20 އެޕްރީލް

April 20, 2020 23
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެނެސްފި

ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

19 އެޕްރީލް

April 19, 2020 17
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ

ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ ރާއްޖޭގައި ތިބި އެ ގައުމުގެ 70 މީހުން ގޮވައިގެން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

18 އެޕްރީލް

April 18, 2020 11
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެންނަނީ

ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި...

April 18, 2020 7
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި

ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވައިދޭން އެދުނު ޖުމްލަ 1،601 ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު...

16 އެޕްރީލް

April 16, 2020
ޔޫއޭއީ އަށް ފޮނުވާ ތަކެތި ބަލައިގަތުން މަޑުޖައްސާލައިފި

ޔޫއޭއީގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވާ "ކެއާ ޕެކޭޖުތައް" ބަލައިގަތުން ފޮރިން މިނިސްޓްރީން މަޑުޖައްސާލައިފި އެވެ.

15 އެޕްރީލް

April 15, 2020 3
ބޭރަށް ފޮނުވި ގިނަ ކެއާ ޕެކޭޖްތައް ހަވާލުކޮށްފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާއިލާތަކުން ފޮނުވި ކެއާ ޕެކޭޖްތަކުގެ ބޮޑުބައި މިހާރު އެ މީހުންނާ ހަވާލުކޮށް ނިމިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

April 15, 2020 16
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.

April 15, 2020 5
ރާއްޖޭން ބޭރުގައި ތާށިވި ދިވެހިންނަށް 7.5 މިލިއަން

ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީވާން މިހާތަނަށް 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

14 އެޕްރީލް

April 14, 2020 21
އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ ވާދަކުރަނީ

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ވާދަކުރަން ނިންމައިފި އެވެ.

April 14, 2020 29
ބަންގްލަދޭޝްގައި ދިވެހިން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި

ބަންގްލަދޭޝްގައި ކޮރޯނާވައިރަސް ބާރަށް ފެތުރެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ދޭތެރޭ ޝައްކުވާ ކަމަށް ބުނެ، އެ މީހުން ވީހާ އަވަހަކަށް ރާއްޖެ ގެނެސްދޭން އެދެމުން އެބަ ދެ...

12 އެޕްރީލް

April 12, 2020 13
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ

ބެންކޮކްގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިދީފި އެވެ.

11 އެޕްރީލް

April 11, 2020 39
މެލޭރިއާ ބޭސް ރާއްޖެއަށް އެކްސްޕޯޓްކުރަން ހުއްދަ ދީފި

މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން ރާއްޖެ އަށް ގެންދިއުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.

09 އެޕްރީލް

April 09, 2020 18
ރާއްޖެ އަށް އީޔޫން ތިން މިލިއަން ޔޫރޯ ދެނީ

އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ރާއްޖޭން ފިޔަވަޅު އެޅި ގޮތަށް ތައުރީފުކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ތިން މިލިއަން ޔޫރޯގެ އެހީއެއް ދޭން...

April 09, 2020 5
ޓްރިވެންޑްރަމާއި ކޮޗިން އަށް އެހީގެ ތަކެތި ފޮނުވައިދެނީ

ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވައިދޭން ސަރުކާރުން ނިންމައިފި އެވެ.

07 އެޕްރީލް

April 07, 2020 5
ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުންނަށް އުއްމީދެއް

ފްލައިޓެއް ޗާޓަރުކޮށްގެން ނަމަވެސް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ދިން ޔަގީންކަމާ އެކު އުއްމީދު އާވެފައިވާ ކަމަށް ނޭޕާލްގައި ތާށިވި ދިވެހި...

April 07, 2020 19
މެލޭޝިޔާގަ ތިބި އާއިލާތަކަށް އެހީ ފޮނުވަން ހުޅުވާލައިފި

މެލޭޝިޔާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ ގޮތް، ފޮރިން މިނިސްޓްރީން ހަމަޖައްސައިދީ އެކަމަށް ހުޅުވާލައިފި އެވެ.

05 އެޕްރީލް

April 05, 2020 73
ބަންގްލަދޭޝްގެ މީހުން ގެންދިއުމުގެ އެހީއަށް އެދިއްޖެ

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެދިވަޑައިގެންފި އެވެ.

April 05, 2020 11
ހުއްދަ ލިބުމުން ބަންގްލަދޭޝްގައި ތިބި ދިވެހިން ގެންނާނެ

ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ނުގެނެވި ލަސްވަނީ އެ ގައުމުން ދޭން ޖެހޭ ހުއްދަތަކެއް ނުލިބި ލަސްވާތީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން...

02 އެޕްރީލް

April 02, 2020 23
އިންޑިއާގައި ތާށިވެފައި ހުރި ބޭސްތައް ގެނެސްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ތިން ހަފްތާއަށް އިންޑިއާ ލޮކްޑައުން ކުރުމުން، އެ ގައުމުގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސްތައް އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން މިއަދު ގެނެސްފި އެވެ.

31 މާޗް

March 31, 2020 2
އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ރާއްޖެ ގެންނަނީ

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމު 21 ދުވަހަށް ލޮކްޑައުން ކުރުމާ ގުޅިގެން، އިންޑިއާ އިން ރާއްޖެ ނުގެނެވި ހުރި ބޭސް...

March 31, 2020 14
އެހީގެ ފްލައިޓު އާދީއްތައިގައި، އާއިލާއަކަށް 15 ކިލޯ

ސްރީ ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ރާއްޖެ އިން އެހީ ފޮނުވޭގޮތް ހަމަޖައްސައި ކޮންމެ އާދީއްތަ ދުވަހަކު މޯލްޑިވިއަންގެ ކާގޯ ފްލައިޓުން 15 ކިލޯ، ކޮންމެ އާއިލާއަކަށް...

29 މާޗް

March 29, 2020 15
ކެތްތެރިކަމާ އެކު އެންމެން ވެސް މަޑުކޮށްލަމާ!

ކޮރޯނާވައިރަހުގެ މި ބިރުވެރި ހާލަތުގައި ރާއްޖޭން ބޭރުގައި ތިބި ބައެއް ދިވެހިން އުޅެނީ ޝަކުވާތަކުގަ އެވެ: ގެއަށް ގޭސްފުޅި އާއި ބޯފެނާއި ބޭނުންވާ ބޭހެއް ނުލިބި ލަސްވުމުން ވެސް...

March 29, 2020 1
އިންޑިއާގެ ލޮކްޑައުންއާ ހެދި ތާށިވި މުދާތައް ގެންނަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަށް އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، ނުގެނެވި ހުރި ބޭހާއި ކާބޯތަކެެތީގެ ބާވަތްތައް...

28 މާޗް

March 28, 2020 21
ބޭރުގައި ތިބި ދިވެހިންގެ ހާލު އެބަ ބަލަން: މިނިސްޓްރީ

ބޭރު ގައުމުތަކުގައި ދިރިއުޅޭ، ރާއްޖެ އަންނަން ބޭނުންވެފައި ތިބި ހުރިހާ ދިވެހިން ގެނައުމުގައި ހުރަސްތަކެއް ހުރި ނަމަވެސް އެންމެންގެ ވެސް ހާލު ގާތުން ބަަލަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

March 28, 2020 52
އިންޑިއާ އިން ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފި

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާ 21 ދުވަހަށް ބަންދުކޮށްފައި އޮތަސް ދިވެހިންނަށް ބޭނުންވާ ހަކުރާއި ހަނޑޫ މިއަދު...

March 28, 2020 18
ޔޫކޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ދިވެހި ޑޮކްޓަރެއްގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެެ.

27 މާޗް

March 27, 2020 30
ޗައިނާ އިން 30،000 ސާޖިކަލް މާސްކް ހަދިޔާކޮށްފި

ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 30،000 ސާޖިކަލް މާސްކްއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ހަވާލުވެވަޑައިގެންފި އެވެ.

26 މާޗް

March 26, 2020 3
ޔޫކޭގައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން ނިންމައިފި

ދަތުރުކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ތާށިވެފައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

24 މާޗް

March 24, 2020 5
ރަޝިއާ އަށް ދިޔަ ތިން ދިވެހިން ވެސް ނެގެޓިވް

ރާއްޖެއިން ރަޝިއާ އަށް ދިޔަ ތިން ދިވެހިން ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2020 36
ޗައިނާއިން ރާއްޖެއަށް ދޭ އެހީ ހުރީ ތައްޔާރަށް: ސަފީރު

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ޗައިނާއިން ދޭ ބައެއް އެހީ ހުރީ ތައްޔާރަށް ކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންގް ލީޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.