09 މާޗް

March 09, 2020 1
އެޕަލް ގަޑިއެއް ނޫން، މިއީ އޮޕޯގެ ސްމާޓް ގަޑި

ޗައިނާގެ މަޝްހޫރު ސްމާޓްފޯން ކުންފުނި، އޮޕޯ އިން އެޕަލް ގަޑިއަކާ އެއް ސިފައެއްގައި ގަޑިއެއް އުފައްދައިފި އެވެ. މިއީ އެޕަލްގެ ޑިޒައިންތަކަށް ދޫނުކުރާ ވަރުގެ އެންޑްރޮއިޑް ގަޑިއެކެވެ.

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

15 ފެބުރުއަރީ

February 15, 2020
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ

ގޫގުލް ޕްލޭ ސްޓޯރުގައި އެކައުންޓެއް ހުޅުވަން 25 ޑޮލަރު ދައްކަން ޖެހެ އެވެ. މި ކަމަށް ދެން އިތުރު އަގެއް ނުނަގަ އެވެ. ޕްލޭ ސްޓޯރުގައި "ފްރީ އެޕްލިކޭޝަން"ތައް ހިލޭ ބެހެއްޓެ އެވެ. ޑިވެލޮޕަރުން އެޕްލިކޭޝަން ވިއްކާ ނަމަ، ލިބޭ އާމްދަނީން 30 ޕަސެންޓް ގޫގުލް އަށް ދޭން ޖެހެ އެވެ.

06 ފެބުރުއަރީ

February 06, 2020 2
ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ ސްމާޓްފޯން މާކެޓަށް މިލިއަނުން ފޯނު ނެރޭ ކުންފުންޏެކެވެ. ވާވޭ ފޯނުތައް ހިންގަނީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އިން ނެވެ. އެމެރިކާ އިން ޗައިނާ އަށް އިގްތިސާދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކުގައި، ވާވޭ އަށް މުދާ ނުވިއްކުމަށް އެމެރިކާ ކުންފުނިތަކަށް އެ ގައުމުން ވަނީ...

22 ޖެނުއަރީ

January 22, 2020 1
ވާވޭ އިން ގޫގުލް މެޕްސްއާ ވާދަކުރަނީ

ވާވޭ ސްމާޓްފޯންތަކުގައި އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރި ނަމަވެސް، ގޫގުލް އަށް ކަމުނުކިޔައި، ފުދުންތެރިވުމަށް، ވާވޭ އިން ސީރިއަސް މަސައްކަތްތަކެއް އެބަ ކުރެ އެވެ. ގޫގުލް މެޕްސްގެ ބަދަލުގައި، ވާވޭ ފޯނުތަކަށް "މެޕްސް" އެޕްލިކޭޝަނެއް އުފެއްދުމަށްޓަކައި ވާވޭ އިން "ޓޮމްޓޮމް"އާ ގުޅިއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟

ސްމާޓްފޯން ކުންފުންޏެއް ނަމަ، ފަތްޖެހި ފޯނެއް އުފައްދަން ޖެހެ އެވެ. ވަންޕްލަސް ވެސް މި ލިސްޓަށް އަރަނީ އެވެ. ވަންޕްލަސްގެ ފަތްޖެހި ފޯނަށް ކިޔާ ނަމަކީ "ކޮންސެޕްޓް ވަން" އަށް ވެދާނެ ކަމަށް އެބަ ބުނެވެ އެވެ.

13 އޮކްޓޯބަރ

October 13, 2019
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި

ޗައިނާއާ ދެކޮޅަށް ހޮންކޮންގުގައި ކުރާ މުޒާހަރާތަކަށް ހިތްވަރު ލިބޭ ގޮތަށް ތައްޔާރުކުރި މޮބައިލް ގޭމެއް ގޫގުލް ސްޓްރުން ނަގައިފި އެވެ.

30 އޯގަސްޓް

August 30, 2019
ޗައިނާ އިން ބޭރުވާން ގޫގުލް ފެކްޓަރީތައް ވިއެޓްނާމަށް

ގޫގުލް އިން ސްމާޓްފޯނު އުފައްދަނީ މާ ބޮޑު ފައިދާއެއް ވާތީ ނޫން ކަމަށްވެ އެވެ. ނަމަވެސް، ދެމެހެއްޓެނި މަސައްކަތަކަށް ވެއްޖެ ނަމަ، ފައިދާ ވާނެ ކަމަށް ކުރެވޭ އުންމީދުގައި ފޯނުތައް އުފައްދަނީ އެވެ. ތަޖުރިބާކާރުން ގޫގުލް އަށް ލަފާދެނީ ބާރުގަދަ ފޯނުތައް ގިނަނުކުރުމަށެވެ. މެދު ފަންތީގެ ފޯނުތައް ގިނަކުރުމަށެވެ. ގޫގުލް އަށް ފައިދާ ވަނީ...

10 އޯގަސްޓް

August 10, 2019 4
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"

މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.

30 ޖޫން

June 30, 2019 1
ވާވޭ އަށް އެމެރިކާގައި ވިޔަފާރިކުރަން ހުއްދަދީފި

ވާވޭ އަށް ދަތިކުރަން އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ގިނަ ދުވަސްތަކެއް ނުވަނީސް އުވާލައިފި އެވެ. ޖަޕާނުގައި މިހާރު ހިގަމުންދާ "ޖީ20" ސަމިޓްގެ އަރިމަތިން، ޗައިނާގެ ރައީސް، ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގައި، އެމެރިކާ ކުންފުނިތަކުން ވާވޭއާ އެކު ވިޔަފާރިކުރުން...

11 ޖޫން

June 11, 2019 2
ވާވޭ ފޯނުތަކަށް "ހޮންމެން އޯއެސް" އަންނަނީ

ގޫގުލްއާ އެކު ވިޔަފާރިކުރުން މަނާވެފައި އޮތުމުން، އަލަށް ނެރެން ހުރި ވާވޭ ފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. ވާވޭ އަށް މިހާރު އޮތް ގޮތަކީ، އަމިއްލަ ފޯނުތަކަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމެވެ. އެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށް ވާވޭގެ ފަރާތުން ލިބޭ ޚަބަރުތައް ބުނެ އެވެ.

20 މެއި

May 20, 2019 9
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

30 ޖެނުއަރީ

January 30, 2019 7
ޗައިނާ ނޫން ގައުމެއްގައި ހެދި ސްމާޓްފޯނެއް އެނގޭތަ؟

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސްމާޓްފޯން އުފައްދަ އެވެ. ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ގަންނަން ބޭނުން ނަމަ އެއީ ވާނެ ކަމެއްކަން ކަށަވަރެވެ. އެކަމަކު، ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ހޯދަން ކުރަންޖެހޭ މަސައްކަތް އިތުރުވެދާނެ އެވެ.

26 ޖެނުއަރީ

January 26, 2019 2
މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

07 ނޮވެމްބަރ

November 07, 2018
ޗައިނާ ސާޗް އިންޖީން އަކީ އެކްސްޕެރިމެންޓެއް: ގޫގުލް

ޗައިނާ މާކެޓަށް ޚާއްސަކޮށް އުފައްދަން މަސައްކަތްކުރި ސާޗް އިންޖީން އަކީ އެކްސްޕެރިމެންޓެއް ކަމަށް ގޫގުލުން ބުނެފި އެވެ. މިހެން ބުނީ މި ޕްރޮޖެކްޓާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

17 އޮކްޓޯބަރ

October 17, 2018
"ގޫގުލް ސާޗް" ޗައިނާ ބޭނުންވާ ގޮތަށް

ގޫގުލް ސާޗް އިންޖީން ޗައިނާގައި މަނާކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ސަބަބަކީ، އިންޓަނެޓް ބޭނުންކުރާ މީހުން ހޯދަން ބޭނުންވާ އެއްޗެއް، ޗައިނާއިން ބޭނުންވާ ގޮތަށް، ގޫގުލް އަށް ދެއްކެން ނެތުމެވެ. އެކަމަކު ވެސް، ގޫގުލް އަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. އެއީ އިންޓަނެޓް ބޭނުންކުރާ މީހުން ގިނަ ގައުމަކަށް ވާތީ އެވެ

10 އޮކްޓޯބަރ

October 10, 2018 1
ޗައިނާ އަށް ޚާއްސަ ގޫގުލް ސާޗް ހުއްޓާލަން ގޮވާލައިފި

ސްމާޓްފޯން ކުންފުނިތަކަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. ގޫގުލް ވެސް އުޅެނީ ޗައިނާ ދޫކޮށްނުލެވިގެންނެވެ. ސަބަބަކީ ގޫގުލުން ކުރަނީ އާންމުންނާ ގުޅުން ހުރި މަސައްކަތްތަކަށް ވުމެވެ. ވިޔަފާރިވެރިންގެ މުދަލާއި ޚިދުމަތްތައް، އިންޓަނެޓްގައި ކުރާ އިޝްތިހާރުގެ ޒަރިއްޔާއިން، ބޭނުންުރާ މީހުންނާ ހަމަ އަށް ފޯރުކޮށްދިނުމަކީ ގޫގުލްގެ ވަޒީފާ...

03 ޖޫން

June 03, 2018 2
ޓެލެގްރާމަށް އަމިއްލަ ގައުމު ބޮޑު ބިރަކަށް

އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ބޭރުކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ. އެކަމަކު އެޕަލް އިން އަދި އެކަމެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ވެސް ނުދެ އެވެ. އެހެނެއް ކަމަކު، ޓެލްގްރާމް އުފައްދާ ކުންފުނިން އެ އެޕްލިކޭޝަނަށް ފޮނުވާ އަޕްޑޭޓްތައް އެޕަލް އިން ގަސްދުގައި ލަސްކުރި އެވެ.

03 ޑިސެމްބަރ

December 03, 2017
ޓްރޫކޯލާ ފޮހެލަން އިންޑިއާ ސިފައިންނަށް އަންގައިފި

ސްމާޓްފޯނުތައް ބޭނުންކުރުމުގައި ސަމާލުވުމަށް، އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ސިފައިންނަށް އަންގައިފި އެވެ. ފޯނުތަކުގައި ބޭނުންކުރާ 42 އެޕްލިކޭޝަނެއް ފޮހެލަން ސިފައިންނަށް ވަނީ އަންގައިފަ އެވެ. ފޮހެލަންޖެހޭ އެޕްލިކޭޝަންތަކުގެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017
ޝޯމީ އިންޑިއާގައި 25 މިލިއަން ފޯނު ވިއްކައިފި

އިންޑިއާގައި ފޯނު އުފެއްދުމަށްޓަކައި ފެކްޓަރީތައް ބިނާކުރުމުގެ ކުރިން ވެސް، އިންޑިއާ އަކީ މުހިންމު މާކެޓަކަށް ވާނެ ކަމަށް، ޝޯމީ ބުންޏެވެ. ޗައިނާ މާކެޓަށް ފަރިތަ ޝޯމީ ބުނި ގޮތުގައި، 25 މިލިއަނަށް ވުރެ ގިނަ ސްމާޓްފޯން އިންޑިއާގައި ވިކިއްޖެ އެވެ. ދުނިޔޭގެ ސްމާޓްފޯން މާކެޓްގައި ޝޯމީ މިހާރު ވެފައި ވަނީ ނުފޫޒު ގަދަ ކުންފުންޏަކަށެވެ.