ފޮޓޯގެލަރީ / ސާބާ ޗެމްޕިއަންޝިޕް

ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ރާއްޖެއަށް ރަނގަޅު ފެށުމެއް

ފަޔާޒް މޫސާ

26 ސެޕްޓެމްބަރ 2022

މާލެ - ސެޕްޓެމްބަރު 25، 2022: ސަރަހައްދީ އަންހެން ބާސްކެޓްބޯޅަ މުބާރާތްކަމަށްވާ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް މާލޭގައި ރޭ ވަނީ ފަށައިފަ އެވެ. މުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރީ އެންމެ ފަހުގެ މި މުބާރާތުގެ ރަނަރަފް ނޭޕާލް އާއި ރާއްޖެ އެވެ. ވާދަވެރި މި މެޗު 51-47 ން ކާމިޔާބުކުރީ ރާއްޖެ އެވެ. މެޗު ޝަރަފުވެރިކޮށްދެއްވާ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސޯސަލް ސެންޓަރަށް ވަޑައިގެންނެވި އެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ރާއްޖޭ ޓީމުގެ ކުޅުންތެރިޔާ ބޯޅަ ހިފައިގެން ދާން މަސައްކަތްކުރާއިރު ނޭޕާލް ޓީމްގެ ދެ ކުޅުންތެރިން ރާއްޖެ ޓީމުގެ ކުޅުންތެރިޔާ ހުއްޓިވަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕަލް ބަލިކުރި މެޗަށްފަހު ޝިއުރާ އުފާފާޅުކުރަނީ: އެންމެ ފަހުގެ ރަނަރަފް ނޭޕާލް ރާއްޖެ އަތުން ބަލިވީ 51-47 ޕޮއިންޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޝިއުރާ އާއި އޭނާގެ ދަރިފުޅު: ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލި ކުރެވުމުން ލިބުނު އުފަލާ އެކު އޭނާ އަށް ވާހަކަ ވެސް ނުދެއްކުނު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހު ވަގުތު ނޭޕަލް ބަލިކުރުމަށްފަހު ރާއްޖެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މިއީ އަންހެން ބާސްކެޓްގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ހުރިހާ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރާއްޖެ ކުޅުންތެރިޔާ ބޯޅަ ފޮނުވާލަނީ: ވާދަވެރި މި މެޗު ރާއްޖޭ ކާމިޔާބުކުރީ 51-47 ޕޮއިންޓުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ ކުޅުންތެރިޔާ ވެއްޓިފައި އޮއްވާ ނޭޕާލް ކުޅުންތެރިން ބޯޅަ ހިފައިގެން ދާން މަސައްކަތްކުރަނީ: މި މެޗުގެ ފުރަތަމަ ކުއާޓާ ފެށުނީންސުރެ ރާއްޖެއިން ކުޅެމުން ދިޔައީ ހަލުވި ގޭމެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ޓީމް ކުޅުންތެރިޔާ ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރާއިރު ރާއްޖޭގެ ދެ ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ޓީމްގެ ކުޅުންތެރިޔާ ބޯޅަ އެއްލަން މަސައްކަތްކުރާއިރު ރާއްޖޭގެ ކުޅުންތެރިޔާ ބޯޅަ ހުއްޓުވަން މަސައްކަތްކުރަނީ: މިއީ ރާއްޖޭގެ އަންހެން ބާސްކެޓްގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ޓީމްގެ ކުޅުންތެރިޔާ ބޯޅަ އެއްލަން މަސައްކަތްކުރާއިރު ރާއްޖޭގެ ކުޅުންތެރިޔާ ބޯޅަ ހުއްޓުވަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ޓީމްގެ ކުޅުންތެރިޔާ އަތުން ބޯޅަ ހޯދަން ރާއްޖޭގެ 3 ކުޅުންތެރިން މަސައްކަތްކުރަނީ: ފޯރިގަދަ މި މެޗު ކާމިޔާބުކުރީ ރާއްޖެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ޓީމްގެ ކުޅުންތެރިން ބޯޅަ ހިފައިގެން އަންނަން މަސައްކަތް ކުރާއިރު ރާއްޖެ ޓީމުގެ ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަށް ދިވެހި ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗު ފެށުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން މުނިފޫހިފިލުވުމުގެ ހަރަކާތެއް ކުރިއަށް ދަނީ: ފުރަތަމަ މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ނޭޕާލް އާއި ރާއްޖެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާބާ ޗެމްޕިއަންޝިޕްގެ ރާއްޖެ އާއި ނެޕާލް ކުޅުނު މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސޯޝަލް ސެންޓަރަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2022 Mihaaru · Terms and Conditions · Privacy Policy