14 އޯގަސްޓް

August 14, 2016
ފިއުޝާ: ގޫގުލްގެ މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް

ގޫގުލް އިން އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއްކޮށްލަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން އެއްޗެއް ނުބުނި ނަމަވެސް، އެކަހަލަ ކުލަވަރުތަކެއް އަންނަނީ ފެންނަމުންނެވެ.

28 ޖުލައި

July 28, 2016 2
އެންޑްރޮއިޑް ފޯނުތަކަށް ހުރި އިޚްތިޔާރު އައިފޯނަށް ނެތީ ކީއްވެ؟

އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.

27 ޖުލައި

July 27, 2016 4
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް

މި އުޅެނީ މާކެޓްގައި މިހާރު ހުރި އެންމެ ބާރުގަދަ ދެތިން ފޯނެއްގެ ވާހަކަދައްކާށެވެ. އާ ފޯނެއް ގަންނަން ވިސްނާ ނަމަ މިއީ ކޮންމެހެން ވެސް ކިޔަން ޖެހޭ ލިޔުމެކެވެ. ފޯނުތަކުގެ ނަންތައް ހޮވާފައި އެ ވަނީ ބޭނުންކުރި މީހުން ދިން ޚިޔާލަށް ބުރަވެ އެވެ.

05 ޖުލައި

July 05, 2016
ގޫގުލުން ޓެކްހަށް މަކަރުހަދަނީތަ؟

ސްޕޭންގެ ވެރި ރަށް މެޑްރިޑްގައި ހުންނަ ގޫގުލްގެ އޮފީސް ފާސްކޮށްފި އެވެ. ޓެކްހަށް މަކަރުހަދާ ކަމަށް ބެލެވިގެންނެވެ. ގޫގުލް އަކީ ބިޔަ ކުންފުންޏެކެވެ. އާމްދަނީ ވެސް އެހާ ގިނައިން ލިބެ އެވެ. އެހެން ނަމަވެސް ޔޫރަޕް ގައުމުތަކުން ދަނީ ގޫގުލް އަށް ފާރަލަމުންމެވެ. ޕެރިހުގައި ހުންނަ ގޫގުލްގެ އޮފީހަށް ދާދި މިދާކަށް ދުވަހު ފުލުން،...

02 ޖުލައި

July 02, 2016 1
އެންޑްރޮއިޑް "އެން" އަކީ "ނޫގެޓް" ކަމަށް ގޫގުުލުން ބުނެފި

އެންޑްއިޑް މާޝްމެލޯ އަށް ފަހު އެންޑްރޮއިޑަށް އިތުރުވި ބޮޅަކީ އެންޑްރޮއިޑް "އެން" އެވެ. އެއީ މިހާރު އެންޑްރޮއިޑް "ނޫގެޓް" އެވެ. ނޯގަޓް، ނޫގާ އަދި ނަގެޓް ވެސް ކިޔަ އެވެ. އެންޑްރޮއިޑް އުފައްދަނީ ގޫގުލުން ނެވެ. ގޫގުލް އަކީ އެމެރިކާ ކުންފުންޏެކެވެ. އެމެރިކާ މީހުން ކިޔަނީ ނޫގެޓް އެވެ.

29 ޖޫން

June 29, 2016 1
ގޫގުލް ޕިކްސެލް ފޯނު ލަސްތަކެއް ނުވެ މާކެޓަށް

ހާޑްވެއާ އުފެއްދުމަކީ ގޫގުލުން ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެވުނެވެ. ގޫގުލުން ސްމާޓްފޯން ހާޑްވެއާ މާކެޓަށް ނުވަންނާނެ ކަމަށް ބުނާތީ ވެސް އެހީމެވެ. އެކަމަކު ގޫގުލްގެ އަމިއްލަ ފޯނެއް އުފައްދަން އުޅޭ ކަމަށް ބުނެވޭ ވާހަކަތައް ގިނަވެއްޖެ އެވެ.

21 ޖޫން

June 21, 2016
އެންޑްރޮއިޑް ފޯނުތަކަށް އައިމެސެޖް ނާންނާނެ

އައިމެސެޖް އެންޑްރޮއިޑް ފޯނުތަކަށް އަންނަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް އޮބިއްޖެވެ. އެންޑްރޮއިޑަށް އައިމެސެޖް ގެންނަން އުޅޭ ކަމަށް ބުނެ ވާހަކަދެއްކި މީހުން ވެސް ކޮޅުކޮޅަށް ގޮސް ވަނީ ފިލާފަ އެވެ.

18 ޖޫން

June 18, 2016
ގޫގުލުން އެންޑްރޮއިޑް ސެކިޔުރިޓީ އަށް ބޮޑު ހޭދައެއް

އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުން އަބަދު ވެސް ތިބެނީ ނުރައްކަލުގައި ކަމަށް ބުނާތީ އިވެ އެވެ. ސަބަބަކީ ގޫގުލުން އެެންޑްރޮއިޑްގެ ސެކިއުރިޓީއާ މެދު ފަރުވާކުޑަކުރުމެވެ. އެންޑްރޮއިޑް ހަރުދަނާކުރުމަށް ގޫގުލުން ހޭދަނުކުރާ ކަމަށް ތުހުމަތުކުރެ އެވެ.

10 ޖޫން

June 10, 2016 1
އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްތަ؟

މިއޮތީ ކުއްޖަކަށް ނަން ކިޔުމަށް ވުރެ ބޮޑު ކަމެއް ޖެހިފަ އެވެ. ގޫގުލުން ފަހަކަށް އައިސް އެންޑްރޮއިޑަށް އާ އަދަދެއް ދޫކޮށްލާ ކޮންމެ ފަހަރަކު މި ކުޅިގަނޑު ޖެހެ އެވެ. އެ އަދަދަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން މުޅި ސޯޝަލް ނެޓްވޯކް ތޮއްޖެހެ އެވެ. ނޭވާލާން ދަތިވެ އެވެ.

08 ޖޫން

June 08, 2016
މިއީ ވަންޕްލަސް ތްރީ ނޫން އެހެން އެއްޗެއް ނޫން

ވަންޕްލަސް ތްރީ އަށް ވުރެ ފޯރިގަދަ ފޯނެއް ލޮލުކޮޅަށް ފެންނާކަށް މި ވަގުތަކު ނެތެވެ. ވަންޕްލަސް ތްރީ އާންމުކުރާ ދުވަހަކުން ވަފާތެރިން ކުލަބޮކި ދިއްލައި ހަވާއަރުވާނެ އެވެ.

04 ޖޫން

June 04, 2016 3
ސެމްސަންގް ފޯނު ގެއްލުމުން ގޫގުލް އިން ހޯދައިދޭނެ

ސެމްސަންގް ފޯނު ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އަވަހަށް ގޫގުލް ގާތު އެ ވާހަކަ ބުނާށެވެ. ފޯނު އޮތް ތަނަކުން ހޯދަން ނުވަތަ ވަގު ކަލޭގެ އަށް ޖެއްސުންކޮށް ފޯނު ބޭނުން ނުކުރެވޭ ވަރު ކޮށްލެވޭނެ އެވެ.

02 ޖޫން

June 02, 2016 2
ގޫގުލްގެ ވަޒީފާއިން ކަނޑާލުމުން ކުރާނީ ކޮން ކަމެއް؟

ތިޔަ ކަހަލަ ސުވާލެއް ކޮށްފާނެ ކަމަށް މި ހުރީ ގޮތެއް ނިންމައިގެންނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދިއުމަށެވެ. އެ ތަނަށް ދިއަ ކޮންމެ މީހަކަށް ވެސް ރަނގަޅު ގޮތްތަކެއް ވެފައި ހުރީމަ އެވެ. އަލުން ވަޒީފާދޭން އަންގައި، ފާއިތުވި ދުވަސްތަކަށް ދޭންޖެހޭ އުޖޫރަ ގަނޑުކޮށް ދިނުމަށް ވެސް ހުކުމްކޮށްފާނެ އެވެ. ކިހާ ބައިވަރު ފައިސާއެއް...

01 ޖޫން

June 01, 2016 4
މިއީ ފޯނަކަށް ކޮންމެހެން މުހިންމު އެޕްލިކޭޝަންތައް

ރަހަ ހެޔޮވަރުކޮށްދޭނެ އެޕްލިކޭޝަންތަކެއް ފޯނުގައި ނެތް ނަމަ، އަދި ތިޔަ އުޅެވެނީ ތަންކޮޅެއް ފަހަތުގަ އެވެ. އަހަރެންނާ އެކު އަންނާށެވެ. ދޫކޮށްލައިގެން ފަރުޖެއްސެން ނެތް އެޕްލިކޭޝަންތަކެއް ދައްކާނަމެވެ. ވާނީ ކުޑައިރުކޮޅެކެވެ. ތިޔަ ފޯނު ވަރަޖައި އުދުހޭނެ އެވެ.

30 މެއި

May 30, 2016 3
ތިޔަ ގެންގުޅެނީ ސްމާޓްފޯނެއް، ސްމާޓް ނުވާންވީ ކީއްވެ؟

ސްމާޓްފޯނެއް ގެންގުޅެނީ ކީއްކުރަން ހެއްޔެވެ؟ ކޯލެއް ކޮށްލަން ނުވަތަ މެސެޖެއް ފޮނުވަން ހެއްޔެވެ؟ އެހެން ނަމަ ތިޔަހާ ބޮޑު އަގު ދީފައި ސްމާޓްފޯނެއް ހޯދުން ވާނީ ބޭކާރު ޚަރަދަކަށެވެ.

29 މެއި

May 29, 2016 1
ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ޖެހޭ ދެތިން ޕޮއިޓެއް

"ނެޓްސްކޭޕް ނެވިގޭޓާ" އަކީ އެއް ޒަމާނެއްގައި ބޭނުންކުރި އިންޓަނެޓް ބްރައުޒާއެކެވެ. އެ އަށް ވުރެ މަޝްހޫރު އިންޓަނެޓް ބްރައުޒާއެއް އެއިރު ނެތެވެ. އެކަން މިހާރު އެނގެނީ މަދު ބަޔަކަށެވެ. ގޫގުލް ކްރޯމް މިހާރު އެ އޮތީ އެއިރު ނެޓްސްކޭޕް ނެވިގޭޓާ އޮތް މަގާމުގަ އެވެ. އެ އަށް ވުރެ ވެސް އުހުގަ އެވެ. އިންޓަނެޓް ބްރައުޒްކުރަން ގޫގުލް ކްރޯމް...