26 އެޕްރީލް

April 26, 2018 56
މާރާމާރީ ހިންގުމުން ފުނަދޫ ސްކޫލުގެ ޓީޗަރަކު ފުރަނީ

ށ. ފުނަދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކަށް އެ ސްކޫލްގެ ދަރިވަރުންތަކެއް އިއްޔެ ބިރުދައްކައި މާރާމާރީ ހިންގުމުން އޭނާ އެނބުރި ގައުމަށް ދާން ނިންމައިފި އެވެ.

April 26, 2018 6
ބަންގްލަދޭޝް މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކުން ރޭ މޫދަށް ފޭބި ބަންގްލަދޭޝްގެ މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

25 އެޕްރީލް

April 25, 2018 1
މޫދަށް ފޭބި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން ހޯދަނީ

ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކުން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްް ގާޑުން އޭނާ ހޯދަން މިރޭ ފަށައިފި އެވެ.

24 އެޕްރީލް

April 24, 2018 17
އަބަދުވެސް މިހެން، އެކަމަކު ކަންބޮޑުވާން ޖެހޭ ކަމެއް؟

މާލޭ ބާޒާރުމަތިން ލާފައި ބޮޑުތަކުރުފާނުމަގުން ދާ ކޮންމެ މީހަކަށް ވެސް މި މަންޒަރު ފެންނާނެ އެވެ. ފަޅުގައި އަޅައިފައި އޮންނަ ބޯޓު ފަހަރަށް މުދާ އަރުވައި ބާލަނީ އެއްގަމުން ބޯޓަށް އަޅާފައި އޮންނަ ހަނި ފިލާގަނޑެއްގެ މަތިންނެވެ. ވަރަށް ބަރު އެއްޗެހި ކޮނޑަށް ލައިގެން ބޯޓުތަކުގެ ފަޅުވެރިން، ގިނައިން ބިދޭސީން، އެ ފިލާތަކުގެ މަތިން...

28 މާޗް

March 28, 2018 9
ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި

ބިދޭސީން ރާއްޖެ ދޫކޮށް ދާއިރު، އެ މީހުންގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ލިބޭ ގޮތަށް ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނެސްފި އެވެ.

06 މާޗް

March 06, 2018 1
އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މ. ސިތާރާ ގޭގައި މިއަދު ރޯވި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީމީހާ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2018 11
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓް ހެއްދުމުގެ ހުއްދަ، ބައެއް ކްލިނިކްތަކަށް ހެލްތު މިނިސްޓްރީން އަނެއްކާ ވެސް ދީފި އެވެ.

16 ޖެނުއަރީ

January 16, 2018 5
އީމެއިލް މެދުވެރިކޮށް ވިސާ ފޮނުވަންޖެހޭ ގޮތަށް ހަދައިފި

ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

30 ޑިސެމްބަރ

December 30, 2017 6
އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން ހަ މަހަށް ފަސްކޮށްފި

ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ތެރެއިން ގަވާއިދާ ޚިލާފްވާ އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން އިތުރު ހަ މަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017 5
ބިދޭސީ މީހާގެ 44 ޕަސެންޓު ވަނީ ފިހިފައި: ހޮސްޕިޓަލް

ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 44 ޕަސެންޓް ފިހިފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

18 ޑިސެމްބަރ

December 18, 2017 10
"ބިދޭސީންނަށް އިހުމާލުވާ ނަމަ ފިޔަވަޅު އަޅަންޖެހޭ"

ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒް ފައިދާ ނަގައި، އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

16 ޑިސެމްބަރ

December 16, 2017
އޮޔާދިޔަ މީހަކާއި ޑިންގީއެއް ސަލާމަތްކޮށްފި

ވިލިމާލެ އާއި ފޭދޫފިނޮޅާ ދޭތެރޭ ކަނޑުމަތިން އޮޔާދިޔަ މީހަކާއި ޑިންގީއެއް ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2017 26
ރާއްޖޭގައި ރަހީނުކުރި ބަންގްލަދޭޝް މީހަކު ސަލާމަތްކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކޮށް އެ މައްސަލާގައި ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2017 1
ވޯކްޕާމިޓް މެޑިކަލްގެ ހުއްދަ ކްލިނިކްތަކަށް އަލުން ދެނީ

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވޯކް ޕާމިޓް ހެދުމަށް ބޭނުންވާ މެޑިކަލް، އަމިއްލަ ކްލިނިކްތަކުން ހެދުން މަނާކުރުމަށް ފަހު އެ ހުއްދަ އަލުން ދޭން ނިންމައި، އެކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 80
75 އަހަރު މީހާ ގެންގުޅޭ ބިދޭސީ ވެސް ކުއްޖަކާ ބެހުނު

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ 75 އަހަރުގެ ފިރިހެން މީހާ ގެންގުޅޭ ބިދޭސީއަކު ވެސް އޭގެ ތެރެއިން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަން އެނގިއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2017 15
އިމާރާތެއްގެ 12 ވަނަ ބުރިން ދެ ބިދޭސީއަކު ވެއްޓިއްޖެ

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ 12 ވަނަ ބުރިން ދެ ބިދޭސީއަކު ވެއްޓި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2017 36
ބިދޭސީން ގެންނަން އިތުރަށް ފައިސާ ނުނަގާ:އިމިގްރޭޝަން

ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބުނާ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 79
ބަންގުލަދޭޝް މީހުންގެ ވިސާ ރިޝްވަތުގެ ތެރެއިން؟

ބަންގުލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެންނަ އެއް ސަބަބަކީ އެ މީހުންނަށް ދޭން ޖެހޭ މުސާރަ ކުޑަ ވުމެވެ. އާންމުކޮށް އެ މީހުންގެ މުސާރަ އުޅެނީ 150 ޑޮލަރާއި 200 ޑޮލަރާ ދޭތެރޭގަ އެވެ. އެއީ ރާއްޖެ އަންނަ އެންމެ އަގުހެޔޮ މަސައްކަތު މީހުންނެވެ. އަވަށްޓެރި އިންޑިއާގެ ލޭބަރެއްގެ މުސާރަ 400 ޑޮލަރަށް އަރާއިރު ބަންގުލަދޭޝް މަސައްކަތު މީހުން...

06 ސެޕްޓެމްބަރ

September 06, 2017 19
ހިންމަފުށީ މަރާ ގުޅިގެން ޕްލާންޓްގެ މެނޭޖަރު ހައްޔަރު!

ކ. ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓުގައި މަސައްކަތްކުރާ ބިދޭސީމީހާގެ މަރާ ގުޅިގެން އެ ތަނުގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ.

30 އޯގަސްޓް

August 30, 2017 96
ރަސްރަނި ބަގީޗާއަށް ވަންނަން ބިދޭސީން އަތުން 75ރ.

ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، މިދިޔަ ހަފުތާގައި ހުޅުވި ރަސްރަނި ބަގީޗާއަށް ބިދޭސީން ވަންނަން 75ރ. އަދި ހަފުތާ ބަންދުގައި ނަމަ 100ރ. ނަގަން ފަށައިފި އެވެ.

24 އޯގަސްޓް

August 24, 2017
މަރުގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ކ. ހިންމަފުށީގައި މަސައްކަތް ކުރި ބިދޭސީއެއްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.