29 ނޮވެމްބަރ

November 29, 2020 15
ކެމްްޕޭން ނުކުރެވޭ ކަމަށް ބުނެ އިދިކޮޅުން ކޯޓަށް!

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ވިސްނާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2020 19
ސިޔާސީ ހަރަކާތްތަކަށް ދަތިވާތީ އިދިކޮޅުން އީސީ އަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކަށް ދަތިވާތީ އިލެކްޝަން ކޮމިޝަން (އީސީ) އަށް އެކަމުގެ ޝަކުވާ ހުށަހަޅައިފި އެވެ.

26 އޮކްޓޯބަރ

October 26, 2020 50
ހުތުރުބަހުން ވާހަކަ ދެއްކުމުން އަދުރޭއަށް ދައުވާކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައި، އިންޒާރު ދެއްވި މައްސަލައިގައި މިއަދު ދައުވާކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2020 49
ޕީޕީއެމްގެ ލޯޔަލްޓީ ކާޑަކީ އެޅުނު ފާލަމެއް: އަދުރޭ

ޕީޕީއެމުން މިއަދު ތައާރަފްކުރި ލޯޔަލްޓީ ކާޑަކީ ޕާޓީ އާއި މެމްބަރުންނާ ދެމެދު އެޅުނު ފާލަމެއް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2020 40
ޔާމީން ޖަލަށްލީ ނުހައްގުންކަން އެނގިއްޖެ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އިތުރު ދައުވާތަކެއް އުފުލާފައިވަނީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ނިންމުން ގެންނަކަން މިހާރު ކަށަވަރުވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

01 އޮކްޓޯބަރ

October 01, 2020 58
ކަޅު ފައިސާ ނުލިބެނީ ޕީޕީއެމް/ޕީއެންސީއަށް: އަދުރޭ

ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އެ ޕާޓީ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބަދަލުވެވަޑައިގެން އުފެއްދި ޕީއެންސީ އަށް ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ...

26 ސެޕްޓެމްބަރ

September 26, 2020 70
އިންޑިއާގެ މަޝްރޫއުތަކާއެކު މިނިވަންކަން ގެއްލޭނެ:އަދުރޭ

ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް އިންޑިއާއާ ގުޅިގެން ހިންގާ ނަމަ މިނިވަންކަން ގެއްލޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2020 23
އަދުރޭ ވިދާޅުވީ، ސަލާމަތް ވާނީ ޔާމީން ނެރެގެން ކަމަށް

ދިވެހިންގެ ގައުމެއްގެ ގޮތުގައި ރާއްޖެ ސަލާމަތް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލީގޮތުން ގައުމުގެ ހުންގާނުގައި ހިއްޕަވައިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2020 76
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"

މާފުށީ ޖަލުގައި އޮންނެވުމަށް ވުރެ މި ސަރުކާރުން މި ގައުމަށް ދޭ އަނިޔާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅަށް ލިބިވަޑައިގަންނަވާ ތަދު ބޮޑު ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންނަށް އިއްޔެ ވިދާޅުވެދެއްވައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2020 16
އެމްޕީއެލްއިން 13.2 މިލިއަން ރުފިޔާ ހޯދަން ކޯޓަށް

މީރުބަހުރު ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ފިހާރައަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 37
އަދުރޭގެ ރައްދު: "ކާޅަށް ދިނަސް ނުހުއްޓުވޭނެ"

ރެހެންދި އިމާރާތުން ނުވަ މިލިއަން ރުފިޔާ އަށް ދެ ފްލެޓު ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަލުން ބަލަން ފެށުމުން ހިތްހަމަޖެހިވަޑައިނުގެން "ކޮށައި ކާޅަށް...

September 08, 2020 34
އަބްދުއްރަހީމްގެ ދެ ފްލެޓްގެ މައްސަލަ އަލުން ބަލަނީ

އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް ބައްލަވައިގަތް...

06 ސެޕްޓެމްބަރ

September 06, 2020 36
ކުއްލި ނުރައްކަލުގެ ހާލަތަށް އަދުރޭ ސުވާލު އުފައްދައިފި

ހެލްތު މިނިސްޓަރަކު ނެތި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރެވިދާނެ ކަމާ މެދު އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.

31 އޯގަސްޓް

August 31, 2020 48
ޝުޖާއު، އިދިކޮޅުގެ ވަކީލުންގެ ޓީމާ ގުޅިއްޖެ

ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، އިދިކޮޅު ކޯލިޝަންގެ ލޯޔަރުންގެ ޓީމާ ގުޅިވަޑައިގެންފި އެވެ.

August 31, 2020 107
މީޑިއާ ކުރިމަތީ އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި

ރާއްޖޭގެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޕީއެންސީގެ ރައީސް...

August 31, 2020 13
އަދުރޭ އާއި ޝިޔާމް ވެސް 1،000ރ. އިން ޖޫރިމަނާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން ޕީއެންސީގެ...

29 އޯގަސްޓް

August 29, 2020 33
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު

މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާާޅުވީ އެމަނިކުފާނަށް އެކަމުން އަސަރުކޮށްގެން ކަމަށް ބުނެ އިދިކޮޅު ހަރަކާތުން މިއަދު ރައްދުދީފި އެވެ.

28 އޯގަސްޓް

August 28, 2020 16
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް

މުޒާހަރާ ނުކުރަން އިންޒާރު ދިނަސް ގައުމުގެ ހައްގުގައި ތެދުވެ ކުރަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2020 15
ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ނުހަދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2020 31
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން މާފުށީ ބޭރުން ކަނޑުމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.

20 އޯގަސްޓް

August 20, 2020 70
ޚަޒާނާ ހުސްކުރާ ވަގުން ހިފަން ނުކުންނަން ވެއްޖެ:އަދުރޭ

މި ސަރުކާރުން ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވައްކަން ކުރާ މަންޒަރުކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ ވައްކަންތަކުން "ޚަޒާނާ ކައި ހުސްކޮށްފި" ކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ލީޑު ކުރައްވާ، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ކުރައްވައިފި އެވެ.

14 އޯގަސްޓް

August 14, 2020 23
ޔާމީނަށް ކުރާ ދައުވާތައް ބާތިލް: އަބްދުއްރަހީމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.