ފޮޓޯގެލަރީ / ރޯދަ މަސް

ރޯދަ ކުރު ކޮށްލުމަށް މާލެ ވަށައި ބުރެއް

އަހުމަދު އަވްޝަން އިލްޔާސް

28 އެޕްރީލް 2021

މާލެ- އޭޕްރިލް 28، 2021- ރޯދަ މަހުގެ ހަވީރު ރޯދަ ކުރު ކޮއްލުމައް މާލެ ވަށާ ބުރެއް: މި ރޯދަ މަހުވެސް މާލޭގެ އެކި ހިސާބިތަކުން ފެންނަނީ ތަފާތު ކުޅިވަރު ކުޅުމާއި އާއިލާތައް ހިތްހަމަޖައްސާލުމަށް މާލޭގެ އެކި ހިސާބުތަކުގައި މަޑުކޮއްލައިގެން ތިބޭމަންޒަރު. އެގޮތުން ހަވީރުގަޑީގައި ޒުވާނުން ރާޅާއަޅަން ދިއުމާއި، މަޑިއެރުވުމާއި، ހަވީރު ފިންޏަށް ސައިކަލު ބުރުޖަހަން ދިއުމާއި އަދި އިރުއޮށްސޭ މަންޒަރު ބަލަން ގިނަބަޔަކު ނުކުމެ އުޅޭ. -- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: އުސްފަސްގަނޑު ސަރަހައްދުގައި ކުޑަކުއްޖަކު ބަބުލްސް އަރުވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ރާޅުގަޑު ސަރަހައްދުގައި މީހަކާއި ކުޑަ ދެކުދިން ރާޅާ އަޅާތަން ބެލުމަށް މަޑުކޮށްލައިގެން.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: މަސްވެރިންގެ ޕާކުގައި ބަޔަކު ތާސް ކުޅެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ރަސްފަންނު ސަރަހައްދުގައި މީހަކު އިރުއޮއްސޭ މަންޒަރުގެ ފޮޓޯއެއް ނަގަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ލޮނުޒިޔާރަތް ޕާކުގައި އާއިލާއެއް އުނދޯލި ހެއްލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ރާޅާ އަޅާތަން ބެލުމަށް ނިއުޕޯޓު ސަރަހައްދުގައި ބަޔަކު އިށީންދެލައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ހަވީރު ގަޑި އަކީ އެންމެ ބާރު ބޮޑު ގަޑި ކަމުން މާލޭގެ އެކި މަގުތައް ބެލެހެއްޓުމަށް ޓުރެފިކް ޕޮލިހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: މަސްވެރިން ޕާކު ސަރަހައްދުގައި މީހަކު މަޑު ކޮށްލައިގެން މޫދަށް ބަލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ދެ މީހަކު މަސް ބާނަމުން ދާއިރު، އެތަން ބެލުމަށް ކުޑަ ކުއްޖަކު ގޮޑިއެއްގައި އިށީންދެލައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ދެ މީހަކު ރާޒުވާ ކުޅެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: މާލޭގެ މަގެއްގައި މީހަކު ސައިކަލުގައި ދުއްވަމުން ދާއިރު، ދުވަން ނުކުމެއުޅޭ މީހަކު ދުވަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުޑަކުއްޖަކު ދުވަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: އުސްފަސްގަނޑު ސަރަހައްދުގައި މީހަކު ކުޑަކުއްޖަކު ގޮވައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުޑަ ދެކުދިން ކޮތަރު ތަކަށް ކާންދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021 އުސް ފަސްގަނޑު ސަރަހައްދުގައި އަންހެނަކާއި ކުޑަ ކުއްޖެއް މަޑި އެރުވުމަށް ތައްޔާރު ވަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ރޯދަ ކުރުކުރުމަށް ބަޔަކު ފިނި ބުރުޖަހާލަން ނުކުމެ ބޭރުމަގުގައި ސައިކަލު ދުއްވަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: ޖުމްހޫރީ މައިދާން ސަރަހައްދުގައި ބަޔަކު ސައިކަލު ތަކުގައި މަޑު ކޮށްލައިގެން.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ: އޭޕްރިލް 29، 2021: މާރުކޭޓް ސަރަހައްދުން މީހަކު އަލަނާސި އެއްގެ އަގު ބަލަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލެ:އޭޕްރިލް 29، 2021: ރާޅުގަނޑުގައި ކުޑަކުއްޖަކު ރާޅާ އަޅަނީ .-- ފޮޓޯ:އަހުމަދު އަވްޝަން/ މިހާރު

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy