17 ޖޫން

June 17, 2020 14
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި

ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.

15 ޖޫން

June 15, 2020 9
އެމްބަސީ އަޅަން ޕާކިސްތާނަށް ވެސް ބިމެއް ދީފި

ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޕާކިސްތާނަށް މިއަދު 12،000 އަކަފޫޓުގެ ބިމެއް ދީފި އެވެ.

12 ޖޫން

June 12, 2020 17
"ތަފާތުކުރުމެއް ނެތި އެންމެންނަށް ރާއްޖެއިން ފަރުވާދޭ"

ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް ބަޔަކަށް ތަފާތުކުރުމުގެ އުސޫލެއް ރާއްޖެއިން ނުގެންގުޅޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނާ މިޝެލް ބެޝެލާ ވިދާޅުވެއްޖެ އެވެ.

10 ޖޫން

June 10, 2020 6
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް

ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަކަށް އިޒްރޭލުން ވެރިވުމަށް ކުރާ މަސައްކަތްތައް ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.

08 ޖޫން

June 08, 2020 36
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ

ޗައިނާ އަށް ދައްކަންޖެހޭ ދަރަނި ސަސްޕެންޑުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

June 08, 2020 37
ކޮވިޑަށް ޓެސްޓުކުރާ މެޝިނަކާއި ކިޓްތައް ޔޫއޭއިން ދީފި

ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތަކާއި އެހެން ބައެއް މުހިއްމު ތަކެތި ޔޫއޭއީ އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

07 ޖޫން

June 07, 2020 37
ޖަޕާނުން ބޮޑު އެހީއެއް، މިފަހަރު 86.4 މިލިއަން

ޖަމާނުންސުރެ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ޖަޕާން، ސަރުކާރުން ރާއްޖެ އަށް 86.4 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.

01 ޖޫން

June 01, 2020 7
33 މީހަކު އާސަންދައިގެ އެހީގައި ބޭރަށް ގެންދަނީ

ކޮވިޑް-19 ފެތުރޭތި އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރާއްޖޭން ފަރުވާ އަށް ނުދެވިފައި ތިބި، ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލިތަކުގެ ހާލު ބޮޑު 33 ބަލި މީހަކު އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މިރޭ ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2020 13
ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި

ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 1،000 މީހަކު މިހާތަނަށް އެ ގައުމަށް އަނބުރާ ފޮނުވާލާފައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

22 މެއި

May 22, 2020 23
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 352 މީހަކު އަނބުރާ އެ ގައުމަށް މިއަދު ފޮނުވާލައިފި އެވެ.

16 މެއި

May 16, 2020 24
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ފޮނުވާލަން ކުރަމުން އަންނަ މަސައްކަތުގައި ބަންގްލާދޭޝްގެ 353 މީހަކު މިއަދު ފޮނުވާލައިފި އެވެ.

May 16, 2020 54
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި

ބަންގްލަދޭޝް އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިން 10 ޓަނުގެ ކާބޯތަކެތި އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

05 މެއި

May 05, 2020 14
ބިލިއަނަރު އޮންގް ހަދިޔާ ކުރެއްވި ވެންޓިލޭޓަރު ގެނެސްފި

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ހަދިޔާކުރި 15 ވެންޓިލޭޓަރު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

04 މެއި

May 04, 2020 4
އެންމެން ގުޅިގެން މަސައްކަތްކުރަން ޝާހިދު ގޮވާލައްވައިފި

ކޮވިޑް-19 އިން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

02 މެއި

May 02, 2020 49
10 ވެންޓިލޭޓަރާ އެކު ޗައިނާގެ އެހީ ރާއްޖެ ގެނެސްފި

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޗައިނާ އިން ދިން 10 ވެންޓިލޭޓަރާއި ސިއްހީ ދާއިރާ އަށް އެ ގައުމުގެ ސަރުކާރުންނާއި ޗައިނާގެ ބައެއް އަމިއްލަ...

May 02, 2020 10
އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދެނީ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

30 އެޕްރީލް

April 30, 2020 11
ރާއްޖެ އާއި ކުވައިތާ ދެމެދު މަޝްވަރާކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރާއްޖެ އާއި ކުވައިތާ ދެމެދު މިއަދު މަޝްވަރާކޮށްފި އެވެ.

28 އެޕްރީލް

April 28, 2020 23
ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ އެވެ.

23 އެޕްރީލް

April 23, 2020 20
ޚާރިޖީ ޓީމަކީ ދިވެހިންގެ ނަސީބު: ޝާހިދު

ރާއްޖެ އަށް ގޮންޖެހުންތައް ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އޭނާއާ އެކު ރަނގަޅު ޚާރިޖީ ޓީމެއް އޮތުމަކީ ދިވެހިންނަށް ލިބިފައިވާ ނަސީބެއް ކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު...

April 23, 2020 25
ދެކުނު ކޮރެއާގެ އެހީއަށް ރާއްޖެ އިން އެދިއްޖެ

ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ އިން ދެކުނު ކޮރެއާގެ ކިބައިން އެެދިއްޖެ އެވެ.

20 އެޕްރީލް

April 20, 2020 23
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެނެސްފި

ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

19 އެޕްރީލް

April 19, 2020 17
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ

ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ ރާއްޖޭގައި ތިބި އެ ގައުމުގެ 70 މީހުން ގޮވައިގެން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

18 އެޕްރީލް

April 18, 2020 11
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެންނަނީ

ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި...

April 18, 2020 7
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި

ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވައިދޭން އެދުނު ޖުމްލަ 1،601 ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު...

15 އެޕްރީލް

April 15, 2020 16
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.