04 ޑިސެމްބަރ

December 04, 2018 33
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އެ ގައުމުން ނިންމައިފި އެވެ.

December 04, 2018 13
ޖަޕާނުން 40 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ކަނޑަށް އެޅޭ ތެލުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޖެޕެނީޒް ޔެން (40.9 މިލިއަން ރުފިޔާ) ރާއްޖެ އަށް ދިނުމުގެ...

30 ނޮވެމްބަރ

November 30, 2018 47
އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު

އިންޑިއާ އިން ރާއްޖެ އަށް ބޮޑު ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ވިސްނާ ކަމަށް މީޑިއާގައި ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދޮގު ކުރައްވައިފި އެވެ.

28 ނޮވެމްބަރ

November 28, 2018 100
މަރުގެ އަދަބު ނުދޭނެކަން ހާމަކުރި ޓުވީޓް ޑިލީޓްކޮށްފި

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން، އެގޮތުގައި ދަމަހައްޓަން ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރުމަށް ފޮރިން މިނިސްޓްރީން ކުރި ޓުވީޓް މިރޭ ޑިލީޓްކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2018 15
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް

ރާއްޖެ އާއި އިންޑިއާ އިން، އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

November 27, 2018 160
ރާއްޖޭގައި މަރުގެ އަދަބެއް ނުދޭނެ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރިން ހުއްޓާލާފައި އޮތް އޮތުން، އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2018 21
ފުރަތަމަ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އިންޑިއާ އަށް

މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުންގެ ޓީމެއް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

18 ނޮވެމްބަރ

November 18, 2018
ގައުމުތަކުގެ ސަފީރުން ރައީސާ ބައްދަލުުކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން މިހާރު ތިއްބެވި...

November 18, 2018 6
ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ މިނިސްޓަރާ އެކު

އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އެންމެ ފުރަތަމަ ބައިލެޓްރަލް ބައްދަލުވުން ފަލަސްތީނުގެ ފޮރިން މިނިސްޓަރާ އެކު މިއަދު ބާއްވަވައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 35
ހުވާކުރައްވާ ރަސްމިއްޔާތުގައި 46 ގައުމަކުން ބައިވެރިވޭ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމަށް މިއަދު ހަވީރު ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ، މަތީ ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

16 ނޮވެމްބަރ

November 16, 2018 15
ޖިންސީ ފުރައްސާރަ ކުރި ކަމަށް އިންކާރު ކުރައްވައިފި

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާ ކުރި ކަމަށް ކުރާ ތުހުމަތުތަކަށް މިނިސްޓަރު މުހައްމަދު އާސިމް އިންކާރު ކުރައްވައިފި އެވެ.

09 ނޮވެމްބަރ

November 09, 2018 69
"އާސިމަށް ޖިންސީފުރައްސާރައިގެ ތުހުމަތު، އިސްތިއުފާދީ"

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވުނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމަށްކަން، ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައި، މިނިސްޓަރު އާސިމްގެ އިސްތިއުފާ އަށް މިރޭ ގޮވާލައްވައިފި އެވެ.

08 ނޮވެމްބަރ

November 08, 2018 6
ޖިންސީ ފުރައްސާރަކުރި މައްސަލަ ފުރަތަމަ ނުބެލި!

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ކޮމެޓީ އަށް ހުށަހަޅައި ބަލަމުންދާ ކަން އެތަނުން...

November 08, 2018 6
ޖިންސީ ފުރައްސާރައިގެ މައްސަލަ ދަނީ ބަލަމުން

ފޮރިން މިނިސްޓްރީގެ އިސްވެރިއަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2018 11
އިންޑިއާ ސަރުކާރުގެ އިސްބޭފުޅަކު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅާފައިވާ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަނައިކް ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް...

October 25, 2018 11
ޚަޝޯގީގެެ މައްސަލައިގައި ސަރުކާރު އަދިވެސް ސައޫދީއާއެކު

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މައްސަލައިގައި ދިވެހި ސަރުކާރު އަދިވެސް އޮތީ ސައޫދީއާއެކު ކަމަށް ދޭހަވާ ފަދަ ބަޔާނެއް ފޮރިން މިނިސްޓްރީން ނެރެފި އެވެ.

16 އޮކްޓޯބަރ

October 16, 2018 57
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން

އިސްތަންބޫލުގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމަށް ފަހު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ ހަބަރެއް ނުވާތާ ދެ ހަފުތާވީ އިރު، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ސައޫދީ އަށް ގޮވާލަމުންދަނީ ޖަވާބުދާރީ ވުމަށެވެ. އެކަކު ފިޔަވަ އެވެ. އެއީ...

15 އޮކްޓޯބަރ

October 15, 2018 32
ބަލިވީމަ ރީތިކޮށް އުޅޭކަށް ޔާމީނަކަށް ނޭނގެ: ދުންޔާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނާކާމިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި ހުންނެވި ކަމަށާއި އެމަނިކުފާނު ބަލިވީމަ ވެސް ރީއްޗަށް އުޅުއްވަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2018 55
ހިފެހެއްޓި ސަބަބެއް އިންޑިއާއަކުން ނާންގާ: ޝަމީމް

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އިންޑިއާއަށް އެތެރެވިޔަ ނުދީ، ޓްރިވެންޑްރަމްގެ އެއާޕޯޓުގެ އިމިގްރޭޝަނުން މިދިޔަ ހުކުރު ދުވަހު ހިފެހެއްޓި ނަމަވެސް އޭގެ...

October 14, 2018 25
އިންޑިޔާއާ ދޭތެރޭ އޮތް އިތުބާރު ހޯދަން ޖެހޭ: ދުންޔާ

ރާއްޖެ އާއި އިންޑިޔާ ދެމެދު އޮތް އިތުބާރާއި އެކުވެރިކަން އަނބުރާ ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

13 އޮކްޓޯބަރ

October 13, 2018 15
"ހަތަރު އެމްބަސީއަކުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި"

ހަތަރު ގައުމެއްގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރުން އަދި ބައެއް އެމްބަސީތަކަށް ލިބެންޖެހޭ ފައިސާ ހޯދާފައި ނުވާ މައްސަލަތަކެއް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2018 122
ޝެއިހް ޝަމީމް އިންޑިއާ އަށް އެތެރެވިޔަ ނުދީ ފޮނުވާލަނީ

އިންޑިއާގެ އެއާޕޯޓަކުން ޝައިހް އާދަމް ޝަމީމް މިއަދު ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލަން ނިންމައިފި އެވެ.

10 އޮކްޓޯބަރ

October 10, 2018 4
އިބޫ އާއި ސަރީރާ، އެލިސް ބައްދަލު ކުރައްވައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލިސް ވެލްސް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 8
"ޓްރާންސިޝަން އަމާންކޮށް ދާނެކަމުގެ ޔަގީންކަން ލިބުނު"

ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކުން ދީފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުން މިއަދު ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2018 5
ފޮރިން ސެކްރެޓަރީ، އިބޫއާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު މިއަދު ބައްދަލު ކުރައްވައިފި އެވެ.