15 މާޗް

March 15, 2020
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީވެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން، އެތަނުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

05 މާޗް

March 05, 2020 7
ފުޓްސަލަށް އެފްއޭއެމުން ދޭނެ ޖަވާބަކީ ފުޓްސަލް އެރީނާ

ފުޓްސަލް އަށް އެފްއޭއެމުން ދޭން ބޭނުންވާ އަހައްމިއްޔަތާ އެއްވަރަށް މަސައްކަތް ކުރަން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދެން އޮތް މަގަކީ އެފްއޭއެމުން މިހާރު މަސައްކަތް ފަށާފައިވާ ފުޓްސަލް އެރީނާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2020 11
އެފްއޭއެމްގެ 3 ޕްރޮޖެކްޓެއް ކޮރެއާ ކުންފުންޏަކަށް

އެފްއޭއެމްގެ ދުރުރާސްތާ ވިސްނުމުގައި ހިމެނޭ، ބޮޑު ތިން ޕްރޮޖެކްޓެއް ހިންގަން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

19 ފެބުރުއަރީ

February 19, 2020 2
ޒުވާން ގައުމީ ޓީމަށް ލެޓްވިއާގެ ކޯޗެއް

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅާ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅެފައިވާ ލެޓްވިއާގެ އީގޯ ސްޓެފަނޯސް ހަމަޖައްސައިފި އެވެ.

16 ފެބުރުއަރީ

February 16, 2020 22
ފުޓްބޯޅައިގެ ރައީސްކަމަށް ވާދަކުރައްވަނީ ބައްސާމް އެކަނި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމް ފުރުއްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލް އެކަނި ކަމަށާއި އޭނާ ކުރިމަތިލެއްވީ ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކްލަބުގެ ތާއީދާ އެކު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2020 2
ކޮރޯނާގެ ސަބަބުން ރާއްޖެ-ޗައިނާ މެޗު ތައިލެންޑަށް؟

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހުގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޗައިނާގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

09 ފެބުރުއަރީ

February 09, 2020 7
ސައްޓު އާއި އީސަ އަދި އުމެއިރު ސްކޮޑަށް އިތުރުކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުން ފުރުސަތު ނުދިން، ޓީސީ ސްޕޯޓްސް ކްލަބްގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި މުހައްމަދު އުމެއިރަށް އެންމެ ފަހުން ޖާގަ ދީފި އެވެ.

February 09, 2020 4
ފާޑުކިޔާ އަނގަތަކުގައި އަތެއްނާޅާނަން: ބައްސާމް

އަމާޒުވާ ފާޑުކިޔުންތަކެއް ހުއްޓުވަން ބައެއްގެ އަގަމަތީގައި އަތް ނާޅާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

February 09, 2020 16
ސުޒޭން ބުނަނީ ލަދުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް

އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔުމަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް...

08 ފެބުރުއަރީ

February 08, 2020 14
ސުޒޭނާއި އިމްރާން ގައުމީ ޓީމާ ގުޅި، ބައްސާމުގެ ދަށަށް

ފަހަކަށް އައިސް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ މަޝްހޫރު ކޯޗު އަލީ ސުޒޭނާއި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމުގެ މަގާމްތަކަކާ ހަވާލުވެއްޖެ އެވެ.

04 ފެބުރުއަރީ

February 04, 2020 17
އަވަސް އިންތިހާބެއް ބާއްވަން އެފްއޭއެމުން ނިންމައިފި

އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ވުރެ ނުވަ މަސް ކުރިން، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

31 ޖެނުއަރީ

January 31, 2020 3
އަންނަ ސީޒަނުގެ ބައެއް މެޗުތައް ހުޅުމާލެ ދަނޑަށް

އަންނަ ފުޓްބޯޅަ ސީޒަނުގައި ބައެެއް މެޗުތައް ހުޅުމާލޭގައި ސިންތެޓިކް އެތުލެޓިކްސް ޓްރެކުގައި އޮތް ދަނޑުގައި ކުޅެވޭގޮތް ހެދުމަށް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

29 ޖެނުއަރީ

January 29, 2020 4
އަޝްފާގު އަދިވެސް ގައުމީ ޓީމަށް މުހިއްމު: ޖުޑާން

ރާއްޖޭގެ ފުޓްބޯޅަ ދެނެގަންނަން ކުރި މަސައްކަތުގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)އާ ވެސް ބައްދަލުކުރި ކަމަށާއި ގައުމީ ޓީމަށް އަދިވެސް އޭނާގެ އެހީތެރިކަން މުހިއްމު ކަމަށް ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޖުޑާން އަލީ ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2020 10
އުމުރަކަށް ނުބަލަން، މޮޅަށް ކުޅޭނަމަ ޓީމުން ޖާގަދޭނަން

"އުމުރު މުހިއްމެއް ނޫން. މޮޅަށް ކުޅޭނަމަ ގައުމީ ޓީމުން ފުރުސަތު ލިބޭނެ،"

27 ޖެނުއަރީ

January 27, 2020 15
ކޯޗަށް ދިން ޓާގެޓަކީ އޭޝިއަން ކަޕާއި ސާފް ސުޒުކީ ކަޕް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ދިނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމާއި މި އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުގެ ޓާގެޓް ކަމަށާއި ބޮޑު ކާމިޔާބީ ހޯދަން މަސައްކަތްކުރާއިރު ފުޓްބޯޅައިގައި އުޅޭ އެންމެންގެ ވިސްނުން ވެސް ބަދަލުކުރަންޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް...

26 ޖެނުއަރީ

January 26, 2020 12
ގަައުމީ ޓީމުގެ ކޯޗަކަށް ކޫޕްމަން ހަމަޖައްސައިފި

ހުސްވެފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފި އެވެ.

20 ޖެނުއަރީ

January 20, 2020 13
ޖަޒީރާ ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ކެންސަލް

އަތޮޅު ފުޓްބޯޅަ އަށް ހާއްސަ މުބާރާތް ކަމަށްވާ ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ރަށު ފެންވަރުގައި ބާއްވަން ކުރިން ކަނޑައެޅި ބުރު ނުބާއްވާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ނިންމައިފި އެވެ.

16 ޖެނުއަރީ

January 16, 2020 14
ޖުދާންގެ އަމާޒު ވެސް ވޯލްޑް ކަޕަށް؟

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތް ޗައިނާ، ސީރިއާ އަދި ފިލިޕީންސް މެޗު ކާމިޔާބުކޮށްފި ނަމަ ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމަށާއި އެއީ އާދަޔާހިލާފު...

January 16, 2020 23
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެ ވިދާޅުވީ ތެދުފުޅެކެވެ؛ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ކުޅޭ މެޗެއް ބަލާލަން ލިބޭ ފުރުސަތެއް...

31 ޑިސެމްބަރ

December 31, 2019 7
ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން އަލުން އިއްޔެ ފަށައިފި އެވެ.

30 ޑިސެމްބަރ

December 30, 2019 21
އެފްއޭއެމުން ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކޮށްފި

އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2019 18
ފައިސާ ނުލިބިގެން އެފްއޭއެމް ގޮވައިގެން ކޯޓަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރުތަކަކަށް އޭސް ޓްރެވަލް މެދުވެރިކޮށް އެފްއޭއެމުން ގަތް އެއާ ޓިކެޓްތަކަށް ލިބެން ޖެހޭ އަށް ލައްކައެއްހާ ރުފިޔާ ނުދީގެން އެ ކުންފުނިން އެފްއޭއެމް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.

28 ޑިސެމްބަރ

December 28, 2019 19
އެފްއޭއެމުން ފައިސާ ނުދޭތީ ވީޓީވީން ލައިވް ހުއްޓާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަގުތުން ދެއްކުމަށް އެފްއޭއެމް އިން ވީޓީވީއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ ވީޓީވީން މެޗުތައް ދެއްކުން ހުއްޓާލައިފި އެވެ.