މުހައްމަދު ހަމްދޫން
4 ޖޫން 2016
"ދަ ގްރޭޓެސްޓް" ގަ ނަމުން މަޝްހޫރުވެފައިވާ ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ވަނީ އުމުރުން 74 އަހަރުގައި މިއަދު މަރުވެފައި. ދުނިޔޭގެ ހެވީވެއިޓް ޗެމްޕިއަންކަން ހަތަރު ފަހަރު އަދި އޮލިމްޕިކް ރަން މެޑަލް އެއް ފަހަރު ހާސިލްކޮށްފައިވާ އަލީ އަކީ އެމެރިކާ ރައްޔިތުންނަށް މަދަނީ ހައްގުތައް ހޯދައިދިނުމަށް ވެސް ބުރަކޮށް މަސައްކަތްކުރި ފަރާތެއް. އޭނާ އަކީ އެމެރިކާ އަދި އިނގިރޭސި މީޑިއާ އިން ސިފަކުރާ ގޮތުގައި 20 ވަނަ ގަރުނުގެ ކުޅިވަރު ޝަހުސިއްޔަތު.
1964 ވަނަ އަހަރުގެ ދުނިޔޭގެ ހެވީވެއިޓް ޗެމްޕިއަންޝިޕުގައި މުހައްމަދު އަލީގެ އެންމެ މަޝްހޫރުވި ޝޮޓަށް ފަހު އުފާފާޅުކުރަނީ.
މުހައްމަދު އަލީ އުމުރުން 12 އަހަރުގައި ބޮކްސިން ތަމްރީން ހަދަނީ: އުމުރުން 22 އަހަރުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި.
އެމެރިކާގެ ކުރީގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީ ތަމްރީން ހަދަނީ: އޭނާ ވަނީ އުމުރުން 12 އަހަރުގައި ބޮކްސިން ތަމްރީން ހަދަން ފަށާފައި.
މުހައްމަދު އަލީ (ކ) ބޮކްސިން މެޗެއްގައި ޝޮޓެއް ޖަހަނީ: އޭނާ އަކީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ހަމައެކަނި ބޮކްސިން ތެޅުންތެރިޔާ. --ފޮޓޯ: ގެޓީ އިމޭޖަސް
މުހައްމަދު އަލީ 1963 ވަނަ އަހަރު ލަންޑަނުގައި އޮތް މުބާރާތެއްގައި ވާދަކުރުމަށް ގޮސް ނަގާފައިވާ ފޮޓޯއެއް: އޭނާ އަކީ ކުޅިވަރުގެ ދަނޑު ބޭރުގައި ވެސް މަގުބޫލު އެތުލީޓެއް. --ފޮޓޯ: ޑެއިލީ މިރާ
މުހައްމަދު އަލީ 1964 ވަނަ އަހަރުގެ ހެވީވެއިޓް ވޯލްޑް ޗެމްޕިއަންޝިޕުގައި ސޮނީ ލިސްޓަން ބަލިކުރުމަށް ފަހު އުފާފާޅުކުރަނީ: މިއީ އޭނާގެ ފުރަތަމަ ވޯލްޑް ޓައިޓްލް. --ފޮޓޯ: ޓައިމް މެގަޒިން
މުހައްމަދު އަލީ (ކ) އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަޔަނެލް ރިޗީއާ އެކު: މުހައްމަދު އަލީ އަކީ އެމެރިކާ ފަހުރުވެރިވާ ކުޅިވަރު ލެޖެންޑެއް.
މުހައްމަދު އަލީ (މ) 1960 ވަނަ އަހަރުގެ ރޯމް އޮލިމްޕިކްސްގައި ރަން މެޑަލް އަޅުވައިގެން: އޭނާ އެ އެ ފަހަރު މެޑަލް ހޯދީ ލައިޓް ހެވީވެއިޓް ކެޓަގަރީން.
މުހައްމަދު އަލީ (އިށީނދެގެން ވ-3) އަށް އެމެރިކާގެ ކަޅު ނަސްލުގެ އެތުލީޓުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އޭނާ މަސައްކަތްކުރި.
މުހައްމަދު އަލީ ދީނީ ރަސްމިއްޔާތެއްގައި ވާހަކަދައްކަނީ: އޭނާގެ ނަން މުހައްމަދު އަލީ އަށް ބަދަލުކުރީ އިސްލާމްވުމަށް ފަހު 1970ގެ ތެރޭގައި.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީ: އޭނާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައި. --ފޮޓޯ: ސްޕޯޓްސް އިލުސްޓްރޭޓެޑް
މުހައްމަދު އަލީ (ވ) 1971 ވަނަ އަހަރު އޭނާގެ ދަރިފުޅު އުރާލައިގެން: އޭނާ ހަތަރު ކައިވެންޏެއް ކޮށްފައިވާއިރު ނުވަ ކުދިން ވަނީ ލިބިފައި.
ސޯލްޓް ލޭކުގައި 2002 ވަނަ އަހަރު ބޭއްވި ވިންޓާ އޮލިމްޕިކްސް ޓޯޗް ރިލޭ ފެށުމުގެ ގޮތުން މުހައްމަދު އަލީ ދަންމަރު ރޯކުރަނީ: އޭނާ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުޅިވަރު ޝަހުސިއްޔަތު. --ފޮޓޯ: ޑިޖިޓަލް އިމޭޖް
ބޮކްސިން ލެޖެންޑް މުހައްމަދު އަލީ 1970 ވަނަ އަހަރު (ވ-2) ނޫސްވެރިންނަށް މައުލޫމާތު ދެނީ: އޭނާ އަކީ ދީނީ މިނިވަންކަމާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރި ފަރާތެއް.
ބޮކްސިން ލެޖެންޑް މުހައްމަދު އަލީ 1970ގެ ތެރޭގައި ބޮކްސިން ތަމްރީން ހަދަނީ: އޭނާ ވަނީ އޮލިމްޕިކް ރަން މެޑެއްޔެއް ހޯދާފައި. --ފޮޓޯ: ޑެއިލީ މިރާ
މުހައްމަދު އަލީ (ވ) 1970 ގެ ތެރޭގައި ބޮކްސިން މެޗެއްގައި ޝޮޓެއް ޖަހަނީ: އޭނާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައި. --ފޮޓޯ: ޑެއިލީ މިރާ
އިދިކޮޅުގެ މުޒާހަރާ
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި
މާލޭގެ ފަތާ ޓްރެކްގެ ވިއުވިން ޕްލެޓްފޯމް
ޔާމީން ޕޮލިހަށް ހާޒިރުކުރުން
Copyright © 2021 Mihaaru · Terms and Conditions · Privacy Policy