ފޮޓޯގެލަރީ / ޚަބަރު

ކޮމެޓީން ބަޖެޓް ފާސްކުރުން

އަހުމަދު ހަމްދޫން

20 ނޮވެމްބަރ 2017

މާލެ: ނޮވެމްބަރު 20، 2017- ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުންތައް: މިއަދު މެންދުރު ފަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައި. އެންމެ އިސްލާހަކާ އެކު، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ބަޖެޓް ކޮމެޓީން ބަޖެޓް ފާސްކުރިއިރު، އެއާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއަކުން. ބަޖެޓް ފާސްކުރި ވަގުތު، އިދިކޮޅު ފަރާތްތަކުން ވަނީ ކޮމެޓީގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައި.---ފޮޓޯތައް: ނިޝާން އަލީ/ހުސެއިން ވަހީދު

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ މިއަދުގެ ހެނދުނުގެ ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ ހެނދުނުގެ ބައްދަލުވުމުގައި، ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ ހެނދުނުގެ ބައްދަލުވުން، އެ ކޮމެޓީގެ މުގައްރިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރިއަށް ގެންދަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ހެނދުނުގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ އަލިފުށީ ދާއިރާގެ މުހައްމަދު ރަޝީދު (ބިގޭ) އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު، ކޮމެޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ (ކ) އަދި ގައްދޫ ދާއިރާގެ މެމްބަރު ރަޝީދު ބައިވެރިވެވަަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް (ކ) އާއި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ހެނދުނުގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ މިއަދުގެ ހެނދުނުގެ ސެޝަން، އެ ކޮމެޓީގެ މުގައްރިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރިއަށް ގެންދަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ހެނދުނުގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކުން ވަނީ ބަޖެޓް ކޮމެޓީގެ މިއަދުގެ ދެ ބައްދަލުވުން ވެސް ވަކި ހިސާބަކުން ބޮއިކޮޓް ކުރައްވާފައި.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައި. އެކަމަކު އެ ބަޖެޓާ މެދު އެންމެ ފަހުގެ ނިންމުން ނިންމައި ބަޖެޓް ފާސްކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން، އެ ކޮމެޓީގެ މުގައްރިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރިއަށް ގެންދަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި، ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ބައިވެރިވެވަޑައިގަންނަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވާހަކަ ދައްކަވަނީ: ކޮމެޓީން ބަޖެޓް ފާސްކުރިއިރު، އިދިކޮޅު މެމްބަރުން ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައި.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވާހަކަ ދައްކަވަނީ: ކޮމެޓީން ބަޖެޓް ފާސްކުރިއިރު، އިދިކޮޅު މެމްބަރުން ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައި.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ދޫކުރައްވައި އިދިކޮޅު މެމްބަރުން ވަޑައިގަންނަވަނީ: ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 12 މެމްބަރުންގެ ވޯޓާއެކު ކޮމެޓީން ބަޖެޓް ފާސްކުރިއިރު، އިދިކޮޅު މެމްބަރުން ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައި. އެހެންވެ ކޮމެޓީން ބަޖެޓް ފާސްކުރީ ބަޖެޓް ކޮމެޓީގައި ތިއްބަވާ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމެއް ނެތި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ކޮމެޓީގެ މިއަދުގެ މެންދުރުފަހުގެ ސެޝަންގައި އެ ކޮމެޓީން ބަޖެޓް ފާސްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ އެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައި.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން، އެ ކޮމެޓީގެ މުގައްރިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރިއަށް ގެންދަވަނީ.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ކުރިއަށް ގެންދާއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ބައެއް މެމްބަރުންގެ ފަހަތުގައި މަޑުކޮށްލައްވައިގެން.

ނޮވެމްބަރު 20، 2017- ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވާހަކަ ދައްކަވަނީ.

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy