12 ޖުލައި

July 12, 2017 1
އޭއެފްސީގެ މާކެޓިން ކޮމިޓީގެ ޗެއާމަނަކަށް ޝަވީދު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ދާއިމީ ކޮމިޓީއެއް ކަމަށްވާ މާކެޓިން ކޮމިޓީގެ ޗެއާމަންގެ މަގާމަށް އޭއެފްސީން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.

15 ޖޫން

June 15, 2017 4
ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފައިވާ ކަމަށާއި ބާއްވާނެ ދެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

02 ޖޫން

June 02, 2017 5
އެފްއޭއެމުން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.

18 މެއި

May 18, 2017 8
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

17 މެއި

May 17, 2017 27
އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.

11 މެއި

May 11, 2017 7
ދުނިޔޭގެ ތަރިންނާ އެކު ބައްސާމް ފުޓްބޯޅަ ދަނޑުގައި

އޭނާ އުފަންވީ ފުޓްބޯޅައިގެ ގެއަކަށެވެ. ބޮޑުވަމުން އައީ ބައްޕަ އަދީލް ޖަލީލް ހިންގެވި ކްލަބް ވެލެންސިއާގެ ރަން ޒަމާނުގަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި އައްސަދު އަބްދުލްގަނީ ފަދަ ކުޅުންތެރިންނާ އެކު ހަންގޭރީގެ ލާސްލޯ ކިސްގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ އަށް ދެހާހުގެ އަހަރުތަކުގައި ކުޅުއްވި އެވެ....

09 މެއި

May 09, 2017 5
ޓާފް ދަނޑުގެ އަލި މަޑުވެ، ޓީމުތަކަށް އުނދަގޫތަކެއް!

ޓާފް ދަނޑުގެ ލައިޓިން ސިސްޓަމަށް މައްސަލަތަކެއް ދިމާވެ ކްލަބްތަކަށް ޕްރެކްޓިސްކުރަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ޓީމުތަކުން ބުނެފި އެވެ.

01 މެއި

May 01, 2017 6
އެފްއޭއެމުން ރިޒޯޓް ފުޓްސަލް ބޮޑު މުބާރާތެއް ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ބާއްވާ ރިޒޯޓް ފުޓްސަލް މުބާރާތް އަންނަ ސެޕްޓެމްބަރު މަހު ފަށަން ނިންމައިފި އެވެ.

17 އެޕްރީލް

April 17, 2017 7
އެއްބަސްވުމުގައި ސޮއިކުރަން ފަށައި ކްލަބްތަކަށް ހަމަނޭވާއެއް

ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މާޒިޔާ އާއި ވެލެންސިއާ ފިޔަވައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކްލަބަކުން ކުންފުނިތަކާ އެކު ސޮއިކޮށްފައިވާއިރު ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުން ވެސް މިއަދު ސޮއިކުރަން ފަށައިފި އެވެ.

10 އެޕްރީލް

April 10, 2017 11
ފުޓްސަލް އާއި ފުޓްބޯޅަ ވަކިކޮށްލަނީ

ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްލުމަށް ފަހު ކުޅުންތެރިން މީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ކުރިމަގުގައި އިހުތިޔާރުކުރަން ޖެހޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2017 3
ބޮޑު ޒިންމާ ނަގާނީ އުފަލާ އެކު: ވަންލީ

ދިވެހި ފުޓްބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ އެކު ބޮލުގައި އެޅިގެން ދިޔައީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަމަކު އަމިއްލަ ގައުމުގެ ގޮތުގައި ދެކޭ ރާއްޖޭގައި އެ ޒިންމާތައް ނަގައި ހިދުމަތްކޮށްދޭނީ އުފަލާ އެކު ކަމަށް އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރު ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

08 އެޕްރީލް

April 08, 2017 2
އެކަޑަމީ ޕްލޭނެއް ފުޓްބޯޅަ އަށް ވަރަށް މުހިއްމު

ފުޓްބޯޅައިގެ ފެންވަރަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފެށި އެންމެ މުހިއްމު އެއް ސަބަބަކީ އެކަޑަމީ ލެވެލުން ފެށިގެން ގައުމުތަކުން ހެދި ޕްލޭންތަކާ އެކު އެވެ. ކޮންމެ ގައުމަކުން އެ ޕްލޭން ހަދަނީ އެ ގައުމެއްގެ ސަގާފަތާއި އެހެން މުހިއްމު ކަންތައްތަކަށް ބެލުމަށް ފަހު އެވެ. އެކި ގައުމުތަކުގައި ކަންތައްތައް ކުރިއެރުވޭނީ މާހައުލާ...

06 އެޕްރީލް

April 06, 2017 3
އަތޮޅު މުބާރާތާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކުޅޭ މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އެސްޓީއޯ އިން ސްޕޮންސާކޮށްފި އެވެ.

05 އެޕްރީލް

April 05, 2017 8
ފުރަތަމަ ޑިވިޝަނަށް އަމާޒުކޮށް ޖޭޖޭ ވަރުގަދަކޮށްފި

އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށް އަމާޒުކޮށް ޖޭޖޭ ސްޕޯޓްސް އިން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފި އެވެ.

02 އެޕްރީލް

April 02, 2017 3
އެފްއޭއެމްގެ މަގާމާ ހަވާލުވާން ވަންލީ ރާއްޖެ އަތުވެއްޖެ

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ރާއްޖެ އަތުވެއްޖެ އެވެ.

19 މާޗް

March 19, 2017 6
އާ ދެ ކީޕަރުން ގައުމީ ސްކޮޑަށް އިތުރުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑަށް ދެ ގޯލްކީޕަރުން އިތުރުކޮށްފި އެވެ.

07 މާޗް

March 07, 2017 16
ބަދަލުތަކާ އެކު ފުޓްބޯޅަ ފޯރިގަދަވެއްޖެ: ބައްސާމް

މުބާރާތްތަކުގެ ފޯމެޓަށާއި އެހެން ގޮތްގޮތުން ރާއްޖޭގެ ފުޓްބޯޅަ އަށް ގެނައި ބަދަލުތަކާ އެކު ރާއްޖޭގައި ފުޓްބޯޅަ ފޯރިގަދަވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2017 10
ކްލަބްތަކަށް ހަރަދުކުރާނެ ކުންފުނިތައް ކަނޑައަޅައިފި

ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަންދޭން ސަރުކާރާއި އެފްއޭއެމް ގުޅިގެން ހަމަޖެއްސި ކުންފުނިތަކުން ގުޅޭނެ ކްލަބްތައް މިއަދު ގުރުއަތުން ނަގައިފި އެވެ.

01 މާޗް

March 01, 2017 12
ފުޓްބޯޅަ މާކެޓްކުރަން ބޮޑު ބަޖެޓެއް، ވަރުގަދަ ޓީމެއް

ދިވެހި ފުޓްބޯޅަ މާކެޓްކުރުމަށްޓަކައި އެފްއޭއެމުން ތިން މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ވަރުގަދަ މާކެޓިން ޑިޕާޓްމަންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

27 ފެބުރުއަރީ

February 27, 2017 6
ކްލަބްތަކާ ކުންފުނިތައް މި ހަފުތާގައި ގުޅުވާލަނީ

ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދޭނެ ކުންފުނިތައް ކަނޑައެޅުމަށް އަންނަ ބުރާސްފަތި ދުވަހު ގުރުނެގުމަށް ބާއްވާނެ ކަމަށާއި އެއަށް ފަހު އަންނަ ހަފުތާގައި ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.