ފޮޓޯގެލަރީ / ރޯދަ މަސް

ފަޅުތެރެއިން ރޯދަ!

ހުސެއިން ވަހީދު

15 މެއި 2019

ރޯދަމަހު ވެސް ވަރުބަލިވުމެއް ނެތި، އާއިލާއާ ދުރުގައި އެކަމަކު އެހެން އެންމެންނަށް އެހީތެރިވާ ބަޔަކީ މަސްވެރިންނާއި މުދާ އުފުލާ ދޯނިފަހަރާއި ބޯޓުފަހަރުގެ ފަޅުވެރިން. މާލޭގެ ބަނދަރު މައްޗަށް ޖެހިލާއިރު އެ މީހުންގެ ބިޒީ ދިރިއުޅުން ކޮންމެ މީހަކަށް ވެސް ފެންނާނެ. މިއީ މި ރޯދަމަހުގެ މިހާތަނަށް ދޯނިފަހަރާއި ބޯޓުފަހަރުގެ ފަޅުވެރިންގެ ހަރަކާތްތައް ފެންނާނެ ގެލެރީއެއް. އެކި ދުވަސް މަތިން ނަގާފައިވާ ފޮޓޯތަކުން، އެ މީހުންގެ ހަޔާތުން އެއް ދުވަސް ފެނިގެންދޭ. މަސްދޯނި ފަހަރުން މަސް ބާލާ ތަނާއި މުދާ ބަރުކުރާތަނާއި ދޯނިފަހަރުގައި ނަމާދުކުރާ ތަނާއި ރޯދާ ވީއްލުމުގެ ސުފުރާމަތި ވެސް ފޮޓޯތަކުން ދައްކައިދޭ.---ފޮޓޯތައް: ނިޝާން އަލީ، ހުސައިން ވަހީދު/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެއިއަކު، ކަންނެލިތައް އެއްގަމަށް ގެންދިއުމުގެ މަސައްކަތުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެއިއަކު، ދޯނިން ބާނާފައިހުރި ކަންނެލިތައް ކުޑަ ޑިންގީއެއްގައި ފަލި ޖަހާފައި އެއްގަމަށް ގެންދަނީ. ރޯދަމަހުވެސް އޮޑިދޯނިފަހަރުގެ މަސައްކަތްތައް އެހެންމަސްމަހެކޭ އެއްގޮތަށް ކުރިއަށްދޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަސް ދޯންޏެއްގެ ފަޅުވެރިން، ބާނާފައިހުރި މަސްތައް އެއްގަމަށް ގެންދިޔުމުގެ މަސައްކަތުގައި. ރޯދަމަހުވެސް އޮޑިދޯނިފަހަރުގެ މަސައްކަތްތައް އެހެންމަސްމަހެކޭ އެއްގޮތަށް ކުރިއަށްދޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއެއް، ރޯދަވީއްލުމުގެ ސުފުރާއަށް ހެދިކާ ތައްޔާރުކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއެއް، ރޯދަވީއްލުމުގެ ސުފުރާއަށް ހެދިކާ ތައްޔާރުކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަސް ދޯންޏެއްގެ ފަޅުވެރިންތަކެއް، މަސް ކެނޑުމަށް ފަހު ސާމާނު ދޮންނަނީ.---ފޮޓޯ:ހުސައިން ވަހީދު/މިހާރު

މަސް ދޯންޏެއްގެ ފަޅުވެރިން އައިސްއެޅުމާއި ބިލު ހެދުން ފަދަ ދޯނީގެ މަސައްކަތްތަކުގައި އުޅޭއިރު އެއް ފަޅުވެރިއަކު ރޯދަ ވީއްލުމަށް ކާނާ ތައްޔާރުކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ދެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާއަށް ކަރާފަނި ތައްޔާރުކުރުމުގެ މަސައްކަތުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއަކު، ރޯދަވީއްލުމުގެ ސުފުރާއަށް ކާނާ ތައްޔާރުކުރުމުގެ ގޮތުން ހެދިކާ ތައްޔާރު ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކަންނެލި ދޯންޏެއްގެ ދެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާއަށް ފަތް މަސްހުނި ތައްޔާރުކުރުމަށް ލުނބޯ ކޮށަނީ .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކަންނެލި ދޯންޏެއްގެ ދެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާ އަށް ފަތްމަސްހުނި ތައްޔާރު ކުރަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާއަށް ކުރުނބާ ފަނި ތައްޔާރުކުރުމަށް ކުރުނބާ ހަދަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއަކު، ރޯދަވީއްލުމުގެ ސުފުރާ އަށް އަލަނާސި ފަނި ތައްޔާރުކުރުމަށް އަލަނާސިއެއް ކޮށަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއެއް، ރޯދަވީއްލުމުގެ ސުފުރާ ތައްޔާރުކުރުމަށް ރޮށި ފިހަން ތައްޔާރު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާ އަށް ކުރުނބާފަނި ތައްޔާރު ކުރުމަށް ފުޅިއަަކަށް ކުރުނބާފެން އަޅަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއަކު، ރޯދަވީއްލުމުގެ ސުފުރާ ތައްޔާރުކުރުމަށް ރޮށި ދަމަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުދާ އުފުލާ ބޯޓެއްގެ ދެ ފަޅުވެރިއަކު، ރޯދަވީއްލުމުގެ ސުފުރާ އަށް ކާތަކެތި ތައްޔާރު ކުރުމަށް ފަތް ކޮށަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ކައްކާއަކު، ރޯދަވީއްލުމުގެ ސުފުރާ ތައްޔާރުކުރުމަށް ބިސްގަނޑު އަޅަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންތަކެއް ރޯދަ ވީއްލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދޯންޏެއްގައި ރޯދަ ވީއްލުމުގެ ސުފުރާ އަށް ބޮޑު ކޫލަރެއްގައި ތައްޔާރު ކޮށްފައިވާ ކުރުނބާފަނި، ފަޅުވެރިއަކު ތައްޓަކަށް އަޅަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންތަކެއް ދޯނީގެ ތައްޓުމަތީގައި ތިބެ ރޯދަ ވީއްލުން ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ދެ ފަޅުވެރިއަކު، ދޯނީގެ އައިސް ބޮކްސްގެ މަތީގައި އިށީނދެލައިގެން ތިބެ ރޯދަ ވީއްލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދޯންޏެއްގެ ފަޅުވެރިއަކު ރޮށްޓާއި މަސްހުނިން ރޯދަ ވީއްލަނީ. ދޯނި މަތީގައި ކާބޯތަކެތި ތައްޔާރުކުރި ނަމަވެސް ތަފާތު ގިނަ ބާވަތްތައް ސުފުރާ މަތިން ފެންނަން ހުރޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިއަކު ދޯނީގެ އައިސް ބޮކްސްގެ މަތީގައި ހެދިކާތަށި ބަހައްޓާލައިގެން އިނދެ ރޯދަ ވީއްލަމުން، ޖެހިގެން އޮތް ދޯނީގެ މީހަކާ ވާހަކަ ދައްކަނީ. އޮޑިދޯނިފަހަރުގެ ފަޅުވެރިންގެ މެދުގައި އޮންނަނީ ގާތް ގުޅުމެއް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިއަކު ދޯނީގެ އަރިމަތީގައި އިށީނދެލައިގެން އިނދެ ރޯދަ ވީއްލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންތަކެއް ރޯދަ ވީއްލުމަށްޓަކައި ސުފުރާ ތައްޔާރު ކޮށްގެން އިށީނދެލައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކަންނެލި ދޯންޏެއްގެ ދެ ފަޅުވެރިއަކު ރޯދަ ވީއްލުމަށް ދޯނީގެ އަރިމަތީގައި އިށީނދެލައިގެން ތިބި އިރު، އޭގެ ތެރެއިން އެކަކު އެހެން ދޯންޏެއްގެ ފަޅުވެރިއަކަށް އިޝާރާތް ކޮށްލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންތަކެއް ދޯނީގައި ރޯދަވީއްލަނީ. އޮޑިދޯނިފަހަރުގައި އުޅޭ ފަޅުވެރިން ކެއްކުމާޢި ކެއުންބުއިމުގެ ހުރިހާ ކަމެއް އާންމުކޮށް ކުރަނީ ދޯނީގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު ރޯދަ ވީއްލުމަށް ފަހު، މަޣްރިބް ނަމާދަށް ވުޟޫއު ކުރަނީ.---ފޮޓޯ: ނިޝާން އަލީ،/މިހާރު

ކަންނެލި ދޯންޏެއްގެ ދެ ފަޅުވެރިއަކު ރޯދަ ވީއްލުމަށް ފަހު، ވަރުބަލި ފިލުވައިލުމަށް ދޯނީގެ ގެގަނޑު މަތީގައި ޖައްސާލައިގެން.---ފޮޓޯ: ނިޝާން އަލީ،/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންތަކެއް ރޯދަ ވީއްލުމަށް ފަހު، ވަރުބަލި ފިލުވައިލުމަށް ގެގަނޑުމަތީގައި އިށީނދެލައިގެން ތިބިއިރު، އެކަކު މަޣްރިބް ނަމާދު ކުރަނީ.---ފޮޓޯ: ނިޝާން އަލީ،/މިހާރު

ދޯންޏެއްގެ ފަޅުވެރިއަކު ރޯދަ ވީއްލުމަށް ފަހު، އެ ދޯނީގެ ގެގަނޑުމަތީގައި މަޣްރިބް ނަމާދު ކުރަނީ. އޮޑިދޯނިފަހަރުގައި އުޅޭ މަސްވެރިންނާއި ފަޅުވެރިން އަޅުކަމާއި ކެއުންބުއިން ފަދަ ހުރިހާ ކަމެއް އާންމުކޮށް ކުރަނީ ދޯނީގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދޯންޏެއްގެ ފަޅުވެރިއަކު ރޯދަ ވީއްލުމަށް ފަހު، އެ ދޯނީގެ ގެގަނޑުމަތީގައި މަޣްރިބް ނަމާދު ކުރަނީ. އޮޑިދޯނިފަހަރުގައި އުޅޭ މަސްވެރިންނާއި ފަޅުވެރިން އަޅުކަމާއި ކެއުންބުއިން ފަދަ ހުރިހާ ކަމެއް އާންމުކޮށް ކުރަނީ ދޯނީގައި.---ފޮޓޯ: ނިޝާން އަލީ،/މިހާރު

ކަންނެލި ދޯންޏެއްގެ ފަޅުވެރިންގެ ތެރެއިން ބަޔަކު ރޯދަ ވީއްލުމަށް ފަހު، ގެގަނޑު މަތީގައި މަޣްރިބް ނަމާދު ކުރަނީ. އޮޑިދޯނިފަހަރުގައި އުޅޭ މަސްވެރިންނާއި ފަޅުވެރިން އަޅުކަމާއި ކެއުންބުއިން ފަދަ ހުރިހާ ކަމެއް ކުރަނީ ދޯނީގައި.---ފޮޓޯ: ނިޝާން އަލީ،/މިހާރު

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy