުތައް ވެސް ބަލައި ފާސްކުރަން ނިންމާފައިވާ ކަމަށް...

December 25, 2016 1
ގާފަރު ދޯނި އެނދުމުން ލިބުނު ގެއްލުން ފަސް ލައްކައަށް

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮއްވައި އިއްޔެ ރޯވި އެ ރަށު ދޯންޏަށް ލިބުނު ގެއްލުން ފަސް ލައްކައެއްހާ ރުފިޔާ އަށް އަރާނެ ކަމަށް އެ ދޯނީގެ ވެރި ފަރާތުން މިއަދު ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2016 7
ގާފަރު ދޯންޏެއްގައި ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮތް އެ ރަށު ކަންނެލި ދޯންޏެއްގައި މިއަދު ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2016 11
ގުދަންކުރުމާ ގުޅޭ އާ އުސޫލު އަންނަ މަހު އާންމުކުރަނީ

މުދާ ރައްކާކުރުން ނުވަތަ ގުދަން ކުރުމާ ގުޅޭ ގޮތުން އެކުލަވާލި އުސޫލު އަންނަ މަހު އާއްމުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2016 4
ފަޔާ ބައިކް ބޭނުންކުރުން އިތުރު ކުރަނީ

އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލެއްގެ ގޮތުގައި އަންނަ އަހަރު މިހާރަށް ވުރެ ގިނަ ސައިކަލު ނުވަތަ ފަޔާ ބައިކް ބޭނުން ކުރަން ފަށާނެ ކަމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު...

December 14, 2016 5
ޗެކް ކުރި ގިނަ ތަންތަން އަލިފާނުން ރައްކާތެރިއެއްނޫން

ސިފައިން ނިކުމެ މާލޭގެ ހުރިހާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ކެފޭތައް މިހާރު ޗެކުކުރަމުން އަންނައިރު އޭގެ ތެރެއިން ގިނަ ތަންތަން ހުރީ، އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވެވޭނެ...

11 ޑިސެމްބަރ

December 11, 2016
އަލިފާން ނިއްވާ ޒަމާނީ ވަސީލަތެއް ތައާރަފްކޮށްފި

އިމާރާތްތަކުގެ ތެރޭގައި ރޯވާ އަލިފާން ނިއްވުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެއް، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސޭވިއާސް މޯލްޑިވްސް އިން މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2016
ވަގުތީ ހިޔާގައި ތިބީ ފަސް މީހުން: އެންޑީއެމްސީ

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، މިވަގުުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.

06 ޑިސެމްބަރ

December 06, 2016 17
މާލޭގެ ގުދަންތައް ހުރީ ގަވައިދާ އެއްގޮތަށްތޯ ބަލަނީ

މާލޭގައި ހަދާފައިވާ ގުދަންތަކާއި ރެސްޓޯރެންޓުތައް ހުރީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް، އެތަންތައް ފާސްކުރަން ސިފައިން މިއަދު ފަށައިފި އެވެ.

05 ޑިސެމްބަރ

December 05, 2016 16
ސްކޫޕްގައި ރޯވެއްޖެ

މާލޭގައި ހިންގާ ސްކޫޕް ރެސްޓޯރަންޓްގައި މީގެ އިރުކޮޅެއް ކުރިން ރޯވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2016
ކެލިފޯނިއާގައި ޕާޓީ ކުރަނިކޮށް ރޯވެ ގިނަ ބަޔަކު މަރު

ކެލިފޯނިއާ (ޑިސެމްބަރު 4) - އެމެރިކާގެ ކެލިފޯނިއާގައި ނެށުމުގެ ޕާޓީއެއް ބާއްވަމުން ދަނިކޮށް އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2016 2
ޒަހަމްވި ސިފައިން މީހާގެ ހާލު ރަނގަޅު: އެމްއެންޑީއެފް

މއ. ކަފިދޫގޭގައި މިދިޔަ ހޯމަ ދުވަހު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ތެރޭގައި ޒަހަމްވި ސިފައިންގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

December 01, 2016 2
އަލިފާނުގައި ވަޑާންގެއަށް 18 މިލިއަންގެ ގެއްލުމެއް

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާ ކައިރީގައި ހުރި އެމްއެސް ކާޕެންޓްރީއަށް ލިބުނު ގެއްލުން 18 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް...

December 01, 2016 8
އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ: ފުލުހުން

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑް ގްރޫޕްގެ ގުދަނުގައި މިދިޔަ ހޯމަ ދުވަހު އަލިފާން ރޯވި ސަބަބު އެނގިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2016 2
އަލިފާނުގެ ހާދިސާގައި 20 މީހަކަށް އެހީތެރިވަނީ

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 20 މީހަކަށް ވަގުތީ ބޯ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

28 ނޮވެމްބަރ

November 28, 2016 5
އަނިޔާވި ސިފައިންގެ މީހާ ރާއްޖޭން ބޭރަށް ގެންދަނީ

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ ތެރޭގައި ޒަަހަމްވި ސިފައިންގެ މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިރޭ ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

November 28, 2016 4
ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ އިން އެހީވަނީ

ދިލްބަހާރު ގޯޅީގައި ހުރި ގުދަނެއްގައި ރޯވެ، އެތަނާ ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށްގެން، ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ މެނޭޖްމެންޓު ސެންޓަރު (ޑީއެމްސީ) އިން...

November 28, 2016 61
އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ: އެމްއެންޑީއެފް

ދިލްބަހާރުމަގުގައި ހުރި ތަނެއްގައި ރޯވެ އަނދަމުން އެބަދެ އެވެ. އެކަމަކު މިއީ ކޮން ބޭނުމަކު ބޭނުންކުރާ ތަނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް...

27 ނޮވެމްބަރ

November 27, 2016 7
އިޒްރޭލުގައި ފެތުރުނު ބިޔަ އަލިފާންގަނޑު ނިއްވާލައިފި

ތެލް އަވީވް (ނޮވެމްބަރު 27) - އިޒްރޭލުގެ ބައެއް ހިސާބުތަކާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުވައިފައިވާ ބައެއް ހިސާބުތަކުގެ ޖަންގަލިތަކުގައި ރޯވެ ފެތުރެމުންދިޔަ ބިޔަ...

November 27, 2016 1
އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި 23 މީހުން ބަންދަށް

ތެލް އަވީވް (ނޮވެމްބަރު 27) - އިޒްރޭލުގެ ޖަންގަލިތަކުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި 23 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ލުބާ ސަމްރީ ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2016 10
އިޒްރޭލުގައި ރޯވި އަލިފާން ނިއްވަން ފަލަސްތީން އެހީވަނީ

ގުދުސް (ނޮވެމްބަރު 26) - އިޒްރޭލުގެ ޖަންގަލިތަކުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލުމުގައި ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

25 ނޮވެމްބަރ

November 25, 2016 17
ރޯވި އަލިފާނުން އިޒްރޭލް ސަލާމަތްވާން މަސައްކަތް ކުރަނީ

ތެލް އަވީވް (ނޮވެމްބަރު 25) - އިޒްރޭލުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހައިފާގެ ޖަންގަލީގައި ރޯވި އަލިފާން ފެތުރި މީހުންނަށާއި ގެދޮރާއި މުދަލަށް ނުރައްކާވާން ފެށުމުން އެ ސިޓީގެ 80،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް އަންގައިފި އެވެ.

24 ނޮވެމްބަރ

November 24, 2016 18
އިޒްރޭލުގައި ރޯވި އަލިފާން ނިއްވަން ގައުމުތަކުގެ އެހީއަށް

ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.

01 ނޮވެމްބަރ

November 01, 2016 9
އޮޕަރޭޝަން ކުރަނިކޮށް ޖެހި ފޮޑިއަކުން ރޯވެ ފިހިއްޖެ

ޖަޕާނުގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަނެއް ކުރަނިކޮށް ބަލި މީހާ ޖެހި ފޮޑިއެއްގެ ސަބަބުން އަލިފާން ރޯވެ އެ މީހާ ވަރަށް ބޮޑަށް ފިހިއްޖެ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

29 އޮކްޓޯބަރ

October 29, 2016
ނައްޓާލަން އުޅެނިކޮށް ބޯޓުގައި އަލިފާން ރޯވެއްޖެ

ޝިކާގޯ (އޮކްޓޯބަރު 29) - އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓެއް ޝިކާގޯގެ އޯ ހާރޭ އެއާޕޯޓުން ނައްޓާލަން ރަންވޭމަތިން ދަތުރުކޮށްފައި ދަނިކޮށް ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.