22 ފެބުރުއަރީ

February 22, 2017 2
ޖަރުމަނުގެ ސްޓޭޓެއްގައި މޫނު ބުރުގާ މަނާކުރަނީ

ބާލިން (ފެބްރުއަރީ 22) - ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތަކާ އަދި ކާރު ދުއްވާ އިރު މޫނުބުރުގާ އެޅުން މަނާ ކުރުމަށް ޖަރުމަނުގެ ބެވޭރިއާ ސްޓޭޓުން ނިންމައިފި އެވެ.

08 ފެބުރުއަރީ

February 08, 2017 1
މި ސީޒަނަށް ފަހު ލާމް ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

މިއުނިކް (ފެބްރުއަރީ 8) - މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ޖަރުމަން އަދި ބަޔާން މިއުނިކްގެ ޑިފެންޑަރު ފިލިޕް ލާމް ބުނެފި އެވެ.

February 08, 2017
ސެލްފީއެއްގެ މައްސަލާގައި ފޭސްބުކް ގޮވައިގެން ކޯޓަށް

ބާލިން (ފެބްރުއަރީ 8) - ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއާ އެކު ނެގި ސެލްފީއެއް ފޭކް ޚަބަރުތަކުގައި ވެސް ބޭނުންކޮށްފައިވާ މައްސަލާގައި ފޭސްބުކާ ދެކޮޅަށް ސީރިއާގެ ރެފިއުޖީއެއް...

22 ޖެނުއަރީ

January 22, 2017 2
އެހެން މީހަކު އަތްލައިފި ނަމަ އެލާމް އަޅާ ހަރުވާޅެއް

ޖިންސީ ގޯނާގެ ޝިކާރައަށްވާ އަންހެނުންގެ އަދަދު ގިނަވަމުންދާތީ އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ޖަރުމަނުން ހަރުވާޅެއް ތައްޔާރުކޮށްފި އެވެ. މިއީ އެކަނި ދަތުރުކުރާ އަންހެނުންނާއި ޖޮގިން ފަދަ ކަންކަމުގައި އެކަނި ބޭރުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

19 ޖެނުއަރީ

January 19, 2017 10
ސޮވަރިން ބޮންޑް ވިއްކަން ޑޮއިޗޭ ބޭންކަށް ދެނީ

ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބޭންކެއްގެ ގޮތުގައި ޖަރުމަނުގެ ޑޮއިޗޭ ބޭންކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ. އެ މިނިސްޓްރީން ވަނީ ބޭރުގެ ހިއްސާ ބާޒާރަށް...

23 ޑިސެމްބަރ

December 23, 2016 3
ބާލިން އަށް ހަމަލާ ދިން މީހާ އިޓަލީގައި މަރާލައިފި

މިލާން (ޑިސެމްބަރު 23) - ޖަރުމަނުގެ ކްރިސްމަސް މާރުކޭޓަަކަށް ވެއްދި ލޮރީން ޖައްސާ 12 މީހުން މަރާލި ކަމަށް ބެލެވޭ އަނީސް އަމްރީ މިލާނުގައި ފުލުހުން ބަޑިޖަހާ މަރާލައިފި ކަމަށް އިޓަލީގެ ދާހިލީ ވަޒީރު މާކޯ މިނިއްޓީ ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2016 1
ބާލިންގެ މާކެޓަކަށް ލޮރީއެއް ވައްދާލާ 12 މީހުން މަރު

ބާލިން (ޑިސެމްބަރު 20) - ޖަރުމަނުގެ މެދުތެރޭގައި މީހުން ގިނަ ސަރަހައްދެއްގެ ކްރިސްމަސް މާރުކޭޓެއްގެ ތެރެއަށް ލޮރީއެއް ވައްދާލާ 12 މީހުން ރޭ މަރާލައިފި އެވެ.

07 ޑިސެމްބަރ

December 07, 2016 9
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަން މާކެލް ގޮވާލައްވައިފި

ބާލިން (ޑިސެމްބަރު 7) - ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ގޮވާލައްވައިފި އެވެ.

12 ނޮވެމްބަރ

November 12, 2016
އިންގްލެންޑާއި ޖަރުމަނަށް ފަސޭހަ މޮޅެއް

ލަންޑަން (ނޮވެމްބަރު 12) - ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޖަރުމަން ފަސޭހަ މޮޅެއް ހޯދިއިރު، ސްވިޑަން އަތުން ފްރާންސުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

09 ނޮވެމްބަރ

November 09, 2016 57
ބިރުވެރި ގަތުލަށް ފަހު ޖޯހިމް ހޯދީ ދިވެހި ލޯތްބެއް

މީގެ 40 އަހަރު ކުރިން، 1976 ގައި، މުޅި ރާއްޖެ ސިއްސުވާލީ މާލޭގެ ގެސްޓްހައުސްއެއްގައި ޖަރުމަނުގެ ޓޫރިސްޓަކު އޭނާގެ ލޯބިވެރިޔާ މަރާލި ހަބަރުންނެވެ. އަންހެންމީހާ އެހެން މީހަކާ ގުޅުން ބާއްވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި އެ ހާދިސާ އިން ދިވެހިން ބިރުގަތީ އޭރު އެފަދަ ގަތުލްތައް ދިވެހިންގެ ތެރޭގައި...

13 އޮކްޓޯބަރ

October 13, 2016
ބާލިން އެއާޕޯޓުގައި ބޮންގޮއްވަން އުޅުނު މީހާ މަރުވެއްޖެ

ބާލިން (އޮކްޓޯބަރު 13) - ބާލިން އެއާޕޯޓުގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސީރިއާގެ ރެފިއުޖީ ލެއިޕްޒިގު ޖަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2016 2
ޖަމީލާއަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016 5
ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމަށްޓަކައި އޭނާއަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2016 6
ބުރުގާ އަޅާތީ ޖަރުމަނުގައި ވަޒީފާގެ ތަފާތު ކުރުން ބޮޑު

ބާލިން (ސެޕްޓެމްބަރު 24) - ޖަރުމަނުގައި ބުރުގާ އަޅާ މީހުންނާއި މުސްލިމް ނަން ކިޔާ މީހުންނަށް ވަޒީފާގެ ތަފާތު ކުރުން ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2016
އައިއެސްގެ މިޝަނެއްގައި އުޅުނު ބަޔަކު ހައްޔަރުކޮށްފި

ބާލިން (ސެޕްޓެމްބަރު 13) - ޖަރުމަނުގެ އެކި ހިސާބުތަކަށް ހަމަލާ ދިނުމަށްޓަކައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މިޝަނެއްގައި އުޅުނު ސީރިއާގެ ތިން މީހުން އެ ގައުމުން ހައްޔަރުކޮށްފި އެވެ.

29 އޯގަސްޓް

August 29, 2016 2
މުސްލިމު ރެފިއުޖީންނަށް އީޔޫ އިން ހުއްދަ ދޭން ޖެހޭ

ބާލިން (އޮގަސްޓް 29) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބައެއް ގައުމުތަކުން މުސްލިމް ރެފިއުޖީންނަށް ނޫނެކޭ ބުނުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

11 އޯގަސްޓް

August 11, 2016 3
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަނީ

ބާލިން (އޮގަސްޓް 11) - ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ޖަރުމަނުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މޫނުބުރުގާ އެޅުން މަނާކުރާ ޕްލޭނަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

10 އޯގަސްޓް

August 10, 2016 3
ނުބައި ލިޔުމެއްގައި ސޮއިކުރެވުމުން ރެފިއުޖީއަކަށް ވެއްޖެ

ޖަރުމަނަށް ދިޔަ ޗައިނާ ޓޫރިސްޓެއްގެ ވޮލެޓް ގެއްލުމުން ޕޮލިހަށް ރިޕޯޓްކުރުމުގެ ތެރޭގައި ނުބައި ލިޔުންތަކެއްގައި ސޮއިކުރެވި ރެފިއުޖީއެއްގެ ގޮތުގައި ދުވަސްތަކެއް ވަންދން އުޅެން ޖެހިއްޖެ އެވެ.

02 އޯގަސްޓް

August 02, 2016 4
އުރުދުޣާންގެ ތަގްރީރަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ

އަންކާރާ (އޮގަސްޓް 2) - ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ސަރުކާރަށް ތާއިދު އޮތްކަން ދެއްކުމަށް ޖަރުމަނުގެ ކޮލޯންގައި އާދިއްތަ ބޭއްވި އެއްވުމުގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ލައިވް ތަގްރީރަކަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ އެވެ.

25 ޖުލައި

July 25, 2016 4
ޖަރުމަނުގެ މިއުޒިކް ފެސްޓިވަލެއްގައި ބޮން ގޮއްވާލައިފި

މިއުނިކް (ޖުލައި 25) - ޖަރުމަނުގެ ސިޓީއެއް ކަމަށް އަންސްބެކުގެ ހާމަތަނެއްގައި ބޭއްވި މިއުޒިކް ފެސްޓިވަލުގައި ބޮން ގޮއްވާލީ ސީރިއާ އިން އެތެރެވުމަށް ފަހު ހިމާޔަތް ހޯދުމަށް މަސައްކަތް ކުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.