12 ޑިސެމްބަރ

December 12, 2019 49
އެފްއޭއެމުން ވިކްޓްރީ ސަސްޕެންޑްކޮށްފި!

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އެންމެ ޒަމާންވީ ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2019 4
ވިކްޓްރީ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ދީފި

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރާއި އަދި މެޗުތަކަށް ހާޒިރުނުވާތީ ދިރާގު ދިވެހި ޕްރިމިއާ ލީގުން ވަކިކޮށްފާނެ ކަމުގެ އިންޒާރު އެފްއޭއެމުން ދީފި...

24 ސެޕްޓެމްބަރ

September 24, 2019 23
"އެފްއޭއެމްގެ ބޭނުމަކީ ވިކްޓްރީ ލީގުން ބޭރުކޮށްލުން"

ތަފާތު އުނދަގޫތައްކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުން ބޭރުކޮށްލަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު ދެ ވަނަ ޑިވިޝަނުގައި ކުޅެން...

September 24, 2019 7
މެޗަށް ހާޒިރުނުވުމުން ވިކްޓްރީ ޖޫރިމަނާކޮށްފި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން އެފްއޭއެމުން އެ ކްލަބް 40،000ރ. އިން...

10 ޖޫން

June 10, 2019 10
ވިކްޓްރީ އަށް ފައިސާ ހަމަޖެހިއްޖެ

މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ހަމަޖައްސަން ފައިސާ ލިބިފައިވާ ކަމަށާއި އިދާރީ ކަންކަން ނިންމައި މާދަމާގެ ނިޔަލަށް އެފްއޭއެމް އަށް ކްލަބް ލައިސަންސް ހޯދުމަށް ހުށަހެޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

24 މާޗް

March 24, 2019 13
މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިގެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ފާސްކުރަން ހުށަހެޅި ކަންކަން، މާދަމާ ބާއްވާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އެކަންކަން ހިމެނޭނެ ކަމުގެ ޔަގީންކަން ފީފާ އިން ދީފައިވާ ކަމަށް ބުނެ އެކަން ހިމަނައިދިނުމަށް ވިކްޓްރީން...

09 މާޗް

March 09, 2019 18
ކްލަބްތައް އަމިއްލަ އަށް ކޮންގްރެސް ބާއްވަން ނިންމައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ފުރަގަސްދީފައިވާތީ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް...

18 ފެބުރުއަރީ

February 18, 2019 6
"ވިކްޓްރީގެ ލިޔުމުގައި ސޮއިކުރީ 15 ކްލަބަކުން"

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެގުމަށްޓަކައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ލިޔުމުގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަން އެފްއޭއެމުން ކަށަވަރުކޮށްދީފި އެވެ.

17 ފެބުރުއަރީ

February 17, 2019 11
ހުށަހެޅުމުގައި ސޮއިކުރި އަދަދާ މެދު ސުވާލުތަކެއް

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ސިޓީގައި 19 ކްލަބަކުން ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށާއި އޭގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2019 7
ވިކްޓްރީ އެދުނު ގޮތަށް ކޮންގްރެސް ނުބާއްވަން ނިންމައިފި

އެފްއޭއެމްގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައިދޭން އެދިފައިވީ ނަމަވެސް، ފީފާގެ ލަފާގެ މަތިން އެކަން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2019 11
އެފްއޭއެމްއާ ދެކޮޅަށް ކްލަބްތަކުން ހުށަހެޅީ ކޮންކަމެއް؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން މިވަނީ 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އާދީއްތަ ދުވަހު އެދިފަ އެވެ. އަސާސީ ގަވާއިދު ބުނާ ގޮތުގައި ކޮންގްރެސްގައި ވޯޓް ލެވޭ 50 އިންސައްތަ ކްލަބުން އެދިއްޖެ ނަމަ 14...

10 ފެބުރުއަރީ

February 10, 2019 11
ސަސްޕެންޑްކޮށްފާނެތީ ޖެހިލުމެއް ނުވޭ: ވިކްޓްރީ

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ސަސްޕެންޑްކޮށްފައިވާތީ ޖެހިލުން ނުވާ ކަމަށާއި ބޭނުންކުރީ ލިބިފައިވާ ހައްގަކަށްވާތީ ސަސްޕެންޑްކުރެވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނަޝީދު (ނާޝް) ވިދާޅުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2017 9
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް

އެފްއޭއެމާއި ރާއްޖޭގެ ބައެއް ކުންފުނިތައް ގުޅިގެން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް މާލީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2016 11
ރައީސްކަމަށް ޓޮމް ގެންނަން ވިކްޓަރީން ތާއީދުކޮށްފި

އަންނަ މަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ގެންނަން ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާއީދުކޮށްފި އެވެ.