17 ނޮވެމްބަރ

November 17, 2020 4
މިއަދާއި މާދަމާ ވެސް މޫސުން ގޯސް

މި ދުވަސްވަރު ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށާއި މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2020 1
ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެއަށް ވާރޭ ވެހޭނެ

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

24 ޖުލައި

July 24, 2020 4
ކުޅުދުއްފުށްޓަށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ

ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

29 މެއި

May 29, 2020 10
އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

ރާއްޖެެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވޭހި ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ އެވެ.

16 މެއި

May 16, 2020 3
ވިއްސާރައިގައި އައްޑޫން 636 ގެއަކަށް ގެއްލުން

ބުރާސްފަތި ދުވަހު އައްޑު އަށް ކުރި ވިއްސާރައިގައި ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާރު 636 އަށް އަރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2019 2
ނައިފަރު ކައުންސިލް އިދާރާގެ ފުރާޅު އެއްލާލައިފި

ޅ. ނައިފަރަށް ރޭ ކުރި ވިއްސާރައިގައި އެ ރަށުގައި ހުރި ކައުންސިލް އިދާރާގެ ފުރާޅު އެއްލާލުމާ ގުޅިގެން އެ އިދާރާ އިން ދެމުން އަންނަ ހިދުމަތްތައް މިއަދު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2019 4
ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ

ގއ. ދާންދޫ އަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި، 30 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2019 9
އައްޑޫގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު 200 އަށް

މި ހަފުތާގެ ކުރީކޮޅު އައްޑު އަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކުގެ އަދަދު 200 އާ ގާތްކުރާނެ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

13 އޮކްޓޯބަރ

October 13, 2019 14
ފެން ބޮޑުވެ ގެއްލުންވި އައްޑު އަށް މާރިޔާ ވަޑައިގެންފި

އައްޑު އަށް ކުރި ވިއްސާރައިގައި އެތައް ގެޔަކަށް ފެން ވަދެ ގެއްލުންވެފައި ވާތީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ރަށަށް މިއަދު ވަޑައިގެންފި...

October 13, 2019 46
ފެން ބޮޑުވަނީ މަގުތަކަށް ވުރެ ގެތައް ތިރިވުމުން: ސޯބެ

އައްޑު އަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ގެތަކަށް ފެން ވަންނަނީ، ހަދާފައިވާ މަގުތަކަށް ވުރެ ގެތައް ތިރިވުމުން ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2019 4
އައްޑޫ ވިއްސާރައިގައި 50 ގެއަކަށް ގެއްލުން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 50 ވަރަކަށް ގެ އަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

October 12, 2019 12
ބޯކޮށް ވާރޭވެހި، އައްޑޫގައި ފެންބޮޑުވެއްޖެ

އައްޑު އަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2019 39
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!

މީގެ ތިން އަހަރު ކުރިން އޭރުގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާ އެކު އެންމެން ވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި...

21 ސެޕްޓެމްބަރ

September 21, 2019 9
މާލޭގައި ފެން ބޮޑުވެ ގޭގެއަށް ފެންވަންނަނީ

ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަން ފަށައިފި އެވެ.

13 އޯގަސްޓް

August 13, 2019 5
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރަށް ރޭ ފަތިހު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2019 4
ކެރެލާގެ މޫސުން ގޯސް، ދިވެހިން ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކެރެލާ އަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ އެ ތަނުގައި އުޅޭ ދިވެހިން މޫސުމަށް ސަމާލުކަން ދޭން ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު އެދިއްޖެ އެވެ.

19 ޖުލައި

July 19, 2019 24
ރަށްރަށް ފެނު އަޑީގައި! ސަބަބަކީ ކޮބާ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއާ ހިލާފަށް މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެ އެވެ. ކޮންމެ އަހަރަކު ވެސް ބޯކޮށް ވާރޭވެހިގެންނާއި އުދަ އަރައިގެން މާލެ އާއި ބައެއް އެހެން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އަހަރުން އަހަރަށް އެފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެފަދަ...

31 މެއި

May 31, 2019 13
ފެންބޮޑުވި ރަށްތައް އާއްމު ހާލަތަކަށް ވަނީ ބަދަލުވެފައި

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ރަށްތައް މިހާރު އާއްމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން...

May 31, 2019 30
މާމެންދޫ ފެނު އަޑީގައި، ކަރަންޓެއް ވެސް ނެތް!

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލ. މާމެންދޫގައި ފެންބޮޑުވެ 200 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ރަށުން ކަރަންޓު ވެސް ކަނޑާލަން ޖެހިއްޖެ އެވެ.

30 މެއި

May 30, 2019 9
9 ރަށެއްގައިި ފެންބޮޑުވެ، ގެއްލުން ވެއްޖެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނުވަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިރޭ ބުނެފި އެވެ.

28 މެއި

May 28, 2019
ވިއްސާރާގައި 43 ގެޔަކަށް ފެން ވަދެފައިވޭ: ޑީއެމްއޭ

އިއްޔެ ކުރި ވިއްސާރާގައި ތ. އަތޮޅު ބައެއް ރަށްރަށުގައި ފެންބޮޑުވެ 43 ގެޔަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

27 މެއި

May 27, 2019 1
ކ. އިން ތ. އަށް ބޯކޮށް ވާރޭވެހޭނެ: މެޓް

ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

May 27, 2019 3
ވިއްސާރާގައި 19 ގެއަކަށް ފެންވަދެ ގެއްލުންވި

މެދު ރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް މިއަދު ކުރި ވިއްސާރާގައި 19 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައްވި ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.