ފަޔާޒް މޫސާ
21 ޖެނުއަރީ 2023
ގަން އިންޓަނޭޝަނަލް އެއާޕޯޓް - ޖެނުއަރީ 21، 2023: ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު މަރުކާގެ ފުރަތަމަ ބޯޓުގެ ފުރަތަމަ ދަތުރު އައްޑު އަށް އިއްޔެ ވަނީ ކޮށްފަ އެވެ. އޭޓީއާރު-72 ގެ މި ބޯޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިއްޔެ 5:45ގަ އެވެ. ބޯޓު ޖެއްސުމާ އެކު މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ. ހަތްދިހަ މީހުން އެއްފަހަރާ އުފުލޭ މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރުގެ އެންމެ ފަހުގެ އިންޖީނުތަކެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މޯލްޑިއަންގެ އޭޓީއާރު ބޯޓުތައް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި: މިއިން ކޮންމެ ބޯޓަކުން ވެސް 70 މީހުން އެއްފަހަރާ އުފުލޭނެ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު ބޯޓުގެ ފުރަތަމަ ދަތުރު އައްޑުއަށް ކުރުމަށްފަހު، ބޯޓުގެ ޕައިލެޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފެށި އޭޓީއާރް ފްލައިޓުން ދަތުރުކުރި މީހުން ފައިބަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭޓީއާރު ބޯޓުން އައްޑުއަށް ކުރި ފުރަތަމަ ދަތުރުގައި އައްޑުއަށް ޒިޔާރަތްކުރި ޓޫރިސްޓުން ބޯޓުން ފައިބައިގެން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އައްޑުއަށް ކުރި އޭޓީއާރު ބޯޓުގެ ފުރަތަމަ ދަތުރުގައި ބައިވެރިވި މީހުންގެ ލަގެޖްތައް ބޯޓުން ބޭލުމުގެ މަސައްކަތް މޯލްޑިވިއަންގެ މުއައްޒަފުން ކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭޓީއާރު ބޯޓު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި: މި ބޯޓުން އައްޑު އަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ޓޫރިސްޓުން ވެސް ވަނީ ދަތުރުކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގަން އިންޓަނޭޝަލް އެއާޕޯޓުން އޭޓީއާރު ބޯޓަށް "ވޯޓާ ސެލިއުޓު" އަރުވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރުގެ ބޯޓްތަކުގެ ފުރަތަމަ ދަތުރު އައްޑުއަށް ކުރުމާ ގުޅިގެން ގަން އިންޓަނޭޝަލް އެއާޕޯޓުން އެ ބޯޓަށް "ވޯޓާ ސެލިއުޓު" އަރުވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރުމަށް ގެނައި އޭޓީއާރުގެ ބޯޓު އިއްޔެ ގަން އެއާޕޯޓަށް ޖައްސަނީ: 70 މީހުންގެ ޖާގަ ހިމެނޭ މި ބޯޓުތަކުގެ ދަތުރުތައް އިއްޔެ ވަނީ ފަށައިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2023 Mihaaru · Terms and Conditions · Privacy Policy