12 ޖޫން

June 12, 2019 12
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން އެދުމުން ރާއްޖެއާ ބެހޭ ބައެއް ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ހުށަހަޅައިފި އެވެ.

07 ޖޫން

June 07, 2019 26
މޯދީގެ ދަތުރުގައި ރާޑަރު އިފުތިތާހު ކުރާނެ: ސަރުކާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ފައްޓަވާ ދަތުރުފުޅުގައި، އެ ގައުމުން ރާއްޖޭގައި ގާއިމް ކުރަމުން އަންނަ ރާޑަރު ސިސްޓަމްތައް އިފުތިތާހު ކޮށްދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

03 ޖޫން

June 03, 2019 8
އައްޑޫ ރިހެބް އިންޑިޔާގެ އެހީގައި

އިންޑިއާއިން ރާއްޖެ އަށް ދީފައިވާ އެހީން އައްޑޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

30 މެއި

May 30, 2019 2
ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތައް ގުޅިގެން

އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިސްލާމީ ގައުމުތަކުގެ ގުޅުން ބަދަހިކޮށްގެން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ...

May 30, 2019 29
އިންޑިއާ އެހީ:11 އެމްބިއުލާންސް، 61 ޖިމަށް ސާމާނު

ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް 11 އެމްބިއުލާންސް ގަތުމަށާއި 61 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ގަތުމަށް އިންޑިއާ އިން 15 މިލިއަން ރުފިޔާގެ އެހީ ދީފި...

29 މެއި

May 29, 2019 5
3 މަޝްރޫއަކަށް އިންޑިއާ އިން 19 މިލިއަން ރުފިޔާ

ތިން ރަށެއްގައި ސިއްހީ ޚިދުމަތާއި ތައުލީމް ކުރިއަރުވަން އިންޑިއާ ސަރުކާރުން 19 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

28 މެއި

May 28, 2019
އޯއައިސީ ސަމިޓުގެ ތައްޔާރީތަކަށް ޝާހިދު ސައޫދީ އަށް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ 14 ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާ އަށް މިއަދު ވަޑައިގެންފި އެވެ.

24 މެއި

May 24, 2019 44
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިން މައްސަލައިގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ރޭ ބުނެފި އެވެ.

23 މެއި

May 23, 2019 71
ވޯޓު ނުދިނީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިނީ، ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމާ ގުޅޭ މައްސަލައިގައި ވަކި ގޮތަކަށް ނުނިމެނީސް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފި ނަމަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށް ފޮރިން މިނިސްޓްރީން...

22 މެއި

May 22, 2019 38
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް

ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ތެރޭގައި، އެ ގައުމަށް ބޭހަށް ގޮސް ފިލައިގެން އުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު...

May 22, 2019 28
ދެ މަޝްރޫއަކަށް އިންޑިއާއިން 14 މިލިއަންގެ އެހީ ދީފި

އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރުމަށާއި ދ. ވާނީގައި ފުލުހުން ތަމްރީން ކުރުމަށް ހާއްސަ ކޮށްފައިވާ ޓްރެއިނިން ސްކޫލްގައި ތަފާތު...

21 މެއި

May 21, 2019 17
ލަންކާ އިން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދެ ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

May 21, 2019 17
ލަންކާގައި ވިސާ ނެތް ދިވެހިންނަށް އަދި ހައްލެއް ނުލިބޭ

ވިސާ ނެތި ސްރީ ލަންކާގައި އުޅޭ ދިވެހިންގެ މައްސަލާގައި ލަންކާ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

20 މެއި

May 20, 2019 5
ލަންކާގައި ދިވެހިންނަށް ރައްކާތެރިކަން ދޭން އެދެފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެދިވަޑައިގެންފި އެވެ.

19 މެއި

May 19, 2019 101
ސެނަނަޔަކަ ދެއްކެވި ވާހަކައިގެ ހަގީގަތް ސާފުވާން ޖެހޭ

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް، ސްރީ ލަންކާގެ މަގުން ދިވެހިން ދާ ކަމަށް ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވެފައިވާއިރު، އެ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ބަޔާނެއް ނެރުމަށް ރާއްޖެ އިން މިއަދު އެދިއްޖެ އެވެ.

13 މެއި

May 13, 2019 18
ގިނަ ދާއިރާތަކަކުން ރާއްޖެ-ރޮމޭނިއާ ގުޅުން ބަދަހިކުރަނީ

ރާއްޖެ އާއި ރޮމޭނިއާ އިން އެއް ގައުމު އަނެއް ގައުމަށް ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ އެވެ.

May 13, 2019 7
ރޮމޭނިއާގެ މުފްތީ ޝާހިދަށް ރޯދަ ވީއްލުމެއް ދެއްވައިފި

ރޮމޭނިއާ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި އެ ގައުމުގެ މުސްލިމުންގެ ލީޑަރު މުފްތީ މުއްރަތު ޔޫސުފް ހާއްސަ ރޯދަ ވީއްލުމެއް ބާއްވަވައިފި...

10 މެއި

May 10, 2019 19
ލަންކާގަ ހައްޔަރުކުރި 2 ދިވެހިންގެ ބަންދު އިތުރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ގެންގުޅު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

May 10, 2019 7
ރޮމޭނިއާގެ ވައިސް ޕީއެމް އާ ޝާހިދު ބައްދަލުކޮށްފި

ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަޗޯލްއާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

09 މެއި

May 09, 2019 35
ގުޅުން ބަދަހިކުރަން ޝާހިދު ރޮމޭނިއާ އަށް

ރާއްޖެ އާއި ރޮމޭނިއާގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ރޭ ވަޑައިގެންފި އެވެ.

08 މެއި

May 08, 2019 15
ރާއްޖޭގައި ތިބި ލަންކާގެ މަސްވެރިން ދޫކޮށްލަނީ

ރާއްޖޭގައި ބަންދުކޮށްފައި ތިބި ސްރީ ލަންކާގެ މަސްވެރިން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

May 08, 2019 13
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.

07 މެއި

May 07, 2019 26
ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި

ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން މިހާރަށް ވުރެ ހަރުކަށިކޮށްފި އެވެ.

May 07, 2019 10
ފޮރިން މިނިސްޓަރު ޝާހިދު ލަންކާ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީ ލަންކާ އަށް ފުރާވަޑައިގެންފި އެވެ.

May 07, 2019 18
ރާއްޖެ އަށް އެހީ ހޯދުމަށް ޕާޓްނާޝިޕް ފޯރަމެއް ބާއްވަނީ

އެކި ގައުމުތަކާއި ތަފާތު ޖަމާއަތްތަކުން ރާއްޖެ އަށް ބޭނުންވާ އެހީތައް ހޯދުމަށް ޕާޓްނާޝިޕް ފޯރަމެއް އަންނަ މަހު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

05 މެއި

May 05, 2019 20
ސިނގިރޭޓް މަައްސަލާގައި ތިން ދިވެއްސަކު ހައްޔަރު!

ސްރީ ލަންކާ އަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ބޭނުންކޮށްގެން ތިން ދިވެއްސެއް އެ ގައުމުގެ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

03 މެއި

May 03, 2019 18
އަލީ ނަސީރުގެ ސަފީރުކަން ނިމުމަކަށް

ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު މުހައްމަދު އެ...

May 03, 2019 15
ޝާހިދުގެ ޗައިނާގެ ފުރަތަމަ ދަތުރު އަންނަ މަހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި...

02 މެއި

May 02, 2019 20
"ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި އެބައުޅޭ"

ސްރީ ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.