ފޮޓޯގެލަރީ / ދުނިޔެ

އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީ އަށް ކުރައްވާ ދަތުރުފުޅު

ހަފީޒާ އަހުމަދު

21 މެއި 2017

ސައުދީ އަރަބިޔާ، ރިޔާޒު: މޭ 21، 2017: މުސްލިމް 50 ވަރަކަށް ލީޑަރުންނާ އެކު ރިޔާޒުގައި ބާއްވާ އަރަބި އިސްލާމިކް ސަމިޓުގައި އެރިކާގެ ރައީސް ޓްރަމްޕް ބައިވެރިވެ ވަޑައިގަތުން: ޓްރަމްޕުގެ މި ދަތުރުފުޅުގައި މުސްލިމް ގައުމުތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާ ތަގުރީރެއް ދެއްވާނެ. އަދި ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ސައުދީ އަރަބިއާ އާއި އެމެރިކާ އިން 110 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފައި..-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު ދެއްވާ ޝަރަފްގެ މެޑަލްއެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު(ވ) އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައްދަލުކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލާނީ ޓްރަމްޕް، އަދި ސައުދީގެ ބޮޑުވަޒީރުގެ ނައިބު މުހައްމަދު ބިން އަބްދުލް އަޒީޒް އަލް-ސައުދާއި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދަރިފުޅު އިވަންކާ ޓްރަަމްޕް ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު، އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު، އެއްބަސްވުންތަކުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް އަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ކަނޑި ނެށުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ-2)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު (ވ)، ދެބޭފުޅުން ނައްޓަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ-2)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު (ވ-3)، ޝާހީ ގަނޑުވަރަށް ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ)، އަނބިކަނބަލުން މެލާނީ ޓްރަމްޕް (ވ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު (ވ)، ޝާހީ ގަނޑުރަށް ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: ބަހްރައިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި (މ)، ބައްދަލު ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު ޝާހީ ކޯޓުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ-2)، އަނބިކަނބަލުން މެލާނީ ޓްރަމްޕް (ވ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު (ކ-2)، ޝާހީ ކޯޓުގައި ހުރި ބައެއް ކުރެހުންތައް ބައްލަވައިލައްވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: އިޖިޕްޓުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ)، ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއާ، ރިޔާޒް: މޭ 21، 2017: ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ)، އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އޭއެފްޕީ

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy