05 މާޗް

March 05, 2019 11
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ހަސަން ސޯބިރު މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

04 މާޗް

March 04, 2019 4
"ޓެރަރިޒަމާ ދެކޮޅަށް އޯއައިސީން ފިޔަވަޅު އަޅަންޖެހޭ"

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 14
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.

27 ފެބުރުއަރީ

February 27, 2019 5
ދިވެހިންނަށް މެލޭޝިއާ ވިސާ ލުއިކޮށްދޭން އެދެފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ދިނުމުގައި މިހާރަށް ވުރެ ލުއިގޮތްތައް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެދިވަޑައިގެންފި އެވެ.

20 ފެބުރުއަރީ

February 20, 2019 1
މިނިވަން ޖުޑިޝަރީއެއް ގާއިމްވުމަކީ ބޮޑު ކާމިޔާބެއް

ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކާއި، މިނިވަން ޖުޑިޝަރީއެއް އަހަރެއްގެ ތެރޭގައި މި ސަރުކާރަށް ގެނެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2019 16
މިނިސްޓަރު ޝާހިދު އެމެރިކާ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

February 18, 2019 3
ސިންގަޕޫރުގެ ސަފީރަކަށް ޑރ. މައުސޫމް އައްޔަންކޮށްފި

ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެންވަޔަރުމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު އައްޔަން ކުރައްވައި ރައީސް...

16 ފެބުރުއަރީ

February 16, 2019 16
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެ ގައުމުގެ ކަނޑުގެ ސިފައިން އިއްޔެ ހިފެހެއްޓި ދޯނި ދޫކޮށްލައިފި އެވެ.

14 ފެބުރުއަރީ

February 14, 2019 2
ސައުދީ ފަންޑުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

13 ފެބުރުއަރީ

February 13, 2019 42
ބަންގްލާދޭޝް މީހުން ރާއްޖެ ނާންނަން އެދެފި

ރާއްޖޭގައި ވަޒީފާ ލިބުން ދަތިވެފައިވާ ކަމަށާއި އެހެންވެ ވަޒީފާ ހޯދުމުގެ ބޭނުމުގައި ރާއްޖެ ނައުމަށް ބަންގްލާދޭޝް ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2019 17
ފޮރިން މިނިސްޓަރު ޝާހިދު ސައުދީ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

February 12, 2019 19
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2019 11
ރާއްޖޭގެ ހާލަތު ދެނެގަތުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދީފި

ރާއްޖޭގެ ހާލަތު ދެނެގަތުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުުކާރުން ދައުވަތު ދީފި އެވެ.

06 ފެބުރުއަރީ

February 06, 2019 7
ބަޖެޓް ސަޕޯޓަށް ޔޫއޭއީ އިން 50 މިލިއަން ޑޮލަރު

ބަޖެޓް ސަޕޯޓަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން އިއްޔެ ނިންމައިފި އެވެ.

30 ޖެނުއަރީ

January 30, 2019 22
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖެނުއަރީ

January 29, 2019 8
ރާއްޖޭގެ ހާލަތު ބެލުމަށްް ކޮމަންވެލްތުގެ ވަފުދެއް

ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް އެ ޖަމާއަތުގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2019 2
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި

އަންނަ އޭޕްރީލް މަހު ރާއްޖޭގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި އެވެ.

27 ޖެނުއަރީ

January 27, 2019 3
ޖަރުމަނު-ޝެންގެން ވިސާ ނަގަން 123މީހުން ހުށަހަޅައިފި

ޖަރުމަނު-ޝެންގެން ވިސާ ނެގުމަށް 123 މީހުން ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2019 3
ޝާހިދު، އދ. ގެ އެސްޖީއާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

January 26, 2019 55
ޝާހިދުގެ މެސެޖް: ރާއްޖެ ނެތި ދާނެ، ހައްލު ހޯދައިދީ!

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ރާއްޖެ އަށް ފޯރައި، ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ...

22 ޖެނުއަރީ

January 22, 2019
ޖަރުމަން-ޝެންގެން ވިސާ ނެގުމުގެ މުއްދަތު އިތުރުކޮށްފި

ޖަރުމަން-ޝެންގެން ވިސާ ނެގުމަށް ހުޅުވާލާފައިވާ މުއްދަތު ފޮރިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

14 ޖެނުއަރީ

January 14, 2019 9
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ

ރާއްޖެއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އެއްބާރުލުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ދެގައުމުން އެއްބަސްވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2019 48
ދެ ހެލިކޮޕްޓަރަށް ސަރުކާރުގެ ކޮންޓްރޯލް އެބައޮތް:ޝާހިދު

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.