02 ޖުލައި

July 02, 2017 13
ސައުދަށް ކުރަނީ ނުފޫޒު ބޭނުން ކުރިކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކުރެއްވީ، ވިލިނގިލީ ކައުންސިލަރަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯއްދަވާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

July 02, 2017 6
މެންބަރު ސައުދު އޭސީސީ އަށް ހާޒިރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކޮށްފި އެވެ.

July 02, 2017 3
ވިލިނގިލީގައި ފެން ބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި، ގިނަ އަދަދެއްގެ ގެތަކުގައި ފެން ބޮޑުވެ، ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

24 ޖޫން

June 24, 2017 11
ސައުދު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން އަނެއްކާ ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

05 ޖޫން

June 05, 2017 63
ހުވާކުރެއްވުމަށް ފަހު އަރައިވަޑައިގަތީ ރުކަށް!

ގއ. ވިލިނގިލީ ކައުންސިލަށް މި ފަހަރު ހޮވިވަޑައިގެންނެވި ހަބީބު ހަސަން އޭނާގެ ވާދަވެރިންނަށް ރައްދު ދެއްވީ ތަފާތު ގޮތަކަށެވެ. ހުވާކުރެއްވުމަށް ފަހު ކޯޓު ފަޓުލޫނުގައި އެންމެ ފުރަތަމަ ވެސް އަރައިވަޑައިގެންނެވީ ރުކަށެވެ. ބޭނުމަކީ ރާވެރިންނަށް ވެސް މަތީ މަގާމެއް އަދާކުރެއްވިދާނެ ކަން ސާބިތުކޮށްދެއްވުމެވެ.

04 ޖޫން

June 04, 2017 3
ކައުންސިލަރެއްގެ މައްސަލަ އަލުން ބަލަނިކޮށް ހުއްޓުވައިފި

ގއ. ވިލިނގިލީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރެއްގެ މައްސަލައެއް އެ ރަށު ކޯޓުން ދެވަނަ ފަހަރަށް ބަލަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.

04 މެއި

May 04, 2017 19
ހިތުހުރި ގޮތަކަށް ރައީސަށް ކަންކަން ނުކުރެއްވޭނެ:ޝާހިދު

ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ، ހިތުހުރި ގޮތަކަށް އަމަލުކުރެއްވުމުގެ ބާރެއް ނެތް ކަމަށާއި ގާނޫނީ އިމުން ބޭރުގައި ކުރާ ކަންކަން ހުއްޓާލައި މި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

07 އެޕްރީލް

April 07, 2017 15
ވިލިނގިލީ ކައުންސިލްގެ މެމްބަރުން އިދިކޮޅު އިއްތިހާދަށް

ގއ. ވިލިނގިލީ ކައުންސިލްގެ ޕީޕީއެމްގެ ހަ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފި އެވެ.

02 އެޕްރީލް

April 02, 2017 30
ޕީޕީއެމްގެ ވައިބާ ގުރޫޕުން ސައުދު ބޭރުކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަތްކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.

31 މާޗް

March 31, 2017 134
މައުމޫން މަގުމައްޗެއް ނުކުރެވޭނެ: ސައުދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "މަގުމަތި" ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ގައުމުގެ ސިޔާސީ އެންމެ ބޮޑު ރައުސްމާލު ކަމަށް ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2017 31
ފަސްޓް ލޭޑީ ފާތުން ގއ. އަތޮޅަށް ވަޑައިގެންފި

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

11 ޖެނުއަރީ

January 11, 2017 10
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން އިހްތިޖާޖަށް

ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓުން ދޫކޮށްލުމުން އެ ރަށު ރައްޔިތުން އެކަމާ ދެކޮޅަށް މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.

30 ނޮވެމްބަރ

November 30, 2016 34
ރާއްޖެ ކުރިއަރަނީ ވަރަށް ހަލުވި ދުވެއްޔެއްގައި: ޖިިހާދު

ގައުމެއް ކުރިއަރާނީ އެ ގައުމެއްގައި ހަރުދަނާ ލީޑަޝިޕެއް އޮވެގެން ކަމަށާއި ރާއްޖެ ކުރިއަރަމުން އަންނަނީ ހިތަށް ވެސް ނުގެނެވޭހާ ހަލުވި ދުވެއްޔެއްގައި ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2016 18
އަނިޔާވި ޒުވާނެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ

މީގެ ހަފުތާއެއް ކުރިން ގއ. ވިލިނިގިލީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނެއްގެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ އެވެ.

10 އޯގަސްޓް

August 10, 2016 26
މެމްބަރު ސައުދު ވައިބަ ގްރޫޕުން ނުކުމެއްޖެ

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ނުކުމެއްޖެ އެވެ.

23 ޖޫން

June 23, 2016 2
ވިލިނގިލީ މަގުތަކުގައި ތާރު އަޅަން ފަށައިފި

މަޝްރޫއު އިއުލާން ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން، ގއ. ވިލިނގިލީ މަގުތަކުގައި މިއަދު ތާރު އަޅަން ފަށައިފި އެވެ.

02 ޖޫން

June 02, 2016 1
ޓޫރިޒަމަށް ގއ. އަތޮޅުން 1500 ޒުވާނުން ނެރެދެނީ

ޓޫރިޒަމް ދާއިރާއަށް 8،000 ޒުވާނުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަށް، ގއ. އަތޮޅުން 1،500 ޒުވާނުން ނެރެދިނުމަށް އެ އަތޮޅުގެ ދެ ކައުންސިލަކުން މިއަދު އެއްބަސްވެއްޖެ އެވެ.