03 އޯގަސްޓް

August 03, 2018 4
ގައުމީ ޓީމުގެ މުބާރާތް އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަކޮށްގެން މި މަހު ރާއްޖޭގައި ބާއްވަން ރޭވި ބައިނަލްއަގްވާމީ މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

28 ޖުލައި

July 28, 2018 3
އައްސަދު އަލުން އެފްއޭއެމްގެ މަގާމަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ފ. ނިލަންދޫގެ ކޯޗުކަމާ މުބާރާތުގެ ކުރިން ހަވާލުވުމަށް ފަހު ދުރަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އަށް އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑްގެ މަގާމް ދީފި އެވެ.

26 ޖުލައި

July 26, 2018 16
ގަލޮޅު ދަނޑަށް ފުޓްބޯޅަ ބަރޯސާވެފައި، ހައްލެއް ނެތް!

ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބަލާއިރު ލިބިފައިހުރި ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަހަރުން އަހަރަށް އިތުރުވަނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ފަދަ ހާލަތްތައް އެކި ފަހަރު މަތިން ކުރިމަތިވާއިރު ވެސް ހައްލެއް ނުލިބޭތީ އެވެ. އޭގެ ސަބަބުން ކުޅުންތެރިންނާއި ކުޅިވަރުގައި ޝާމިލުވެ އުޅޭ ފަރާތްތަކަށް ލިބޭ ގެއްލުން ވެސް އިތުރުވާއިރު،...

24 ޖުލައި

July 24, 2018 18
ގަލޮޅު ދަނޑަށް ގެއްލުންވުމުން ލީގު މެޗުތައް ފަަސްކޮށްފި

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ފަރިތަކުރަމުންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވުމުގެ ސަބަބުން މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރަން ޖެހިއްޖެ އެެވެ.

17 ޖުލައި

July 17, 2018 3
ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ވަންލީ ވަކިވެއްޖެ

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ މަގާމުން ވަކިވެއްޖެ އެވެ.

13 ޖުލައި

July 13, 2018 10
ގޭމްސް އަށް ނުދިއުން: ފަހަތަށް އެޅި ފިޔަވަޅެއް!

މުސްތަގުބަލަށް ފުޓްބޯޅަ ޓީމުތައް ބިިނާކުރުމަށް "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި އެފްއޭއެމުން ބޮޑު ޕްރޮގްރާމެއް ފެށުން ވެގެންދިޔައީ ފުޓްބޯޅައިގައި ޝާމިލްވެ އުޅޭ ހުރިހާ ފަރާތްތަކަށް ލިބެގެންދިޔަ އުފާވެރި ހަބަރަކަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވާއިރު، 13...

06 ޖުލައި

July 06, 2018 2
ޔޫތު ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް އާއި މާޒިޔާ

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮގްރާމްގެ ދަށުން މާދަމާ ހަވީރު މުޅިން އަލަށް ފަށާ 13 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގުގެ ހުޅުވައިދޭނީ ކްލަބް އީގަލްސް އާއި މާޒިޔާ އެވެ.

05 ޖުލައި

July 05, 2018 6
ގައުމީ ފުޓްބޯޅަ އެކެޑަމީގެ ބިންގާ އަޅައިފި

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މިއަދު ފައްޓަވައިދެއްވައިފި އެވެ.

04 ޖުލައި

July 04, 2018 4
ގައުމީ ޓީޓީ ޗެމްޕިއަން މުއީނާ އެފްއޭއެމާ ގުޅިއްޖެ

ގައުމީ އަންހެން ފުޓްބޯޅަ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭން ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުއީނާ މުހައްމަދު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިއްޖެ އެވެ.

01 ޖުލައި

July 01, 2018 11
ތިން މަސް ތެރޭ ގައުމީ ފުޓްބޯޅަ އެކެޑަމީ ފަށަނީ

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ އެކެޑަމީ (ޓްރެއިނިން ސްކޫލް)ގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭ ނިންމާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެެވެ.

27 ޖޫން

June 27, 2018 8
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް މި ފަހަރު ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި އެވެ.

20 ޖޫން

June 20, 2018 1
ޖޭޖޭ ބައިވެރިނުވޭ، ޔޫވީ އާއި ވެލެންސިއާ ގަދަހިފުމަކަށް

އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޖާގަ އަށް ކުޅޭ ރެލިގޭޝަން ޕްލޭއޮފް (މާލޭ ލީގު ކޮލިފިކޭޝަން) ގައި ދެ ވަނަަ ޑިވިޝަނުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބް ބައިވެރިނުވާން ނިންމުމުން އެ ޖާގަ އަށް ވާދަކުރާނީ މާލޭ ލީގުގެ ފުލަށްދިޔަ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީންނެވެ.

10 ޖޫން

June 10, 2018 7
ފީފާގެ ތާރީހީ ކޮންގްރެސް އަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް

ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް އާއްމު މެމްބަރުންނަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބޭ ތާރީހީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު ރަޝިއާގައި އަށް ފުރާވަޑައިގެންފި އެވެ.

01 ޖޫން

June 01, 2018 11
ރެފްރީންގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ!

ދިވެހި ފުޓްބޯޅައިގައި ކޮންމެ އަހަރަކު ވެސް އެންމެ ބޮޑަށް ވާހަކަދެކެވޭ އެއް މައްސަލައަކީ ރެފްރީންގެ މައްސަލަ އެވެ. ރެފްރީންނަށް ކުރިމަތިވާ ފާޑުކިޔުން މިދިޔަ އަހަރު އިތުރުވި އެވެ. އެކަން ބޮޑުވެ މިދިޔަ އަހަރު ދެ މެޗެއް ހުއްޓާލަން ވެސް ޖެހުނެވެ. މި އަހަރު ވެސް އެ މައްސަލައަށް ހައްލެއް އައިތަނެއް ނުފެނެ އެވެ.

21 މެއި

May 21, 2018 14
ފުޓްބޯޅަ ޓްރެއިނިން ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ފީފާ ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިއުލާނުކޮށްފި އެވެ.

13 މެއި

May 13, 2018 5
އޭޝިއާ ފުޓްބޯޅައިގެ ބިޔަ ބޮޑު ޖަމިއްޔާއެއް އުފަންވަނީ!

ސައުދީ އަރަބިއާ އިސްކޮށް އޮވެ ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގެ ނަމުގައި މުޅިން އާ ޖަމިއްޔާ އެއް އުފަންކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ.

08 މެއި

May 08, 2018 7
ދަ ގޭންގް ފުރަތަމަ ޑިވިޝަނަށް

ޕެނަލްޓީ ޖަހައިގެން 3-1 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.

14 އެޕްރީލް

April 14, 2018 5
އެސްއޯއީ އަކީ އެހެން ކުޅިވަރުތަކަށް އޮތް ހުރަހެއްތަ؟

މިދިޔަ އަހަރު ދިވެހި ފުޓްބޯޅަ އަށް ލިބިގެންދިޔަ އެންމެ ބޮޑު އުފާވެރި ކަމަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަށް ކޮޅަށް ޖެހުމަށް މަސައްކަތް ފެށުމެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމެއްގެ ނަމުގައި ފުޓްބޯޅަ ކްލަބްތަކަށް އެހީތެރިވުމުގެ ބޮޑު މަސައްކަތެއް ފެށި އެވެ. މި...

30 މާޗް

March 30, 2018 11
ގައުމީ ޓީމުގެ މުބާރާތް ސަރަހައްދުން ބޭރު ޓީމުތަކަށް

ސާފް ޗެމްޕިއަންޝިޕުގެ ކުރިން އޮގަސްޓް މަހު ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަ މުބާރާތެއް ބާއްވާނެ ކަމަށާއި ވިސްނުން ހުރީ މި ސަރަހައްދުން ބޭރުގެ ޓީމުތަކަށް ދައުވަތު ދޭން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2018 9
އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.