04 ސެޕްޓެމްބަރ

September 04, 2018 2
ގޫގުލް އެސިސްޓެންޓް ދެ ބަހުން ވާހަކަދައްކަން ފަށައިފި

"ގޫގުލް ހޯމް ސްމާޓް ޑިވައިސް"ތައް ގާތް އެކުވެރި އާލާތްތަކަކަށް ހެދުމަށް އެ ކުންފުނިން އަމާޒުހިފައިފި އެވެ. ސާބިތު ހެކި މި އޮތީ އެވެ. "ގޫގުލް ސްމާޓް އެސިސްޓޭންޓް" ސްމާޓް ސްޕީކަރުތައް ދެ ބަސް ދަސްކޮށް ވާހަކަދައްކަން ފަށައިފި އެވެ.

20 އޯގަސްޓް

August 20, 2018 1
ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟

ގޫގުލް އިން ޖީމެއިލް ލޭއައުޓަށް މި އަހަރު ކުރީކޮޅު ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި "ކޮންފިޑެންޝަލް މޯޑް" ހިމެނެ އެވެ. އެއިރު މި ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ޖީމެއިލަށެވެ. އެކަމަކު މިހާރު އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް "ކޮންފިޑެންޝަލް މޯޑް" އަތުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ

ގޫގުލް "ޕިކްސެލް އެކްސްއެލް" ފޯނުތައް ފާސްޓް ޗާޖްކުރުމުގައި ކޫސަނި މައްސަލަތައް، ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. "ޕިކްސެލް/އެކްސްއެލް 2016" ބޭނުންކުރާ މީހުންނަށް މިހާރު ވެސް އުޅެނީ ކަންތައްގަނޑެއް ލައިގަނެގެންނެވެ. އެންޑްރޮއިޑް 9 ޕައި އަށް އަޕްޑޭޓްކުރުމުން ފާސްޓް ޗާޖްނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

08 އޯގަސްޓް

August 08, 2018 1
އެންޑްރޮއިޑް "ޕީ" އަށް ނަންކިޔައިފި

އެންޑްރޮއިޑް 9.0 ނެރެފި އެވެ. ކޯޑް ނަމަކަށް އެންޑްރޮއިޑް "ޕީ" ކިޔައިގެން އުޅެފައި، މިހާރު ވަނީ ނަން ބަދަލުކޮށްފަ އެވެ. އެއީ "އެންޑްރޮއިޑް ޕައި" އެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ އެންމެ ފަހު އަދަދަށް ކިޔާ ނަމަކީ މި އެވެ.

23 ޖުލައި

July 23, 2018 1
އީޔޫއާ ހެދި އެންޑްރޮއިޑަށް އަގުނަގަން ޖެހިދާނެ

ސްމާޓްފޯނެއް ގަންނައިރު ހުންނަ އެޕްލިކޭޝަންތަކަކީ ސަބަބެއް ނެތި އަޅާފައި ހުންނަ އެޕްތަކެއް ނޫން ކަމަށް ގޫގުލް އިން ބުނެފި އެވެ. އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ މީހުން އަތުން އުޖޫރައެއް ނުނަގަނީ މި ބުނި އެޕްލިކޭޝަންތައް އެ ގޮތުގައި ހުރުމަށް އިންކާރުނުކުރާތީ ކަމަށް ވެސް ގޫގުލް އިން ބުނެ އެވެ.

12 ޖުލައި

July 12, 2018 8
ޔޫރަޕިއަން ޔޫނިއަނުން ގޫގުލް އަށް އިންޒާރުދީފި

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ހިންގާ ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" އަޅަން، ގޫގުލް އަށް މަޖުބޫރުނުކުރެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ. ގޫގުލް އިން އެ ގޮތަށް ކަންތައްކުރާ ނަމަ އެކަން އެ ގޮތަށް ކުރަން ދޫކޮށްނުލެވޭނެ ކަމަށް އިޔޫ އިން ވަނީ ބުނެފަ އެވެ.

12 ޖޫން

June 12, 2018
ގޫގުލް ސްޓޭޝަން: ވައިފައި މުޅިން ހިލޭ

އިންޑިއާގެ ރޭލު ސްޓޭޝަންތަކަށް ވައިފައި ދިނުމަށް ގޫގުލް އިން ހިންގާ ޕްރޮގްރާމަށް ރަސްމީކޮށް ކިޔާ ނަމަކީ "ގޫގުލް ސްޓޭޝަން" އެވެ. މިއީ މެކްސިކޯ އަދި އިންޑޮނީޝިއާގައި ވެސް ގޫގުލް އިން ކުރިއަރުވާ މޮޑެލެކެވެ.

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.

03 ޖޫން

June 03, 2018 2
ޓެލެގްރާމަށް އަމިއްލަ ގައުމު ބޮޑު ބިރަކަށް

އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ބޭރުކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ. އެކަމަކު އެޕަލް އިން އަދި އެކަމެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ވެސް ނުދެ އެވެ. އެހެނެއް ކަމަކު، ޓެލްގްރާމް އުފައްދާ ކުންފުނިން އެ އެޕްލިކޭޝަނަށް ފޮނުވާ އަޕްޑޭޓްތައް އެޕަލް އިން ގަސްދުގައި ލަސްކުރި އެވެ.

19 މެއި

May 19, 2018
ޔޫޓިއުބުން މިއުޒިކް ސްޓްރީމް ހިދުމަތް ފަށަނީ

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން، ކުރިއަށް އޮތް ހަފުތާ ތެރޭގައި މިއުޒިކް ސްޓްރީމް ހިދުމަތް ދޭން ނިންމާފައިިވާ ކަމަށް ބުނެފި އެވެ.

14 މެއި

May 14, 2018 1
ވެއާ އޯއެސް ސްމާޓް ގަޑިތަކަށް ކުއަލްކޮމް ޗިޕް ހަދަނީ

ގޫގުލް ވެއާ އޯއެސް ސްމާޓް ގަޑިތަކުގައި ބޭނުންކުރާނެ މާ ގިނަ ޗިޕްތަކެއް ނެތެވެ. އޮތް ހަމައެކަނި އިޚްތިޔާރަކީ "ސްނޭޕްޑްރޭގަން ވެއާ 2100" ޗިޕް އެވެ. އެ ޗިޕްތަކަށް މާ ގިނަ ދުވަސްވެއްޖެ ކަމަށް ދަނީ ބުނަމުންނެވެ. ވެއާ އޯއެސް ގަޑިތަކުގައި ޒަމާނީ އިތުރު ފީޗާތައް ހިމެނުމަށްޓަކައި ޗިޕްތައް އާކުރަން ވެއްޖެ ކަމަށް ބުނެ ކިޔުނު ފާޑުކިޔުންތަކަށް...

30 އެޕްރީލް

April 30, 2018 1
އެޕަލް އިން އެއާޕޯޓް މަރުކާގެ ރައުޓާތައް ހުއްޓާލަނީ

"އެއާޕޯޓް" މަރުކާގެ ރައުޓާތައް ހުއްޓާލަން އުޅޭ ވާހަކަ އަކީ ތެދެއް ކަމަށް އެޕަލް އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ ސްޓޮކްގައި މިހާރު ހުރި ރައުޓާތައް ހުސްވުމަށް ފަހު ދެން އެ ޑިވައިސްތައް ނުއުފައްދާނެ ކަމަށެވެ. ހުއްޓާލަން ނިންމާފައި ވަނީ "އެއާޕޯޓް އެކްސްޕްރެސް"، "އެއާޕޯޓް އެކްޓްރީމް" އަދި "އެއާޕޯޓް ޓައިމް ކެޕްސޫލް" އެވެ.

25 އެޕްރީލް

April 25, 2018
ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ

ގޫގުލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އިންޓަނެޓްގައި އިޝްތިހާރު ކުރުމުގެ ވިޔަފާރީގައި ގޫގުލް ވަރެއް ނެތެވެ. ގޫގުލް ކްރޯމް އިންޓަނެޓް ބްރައުޒާ އަދި ޖީމެއިލް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. މީގެ މާނަ އަކީ ގޫގުލް ހަމަ ބާރުގަދައީ ހެއްޔެވެ؟

23 އެޕްރީލް

April 23, 2018 7
އެސްއެމްއެސް "މަރާލަން" ގޫގުލް ނިކުމެއްޖެ

މޯބައިލް ފޯނާ އެކު އެންމެ ފުރަތަމަ ތަޖުރިބާކުރަން ފެށި ތަފާތު ކަމަކަށްވީ އެއް ފޯނުން އަނެއް ފޯނަށް މެސެޖު ފޮނުވުމެވެ. މި ޝޯޓް މެސެޖް ސާވިސް (އެސްއެމްއެސް) އަކީ މި ޒަމާނުގެ މުއާސަލާތު ކުރުމުގެ މުހިންމު ބައިވެރިޔަކަށް ވެފައި ވަނިކޮށް ގޫގުލް އިން މިހާރު ވަނީ އެސްއެމްއެސްގެ ބަދަލުގައި ބޭނުންކުރެވިދާނެ މެސެޖިން ސާވިސް އެއް އުފައްދައި...

19 މާޗް

March 19, 2018 1
އެންޑްރޮއިޑް ވެއާގެ އާ ނަމަކީ "ވެއާ އޯއެސް"

"އެންޑްރޮއިޑް ވެއާ" އަކީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ ބާވަތެކެވެ. އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކޮށް މިހާރު ކިޔަނީ "ވެއާ އޯއެސް" އެވެ. އޮޕަރޭޓިން ސިސްޓަމްގެ ނަން އެއް ނަމުން އެހެން ނަމަކަށް ބަދަލުކުރުމަކުން އެއިން ކޮށްދޭ މަސައްކަތެއް ބަދަލެއް ނުވެ އެވެ. ވެއާ އޯއެސް ޚާއްސަކޮށްފައި ވަނީ ސްމާޓް ގަޑިތަކަށް އަދި...

04 މާޗް

March 04, 2018 2
އެންޑްރޮއިޑްގެ ޒާތަށް އައިރިސް ސްކޭނިން

ސްމާޓްފޯނެއްގައި، ލޮލުގެ ކަޅި ސްކޭންކުރެވޭ ގޮތަށް، އައިރިސް ސްކޭނާއެއް އެންމެ ފުރަމަތަމަ ގާއިމުކުރީ ނޯޓް 7 ގަ އެވެ. އެކަމަކު އޭގެ ކުރިން ވެސް އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި "ފޭޝަލް ރިކޮގްނީޝަން ޓެކްނޮލޮޖީ" ގާއިމުކޮށްފައިވެ އެވެ. ގޫގުލުން އެންޑްރޮއިޑް 4.0، އައިސްކްރީމް ސޭންޑްވިޗްގައި އެކަން ވަނީ ކޮށްފަ އެވެ.

28 ފެބުރުއަރީ

February 28, 2018
މައިކްރޮސޮފްޓް، ޝޯމީ އޭއައި ޑިވައިސްތައް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން ބާރުގަދަކޮށްފައި އޮތް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" މާކެޓުން ބައެއް އަތުލުމެވެ. މި ދެ ކުންފުނި ގުޅިގެން އުފައްދާ ޑިވައިސްތައް، ބަޖެޓް...

19 ފެބުރުއަރީ

February 19, 2018
ގޫގްލް މެޕްސްއަށް ރައްކާތެރިކަމުގެ ބަދަލެއް

ގޫގްލް މެޕްސްއަކީ ލޮކޭޝަން އަންގައިދޭ އެންމެ އިތުބާރު ބޮޑު އެއް ވަސީލަތެވެ. މީގެ އެންމެ ފަހުގެ ވާޝަންގައި ވަނީ ދަންވަރު ބޭރުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ކަންތައްތަކެއް ތައާރަފްކުރަން ފަށައިފަ އެވެ.

14 ފެބުރުއަރީ

February 14, 2018
އައިފޯން 10ގެ ނޮޗް ޑިޒައިން، އެންޑްރޮއިޑް ފޯނުތަކަށް

މި އަހަރު އެންޑްރޮއިޑަށް ގެންނަ ބަދަލުތައް ގިނަ އެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް "ޔޫޒާ އިންޓަފޭސް" އަށް ގެންނަ ތަފާތުތައް ވެސް ހިމެނެ އެވެ. އެ ގޮތުގައި އައިފޯން 10ގެ ޑިޒައިނަށް ފޯނުތައް ބައްޓަންކުރުމަށް، "ނޮޗް" ޑިޒައިނަށް ސަމާލުކަން ދޭނެ ކަމަށް ބުނެވެ އެވެ.

10 ޖެނުއަރީ

January 10, 2018 1
ގޫގުލް ޖީބައިކްތައް ވަގަށް ނަގަނީ

ގޫގުލް ހެޑްކްއާޓަރޭ ބުންޏަސް އެއީ ބިޔަ ސަރަހައްދެކެވެ. ކެމްޕަސް ގޯތިތެރޭގައި މުވައްޒަފުން މަގުކުރުކުރުމަށްޓަކައި ބައިސްކަލް ބޭނުންކުރެ އެވެ. އެ ބޭނުމަށްޓަކައި 1،100 "ޖީބައިކް" ގޯތިތެރޭ އެތަން މިތަނުގައި އަބަދުވެސް ތައްޔާރަށް ހުރެވެ.