02 އެޕްރީލް

April 02, 2020 29
މިވަގުތު އޮތް ހައްލަކީ ހިޔާ ފްލެޓްތައް ދިނުން:މުއިއްޒު

މާލޭގައި ބޯހިޔާވަހިކަމަށް މިވަގުތު ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އެންމެ ބޮޑު ލުޔެއް ދެވެން އޮތީ ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓް ލިބުނު މީހުންނަށް އެކަން ކަށަވަރު ކޮށްދީގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2020 12
ޑެންގޫ ފެތުރުނަ ނުދޭން ފިޔަވަޅު އަޅަން ގޮވާލައިފި

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ ދުވަސްވަރު ކައިރިވަމުން އަންނާތީ އެ ބަލި ފެތުރުނަ ނުދޭން ދުރާލައި ފިޔަވަޅު އެޅުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

27 މާޗް

March 27, 2020 23
"ބޯހިޔާވަހިކަމަށް ލުއި ގޮތްތަކަށް ލޯނު ލިބެންޖެހޭ"

ބޯހިޔާވަހިކަމާއި ކުލީގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ބޭންކްތަކުން ލުއި ގޮތަކަށް ލޯނުތައް ލިބޭނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

16 މާޗް

March 16, 2020 43
ފޯނުން ގުޅާލުމުން މުއިއްޒުއާ ބައްދަލުކުރެވޭ ގޮތް ހަދައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފި އެވެ.

05 މާޗް

March 05, 2020 3
މާލޭގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނަން:މުއިއްޒު

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، މާލޭގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސް ދެއްވާނެ ކަމަށް އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2020 101
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިހާރު ވެރިކަމުގައި ހުންނެވި ނަމަ، މާލެ ސަރަހައްދުގައި ކުރިއަށްދާ ގިނަ މަޝްރޫއުތައް މިހާރު އޮތީހީ ނިމިފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

24 ފެބުރުއަރީ

February 24, 2020 103
ވަށަފަރޭ ވިދާޅުވެ އޮޅުވައެއް ނުލެވޭނެ: މުއިއްޒު

ހއ. ވަށަފަރަށް އޭނާ ނިސްބަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ އެންޓި ކެމްޕޭން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 42
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްްޒު ނުސީދާކޮށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

22 ފެބުރުއަރީ

February 22, 2020 45
މައްސަލަ ބަލަންފެށީ މަސައްކަތަށް ހުރަސްއަޅަން: މުއިއްޒު

ފުލުސް އޮފީހަށް މިރޭ އޭނާ ހާޒިރުކުރީ "ކުރަމުން އަންނަ ގައުމީ މަސައްކަތަށް" ހުރަސް އަޅަން ކަމަށް ކުރީގެ ހައުސިން މިނިސްޓަަރު އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

February 22, 2020 57
ޑރ. މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމުން މި ފަހަރު ވާދަކުރައްްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

February 22, 2020 63
އެމްޑީޕީއަށް ފައިދާ އޮތީ އަޅުގަނޑު ހޮވައިގެން:މުއިއްޒު

މާލޭގެ ރައްޔިތުންގެ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެހެންވެ، އެމްޑީޕީއަށް ވެސް އެންމެ ފައިދާ އޮތީ މި ފަހަރު މޭޔަރު ކަމަށް އޭނާ ހޮވައިގެން ކަމަށް ކުރީގެ...

19 ފެބުރުއަރީ

February 19, 2020 49
މާލޭގެ މޭޔަރަކަށް މުއިއްޒު، އައްޑުއަށް ލަތީފް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑު އަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

12 ފެބުރުއަރީ

February 12, 2020 27
މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވައިފި

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ފުލުހަށް ފޮނުވައިފި އެވެ.

06 ފެބުރުއަރީ

February 06, 2020 43
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު

ތުހުމަތުތަކެއް ފެންމަތިކޮށްގެން އުޅެނީ ނުހައްގުން ކަމަށާއި އެއީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެތީ މި ސަރުކާރު ބިރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2020 30
މުއިއްޒުގެ މައްސަލަ ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ފުލުހަށް ހުށައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

04 ފެބުރުއަރީ

February 04, 2020 27
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުރީގެ ސަރުކާރުން ދޭން ނިންމި ގޮތް ބެލުމަށާއި އެކަމުގައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅަން ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

24 ޑިސެމްބަރ

December 24, 2019 44
ސަރުކާރުން އުޅެނީ ލާދީނީ ކަންކަން ފަތުރަން: މުއިއްޒު

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ފަހު، ސަރުކާރުން މިހާރު އުޅެނީ ލާދީނީ ކަންކަން ފަތުރަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2019 85
މާލޭގެ މޭޔަރަކަށް މުއިއްޒާއި އަފްޝަން އަދި އަލްހާން

މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަ ކުރައްވަން ނިންމަވައިފި އެވެ.

09 ޑިސެމްބަރ

December 09, 2019 20
މުއިއްޒަށް ޖިނާއީ ތަހުގީގެއް ހިންގަން ހުށަހަޅައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާ އެކު ހެދި އެއްބަސްވުމުގެ މައްސަލާގެ އާބިޓްރޭޝަން މަރުހަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 19
ނޫމަޑި މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު

ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ ބަލަން، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު...

19 ނޮވެމްބަރ

November 19, 2019 3
ހޯޑެއްދޫ-މަޑަވެލި ހިމާޔަތްކުރަން އެދުނިން: މުއިއްޒު

ގއ.ހޯޑެއްދު އާއި މަޑަވެލި ގުޅާލި ކޯޒްވޭ ހެދި އިރު އެ ދެ ރަށް ހިމާޔަތްކުރަން ތޮއްޓެއްލާން ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންނެވި ކަަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 12
ނޫމަޑިން ދައުލަތަށް ފައިސާ ދިންތޯ ސުވާލު އުފައްދައިފި

ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ދީފައިވާ ނޫމަޑިން ދައުލަތަށް ދައްކަން ޖެހިފައި އޮތް 92 މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު އިއްޔެ ސުވާލު އުފައްދަވައިފި އެވެ.