14 އޮކްޓޯބަރ

October 14, 2019 18
ޒުވާން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 20000 ރުފިޔާ

ނޭޕާލުގައި ދާދި ފަހުން ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ކުޅިވަރު ގައުމީ މަޖިލީހުން ދާދި ފަހުން އެކުލަވާލި ގަވާއިދުގެ ތެރެއިން 20،000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 6
ޕްރެޝަރު ބޮޑުވެ މަހުލޫފް ކޮމިޓީއާ ދުރަށް

އެހެން ބައެއް އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި، އެފްއޭއެމްގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޮމިޓީން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަކިވެވަޑައިގެންފި އެވެ. އެކަމަކު އޭނާ...

September 30, 2019 32
ތަޅާފޮޅާ ނިމިއްޖެ، މޮޅުވީ ބައްސާމް: މަހުލޫފު

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް...

26 ސެޕްޓެމްބަރ

September 26, 2019 20
ދެ މިނިސްޓަރުން އެފްއޭއެމަށް: ސުޒޭނުގެ ބަހުގެ ހަމަލާތަކެއް!

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމަކު ފުޓްބޯޅަ ރަނގަޅުކުރެވެން އޮތީ އެގޮތަށް ކަމަށް ވަންޏާ އެފްއޭއެމްގެ އެހެން ކޮމިޓީތަކަށް ވެސް ވަޒީރުން ލައްވަންވީ ކަމަށް ބުނެ...

23 ސެޕްޓެމްބަރ

September 23, 2019 3
ގައުމީ ޓީމު ކޮމިޓީއާ ގުޅެން އަދި ނުނިންމަން: މަހުލޫފް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީއާ ގުޅެން އަދި މުޅިން ނުނިންމަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2019 9
މަހުލޫފު އެއްބަސްވެވަޑައިގެންފި! ފީފާގެ އަދަބެއް؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 30
ގައުމީ ޓީމުގެ ކޮމިޓީގައި ސިޔާސީ ކުލަ: ބޮޑު ގޯހެއް؟!

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން މިއަދު އެކުލަވާލި ކޮމިޓީ އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކުރެއްވުމާ އެކު ކަންބޮޑުވުންތަކުގެ އޮއިވަރެއް އުފެދިއްޖެ އެވެ.

19 އޯގަސްޓް

August 19, 2019 51
ޒައިތޫނި ފަތްކޯޅިއާއެކު މިނިސްޓަރު، ބައްސާމްގެ އަރިހަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ވަޑައިގެން، ފާޑުކިޔުންތައް އަމާޒުވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލާ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ. އެކަމަކު އާއްމުން ކަންބޮޑުވުންވާ އެތައް ކަމެއް އެފްއޭއެމްގެ ފަރާތުން ފެންނަމުން ދިޔަ ނަމަވެސް، މިނިސްޓަރުގެ...

20 ޖޫން

June 20, 2019 4
ޔުއެފާ މުބާރާތާ އެކު ފުޓްބޯޅައިގެ އުއްމީދީ ވާހަކަތަކެއް

ޔުއެފާގެ އެހީގައި އެފްއޭއެމުން އަންނަ މަހު އައްޑޫގައި ބާއްވާ 15 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުއްމީދީ މަސައްކަތެއް ކަމަށާއި މުސްތަގުބަލުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން އެކުގައި މަސައްކަތްކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށް އެ ދެ ތަނުން ބުނެފި އެވެ.

09 މާޗް

March 09, 2019 18
ކްލަބްތައް އަމިއްލަ އަށް ކޮންގްރެސް ބާއްވަން ނިންމައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ފުރަގަސްދީފައިވާތީ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް...

08 ފެބުރުއަރީ

February 08, 2019 13
ކްލަބްތަކަށް ފައިސާ ދެމުން އައީ ސިޔާސީ މަގުސަދެއްގައި

އެއްވެސް ބެލުމެއް ނެތި ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުން މިކަން ފެށީ ވެސް ސިޔާސީ މަގުސަދެއްގައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2019 9
އެފްއޭއެމުން އެޅީ ޒާތީ ފިޔަވަޅެއް: ނިއު

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2019 36
ބައްސާމް ވަކިކުރުމުގެ މަސައްކަތް ކްލަބްތަކުން ފަށައިފި!

އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.

02 ޖެނުއަރީ

January 02, 2019 19
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"

އާ ސަރުކާރެއް މިއައީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ހާލަތު ދަށްވެ، އެހީތެރިކަމަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ސިޔާސީ ހަލަބޮލިކަން މަޑުޖެހި، ގައުމު އަމާންވީ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރާނެ މާހައުލަކަށް ތަންދެމުންނެވެ. އެކަމަކު ފެނިގެން މިދަނީ އާ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުމެކެވެ.

22 ޑިސެމްބަރ

December 22, 2018 3
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ހަމަޖެހިއްޖެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2018 6
މިނިސްޓްރީގެ ކޮމިޓީއާ މެދު ސުވާލު އުފެދޭ: މާޒިޔާ

ދިވެހި ފުޓްބޯޅައާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު އުފައްދަވާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2018 33
އެފްއޭއެމުން މަހުލޫފަށް ރައްދު ހަމަލައެއް ފޮނުވާލައިފި

ކުޅިވަރާ ބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން ކޮމިޓީން" ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށް ވަޒީރު އަހުމަދު މަހުލޫފު އިއްޔެ ވިދާޅުވުމުން އެފްއޭއެމުން ރައްދު ދީފި އެވެ.

25 ނޮވެމްބަރ

November 25, 2018 6
އޭއެފްސީން ފުރުސަތު ގެއްލުނު މައްސަލަ ބަލަނީ

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބުތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ނިންމަވައިފި އެވެ.