ފޮޓޯގެލަރީ / އެމްޓީސީސީ

އެމްޓީސީސީގެ ޖޮބް ފެއާ

ހުސެއިން ވަހީދު

4 މާޗް 2017

މާޗް 4، 2017- "ޖޮއިން ޓީމް އެމްޓީސީސީ" ފެއާގެ ނަމުގައި އެމްޓީސީސީން ބޭއްވި ޖޮބް ފެއާ: ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ފެއާގައި ވަނީ އެމްޓީސީސީން އަލަށް އުފައްދާ 700 ވަޒީފާގެ ފުރުސަތަށް ބޭނުންނާ މީހުންނަށް ވަގުތުން ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައި. މިއަދުގެ ހަވީރާއި ރޭގަނޑުގެ ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިފެއާ ހުޅުވައިދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒް އަދި ޔޫތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ. ފެއާ އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްޓީސީސީން ބުނޭ.---ފޮޓޯތައް: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާ ޔޫތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ ހުޅުވައި ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބްފެއާގެ ސްޓޯލެއްގެ ކައިރީގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް މަޑުކޮށްލައިގެން: އެމްޓީސީސީން މި އަހަރު ހިންގާ ތަމްރީންތަކުގެ މައުލޫމާތާއި ކެރިއަ ގައިޑެންސަކީ ކޮބައިކަމާއި ޒުވާނުންގެ މުސްތަގުބަލް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ވެސް މި ފެއާގައި ދިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބްފެއާ ހުޅުވައިދެއްވުމަށް ފަހު، އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް، ފެއާގެ ސްޓޯލްތައް ބައްލަވާލައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާގައި، އެ ކުންފުނިން ހުޅުވައިލި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު، ފެއާ އަށް ޒިޔާރަތް ކުރި ދެ ޒުވާނަކަށް ދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބްފެއާ ހުޅުވުމަށް ތައްޔާރުވެފައި: މި ފެއާގެ މަގްސަދަކީ ޒުވާނުންނަށް އެ ކުންފުނީގައި ހުރި ފުރުސަތުތައް އަންގައިދިނުން ކަމަށް އެމްޓީސީސީން ބުނޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީން ބޭއްވި "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބްފެއާގެ ހަވީރު ދަންފަޅީގައި ކުޑަކުދިންނަށް ހާއްސަ ކޮށްފައި ހުރި ސްޓޯލްތަކާއި ކުޅިވަރުތަކުގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބްފެއާގައި ބަހައްޓާފައި ހުރި، އިންޖީނު ސިސްޓަމެއްގެ މޮޑެލްއަކާ ކުޑަކުއްޖަކު ކުޅެލަނީ: މިފެއާގެ ހަވީރުގެ ދަންފަޅި ހާއްސަ ކޮށްފައި އޮތީ ކުޑަކުދިންނަށް މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމާ އެކު، އެ ކުދިން ގޮވައިގެން ދިޔަ ބެލެނިވެރިންނަށް ފެއާގެ މައުލޫމާތު ދިނުމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބްފެއާގެ ހަވީރު ދަންފަޅި އަށް ޒިޔާރަތްކުރި ޒުވާނަކު، އެ ކުންފުނީގެ ވަޒީފާ އަށް އެދޭ ފޯމް ފުރަނީ: މިފެއާގެ ހަވީރު ދަންފަޅި އަށް އެކަނިވެސް 600 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް އެމްޓީސީސީން ބުނޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާގައި ބަހައްޓާފައި ހުރި، އެ ކުންފުނީގެ ބޯޓެއްގެ މޮޑެލް އެއްގެ ކައިރީގައި ކުޑަކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާގައި، އެ ކުންފުނިން ހުޅުވައިލި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާގެ ރޭގަނޑުގެ ދަންފަޅި އަށް ޒިޔާރަތް ކުރި ބަޔަކަށް، އެ ކުންފުނިން ހުޅުވައިލި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 4، 2017- އެމްޓީސީސީގެ ޖޮބް ފެއާގައި، އެ ކުންފުނިން ހުޅުވައިލި ވަޒީފާގެ ފުރުސަތަށް އެދި ފޯމު ފުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy