ފަޔާޒް މޫސާ
21 އޯގަސްޓް 2023
ބ. ފުޅަދޫ - އޮގަސްޓް 21، 2023: ބ. އަތޮޅަށް ފުރިހަމަވި ކަންކަމުގެ އިތުރުން ދެ ވަނަ ދައުރަކަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނަށް ހާމަކުރައްވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅު: އެމަނިކުފާނު ބ. އަތޮޅަށް ވަޑައިގަތީ ރޯގާޖެހިގެން އާލާސްކަންފުޅާ ދެތިން ދުވަހު ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު. ރައީސްގެ ބ އަތޮޅު ދަތުރުގައި ކޯލިޝަން ޕާޓީތަކުގެ ލީޑަރުންވެސް ދަނީ ބައިވެރިވަމުން. ބ. އަތޮޅަށް ފަހު ރައީސް މި ހަފުތާގައި ރ. އަތޮޅަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯތައް: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް ބ. ގޮއިދޫއަށް ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރްހަބާ ދެންނެވުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި -- ފޮޓޯ: އެމްޑީޕީ
ބ. ގައިދޫއިން ރައީސްއަށް މަރްހަބާދެންނެވުމަށް ނިކުމެހުރި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކޮއްލަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް ބ. ގައިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ރައީސް އަށް މަރުހަބާ ދަންނެވި ކުޑަ ކުއްޖަކާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި ބ. ގައިދޫއަށް ވަޑައިގަތުމުން އެ ރަށު އެމްޑީއޭގެ ޒުވާނުން ރައީސް އާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. ގޮއިދުއަށް ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރްހަބާ ދެންނެވުމަށް ނިކުމެތިބި ޒުވާނުންތަކެއް އެމްޑީޕީ ކެންޑިޑޭޓްގެ ކެންޑިޑޭޓް ނަންބަރު އަތުން ދައްކާލަނީ -- ފޮޓޯ: އެމްޑީޕީ
ބ. ގޮައިދޫގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކޯލިޝަން ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ ގޮއިދުއަށް ވަޑައިގަތުމުން މަރްހަބާ ކިޔުމަށް ނިކުތް ކުޑަކުދިންތަކަކާއެކު ފޮޓޯއެއް ނަންގަވާލަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގޮއިދޫގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
ކެމްޕެއިން ދަތުރުފުޅުގައި ބ. އަތޮޅު ފެހެންދުއަށް ރައީސް ވަޑައިގެން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
ކެމްޕެއިން ދަތުރުފުޅުގައި ބ. އަތޮޅު ފެހެންދުއަށް ރައީސް ވަޑައިގެން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފެހެންދޫ އިން ރައީސް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި ބ. ފެހެންދުއަށް ވަޑައިގަތުމުން އެ ރަށު ޒުވާނަކު ރައީސް އާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި ބ. ފެހެންދުއަށް ވަޑައިގަތުމުން އެރަށުން ރައީސް އަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި ބ. ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކޮށް އެމްނިކުފާނު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނަށް ހާމަ ކުރައްވައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ބ. އަތޮޅު ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެ އަތޮޅު ތުޅާދޫ ދާއިރާ މަޖިލިސް މެމްބަރު ހިސާން ހުސެން ވާހަކަ ދައްކާލަނީ -- ފޮޓޯ: އެމްޑީޕީ
ބ އަތޮޅަށް ރައީސް ކުރަށްވަމުންދާ ކެމްޕެއިން ދަތުރުގައި ފުޅަދުއަށް ވަޑައިގަންނަވާތީ، މީހަކު ކުޑަ ކުއްޖަކު ގޮވައިގެން ރައީސްއަށް މަރްހަބާ ކިޔުމަށް ބަނދަރު ސަރަހައްދުގައި މަޑުކޮއްލައިގެން -- ފޮޓޯ: އެމްޑީޕީ
ބ އަތޮޅު ދުޅަދުއަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން އެ އަތޮޅު ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސެއިން ރައީސްއަށް މަރްހަބާ ދަންނަވަނީ -- ފޮޓޯ: އެމްޑީޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy