20 އެޕްރީލް

April 20, 2019 54
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކުރުމުގެ ފުރަތަމަ ފިޔަވަޅަކަށް ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސް ނައިބު ރައީސަކަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން މިރޭ ހަމަޖައްސައިފި އެވެ.

11 ފެބުރުއަރީ

February 11, 2019 7
ހުކުމާ އެއްގޮތަށް މައުމޫންގެ ބޭފުޅުން ދަރަނި ދައްކައިފި

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން މިއަދު ފައިސާ ދައްކަވައިފި އެވެ.

10 ފެބުރުއަރީ

February 10, 2019 4
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައަށް، ދައުވާކުރާ ފަރާތުން ހާޒިރުނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

06 ފެބުރުއަރީ

February 06, 2019 5
ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ ދަރިކަލުން ކަމަށް ވާ ފާރިސް މައުމޫނާއި ޣައްސާން މައުމޫނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާނު ކުރައްވާފައި ވާއިރު އެ ދެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.

08 ޑިސެމްބަރ

December 08, 2018 76
ޣައްސާން ކުރިމަތިލެއްވުމުން އަޒުމް ވަރުގަދަވެއްޖެ: ހުސައިން މަނިކު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ކުރިމަތިލެއްވުމަކީ ރަނގަޅެއް ކަމަށާއި ބޭނުންވަނީ ޣައްސާން ފަދަ ބޭފުޅަކު ބަލިކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވުން ކަމަށް އެ ދާއިރާގެ މިހާރުގެ...

06 ޑިސެމްބަރ

December 06, 2018 48
ޣައްސާން، އާޒިމާ އަދި އިތުރު ބަޔަކަށް ޓިކެޓް ދީފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި އިތުރު ބޭފުޅުންތަކަކަށް ޕީޕީއެމުން މިރޭ ޓިކެޓް ދީފި އެވެ.

13 މާޗް

March 13, 2018 35
ޣައްސާން ދެ ފަހަރަށް ބައްޕާފުޅާ ބައްދަލު ކުރައްވައިފި

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން، ދަރިކަލުން ޣައްސާން މައުމޫން، އެ މަނިކުފާނާ ދެ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.

10 ޖެނުއަރީ

January 10, 2018 67
"މަޖުބޫރުކަމެއް ނެތް، އަދިވެސް ހުންނާނީ ރައީސާ އެކު"

ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެމަނިކުފާނާ އެކުގައި ކަމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2017 27
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

31 މެއި

May 31, 2017 59
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް މިރޭ ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

11 އެޕްރީލް

April 11, 2017 87
މައުމޫންގެ އާއިލާ އަށް އަލީ ވަހީދު ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ކުރައްވާއިރު، ސަރުކާރުގެ އިތުރުން އިދިކޮޅު ހަރަކާތުގައި ވެސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވުމަކީ އެ މަސައްކަތްޕުޅުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ރޭ...

20 ފެބުރުއަރީ

February 20, 2017 23
ދައުވާއަށް އިންކާރުކުރަން، އިމާރާތުގެ ފެންވަރު ދަށް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހެދި އިމާރާތުގެ ފެންވަރު ރަނގަޅު ނޫން ކަމަށާއި، އެ އިމާރާތުގެ ރިޓެންޝަން ފީ ނުދެއްކި ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2017 16
ދެ މިލިއަން ހޯދަން މައުމޫންގެ ބޭފުޅުންނަށް ދައުވާކޮށްފި

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުންނާ ދެކޮޅަށް ދައުވާކޮށްފި އެވެ.

07 ޖެނުއަރީ

January 07, 2017 69
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް...

09 ނޮވެމްބަރ

November 09, 2016 20
ޣައްސާންގެ "ސިޔާސީ ފައިދާ" ޔާމީން ނަންގަވާ: މައުމޫން

ގައުމަށް ހިދުމަތް ކުރެއްވުމުގެ ބޭނުމުގައި، ދަރިކަލުން ޣައްސާން މައުމޫން، ރައީސް އޮފީހުގައި ހުންނަވާތީ، އެކަމުގެ "ސިޔާސީ ފައިދާ" ރައީސް އަބްދުﷲ ޔާމީން ނަންގަވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 51
ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!

ރައީސް އަބްދުﷲ ޔާމީން ފެކްޝަނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން މިރޭ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން ބޭއްވިއިރު، އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.

26 އޮކްޓޯބަރ

October 26, 2016 28
ޣައްސާން މި ހައްދަވާ ގޮތެއް ނޭނގުނު!

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު އުފެދިގެން މި އުޅޭ މައްސަލަ އަށެވެ. ދެބެއިންގެ ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެ ފަޅިކޮށް އެތައް ކަމެއް އެބަ ހިނގަ އެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ޝައުގުވެރި އެހެން މަންޒަރެއް ވެސް އެބަ ފެނެ...

20 އޮކްޓޯބަރ

October 20, 2016 32
އަންނަ މަޖިލީހަށް ޣައްސާނު ހޮވައިދޭނަން: ރައީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން، ޣައްސާން މައުމޫނަކީ ސިޔާސީ މުސްތަގްބަލެއް އޮތް ބޭފުޅެއް ކަމަށާއި ދެން އޮންނަ ރައްޔިތުންގެ މަޖިލީހަކަށް އޭނާ ހޮވައިދެއްވާނެ ކަމަށް، ޣައްސާންގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2016 32
ޣައްސާން ދެ ފެކްޝަންގެ ބައްދަލުވުމުގައި ވެސް

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެބޭފުޅުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހޫނުވެ، ދެ ފެކްޝަނެއް އުފެދިފައިވާއިރު، މިއަދު ބޭއްވި އެ ދެ ފެކްޝަންގެ ބައްދަލުވުމުގައި ވެސް، މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.

07 ސެޕްޓެމްބަރ

September 07, 2016 20
މައުމޫނަށް ބައި ލައްކަ ޑޮލަރު؟ އެވާހަކަ ދޮގުކޮށްފި

އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 50،000 ޑޮލަރު (769،500 ރުފިޔާ) ދެއްވި ކަމަށް އަލް ޖަޒީރާ އިން ކުރި ތުހުމަތު އެ ދެ ބޭފުޅުން ވެސް ދޮގުކުރައްވައިފި އެވެ.