12 އޮކްޓޯބަރ

October 12, 2017 144
ސަރުކާރު މުވައްޒަފުންނަށް 1،000 ފްލެޓް ދެނީ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓް ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 20
ފްލެޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރާނަން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތުގެ ތަފްސީލްތައް ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު...

October 03, 2017 191
ލިބުނީ 105 ޕޮއިންޓް، ނުލިބުނީ ފްލެޓް!

މާލޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި އަލީ މަންސޫރު، އއ ރަސްދޫ، ދިރިއުޅެމުން އަންނަނީ 11 މީހުންނާ އެކު އެވެ. އަންހެނުންނާއި ފަސް ކުދިންނާއި ތިން ދޮންދަރިންގެ އިތުރުން...

28 ސެޕްޓެމްބަރ

September 28, 2017 43
ފްލެޓް ދިން ގޮތުގެ މައުލޫމާތު މަޖިލީހަކަށް ނުދިން!

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތާއި ދޭން ނިންމި މީހުންގެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ ހިއްސާ ކުރަން މަޖިލީހުން އެންގުމުން ވެސް ހައުސިން މިނިސްޓްރީން އެ މައުލޫމާތު މަޖިލީހަކަށް ނުފޮނުވި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 12
ބްރިޖްގެ ބައެއްގެ މަސައްކަތް ބަލަން މުއިއްޒު ޗައިނާއަށް

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ޗައިނާގައި ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

September 27, 2017 19
ދާއިމީ ލިސްޓާއެކު އިތުރު 60 މީހަކަށް ފްލެޓް ލިބިއްޖެ

ހުޅުމާލޭން ދޫކުރާ ފްލެޓްތަކުގެ ފައިނަލް ލިސްޓު އިއްޔެ އާއްމު ކުރިއިރު، އިތުރު 60 މީހަކަށް ފްލެޓް ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

September 27, 2017 78
ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6،000 ރުފިޔާ

ހުޅުމާލޭން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ 661 ފްލެޓްގެ މަހު ކުއްޔަކީ، 6،000ރ. ކަމަށާއި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 25،000ރ. ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު...

26 ސެޕްޓެމްބަރ

September 26, 2017 56
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމްތައް ނުވަތަ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.

18 ސެޕްޓެމްބަރ

September 18, 2017 4
ފްލެޓް މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓް ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހި، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

September 18, 2017 48
ރޯ ހައުސްއެއް ގަތީ ހަލާލު ފައިސާ އިން: މިނިސްޓަރު

ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގަތީ ހަލާލު ފައިސާ އިން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2017 34
ފްލެޓް މައްސަލައިގައި މަޖިލިސް މެމްބަރުން މިނިސްޓްރީއަށް

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓް ލިބުނު މީހުންގެ ނަން އާއްމު ނުކުރާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހައުސިން މިނިސްޓްރީ އަށް މިއަދު ވަޑައިގެންފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 16
އައްޑޫގެ އާ ހޮސްޕިޓަލް މޭ މަހު ނިމޭނެ: މުއިއްޒު

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު، އެ ޝްރޫއު އަންނަ މޭ މަހު ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 30
ފްލެޓު ލިބުނުގޮތުގެ ތަފުސީލު ނޭނގޭ މައްސަލަ އޭސީސީއަށް

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާންމުކޮށްފައި ނުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017 41
އެއް ފޯމު ނަމްބަރު ތަކުރާރުވީ އޮޅުމަކުން: މިނިސްޓްރީ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އިއްޔެ އިއުލާން ކުރި އިރު އެއް ފޯމު ނަމްބަރު ދެ ފަހަރަށް ތަކުރާރުވީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު...

September 12, 2017 95
މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށް؟

ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ނިދި ނަގާލާފައި، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން ތިބި މަންޒަރު މިހާރު ވެސް ހަނދާނަށް އާދެ އެވެ....

11 ސެޕްޓެމްބަރ

September 11, 2017 103
ނަން އާއްމުނުކުރީ ހައްގުތައް ރައްކާތެރިކޮށްދޭން:މުއިއްޒު

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ މައުލޫމާތު ނުހިމަނައި ހަމައެކަނި ފޯމުގެ ނަމްބަރާ އެކު ލިސްޓު އާއްމުކުރީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2017 43
ރާޅު އަރާ ވީޑިއޯއަކީ ރާއްޖޭގެ މަންޒަރެއް ނޫން:މުއިއްޒު

މާލޭ ހުޅުލޭ ބްރިޖްގެ މަސައްކަތަށް ހަދާފައިވާ ބޮޑު ފާލަމުގެ މައްޗަށް ބިޔަ ރާޅުތަކެއް އަރާ ވީޑިއޯ އަކީ ރާއްޖޭގެ މަންޒަރެއް ނޫން ކަމަށް ވިދާޅުވެ، ބްރިޖްގެ އަސްލު މަންޒަރުތަކެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއްމު ކުރައްވައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2017 38
ރާޅު އަރާ ވަރަށް ވުރެ ބުރިޖު އުސްވާނެ: މުއިއްޒު

މާލެ އާއި ހުޅުލެއާ ދެމެދު އަޅަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެވޭ ގޮތަށް ހަދާފައިވާ ބްރިޖެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2017 5
ކުޅުދުއްފުށީ ތާރު މަގުތައް މި އަހަރު ނިމޭނެ: މުއިއްޒު

ތާރު އަޅައިގެން ހަދަން ފަށާފައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2017 76
މިއީ ނެރެއްތަ ނޫނީ ދަންތުރައެއްތަ؟

މާލޭގެ ނެރަކުން ވަންނަން އަދި ނުކުންނަން ވެސް އެއްވެސް ކައްޕިއެއް މީގެ ކުރިން މިހާ ވަރަކަށް ވިސްނާކަށް ނުޖެހެ އެވެ. އެކަމަކު ބައެއް މޫސުންތަކުގައި ކިރިޔާ ވެސް ތަޖުރިބާ ނެތް ކައްޕިއެއް ވިއްޔާ މިހާރު ހުންނާނީ މޭގަނޑު އަނގަޔަށް އައިސްފަ އެވެ. މާލޭގެ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރަކީ، ބައެއް ހާލަތްތަކުގައި ކިތަންމެ ކުޅަދާނަ...

29 އޯގަސްޓް

August 29, 2017 38
ލަންކާގައި ދިވެހިންނަށް ހަދާ ޕާކް ނޮވެމްބަރަށް ނިމޭނެ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން، ސޯސަން ވިލާގައި އަޅާ ޕާކުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

August 29, 2017 16
ދެކުނު ނެރު ބޭނުން ނުކުރަން އަނެއްކާވެސް އަންގައިފި

މާލޭ ދެކުނު ފަރާތު ނެރުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ އެ ނެރާއި ފަޅުގެ ސަރަހައްދު ބޭނުން ނުކުރުމަށް ހައުސިން މިނިސްޓްރީން އަނެއްކާވެސް އަންގައިފި އެވެ.

27 އޯގަސްޓް

August 27, 2017 16
ރަސްރަނި ބަގީޗާ ހެދި ސިފައިންނާ ރައީސް ބައްދަލުކޮށްފި

ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، ބޮޑެތި ބަދަލުތަކާއެކު ހުޅުވި ރަސްރަނި ބަގީޗާގެ މަސައްކަތް ކުރި ސިފައިންގެ އިސް އޮފިސަރުންނާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

24 އޯގަސްޓް

August 24, 2017 79
މުއިއްޒު ހުޅުމާލެއިން ރޯހައުސްއެއް ބައްލަވައިގެންފި

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއިން ރޯ ހައުސްއެއް ބައްލަވައިގެންފި އެވެ.

21 އޯގަސްޓް

August 21, 2017 102
ރަސްރަނި ބަގީޗާއަށް ބިދޭސީން ވަންނަން ފީއެއް ނަގާނެ

ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، ހިތްގައިމު ބަދަލުތަކާއެކު މިރޭ ހުޅުވި ރަސްރަނި ބަގީޗާއަށް ބިދޭސީންނަށް ވަދެވޭނީ ޓިކެޓް ގަނެގެން ކަމަށާއި އެކަމަކު ދިވެހިންނަށް ހިލޭ ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

August 21, 2017 42
ސަލްޓަން ޕާކު "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވައިފި

ރަސްރަނި ބަގީޗާގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިރޭ ސަލްޓަން ޕާކު ހުޅުއްވައިދެއްވައިފި އެވެ.

August 21, 2017 37
ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، މިރޭ ހުޅުވަނީ

މާލޭގެ އެންމެ ބޮޑު ޕާކު، ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ނަން ބަދަލުކޮށް މިރޭ ރަސްމީކޮށް އެތަން ހުޅުވަން ނިންމައިފި އެވެ.

16 އޯގަސްޓް

August 16, 2017 46
ބިން ވިއްކަނީ ރަައްޔިތުންގެ މަންފާއަށް: މުއިއްޒު

މާލޭގެ މައި ތިން ސަރަހައްދަކުން ބިންވިއްކަން ހުޅުވާލީ ރައްޔިތުންގެ މަންފާއަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.