21 ނޮވެމްބަރ

November 21, 2018 39
ޗައިނާ ލޯނުގެ މިންވަރު 1.5 ބިލިޔަން ޑޮލަރަށް އަރާނެ

ދިވެހި ދައުލަތުން ގެރެންޓީ ދީގެން ޗައިނާ އިން ރާއްޖެ އަށް ދީފައިވާ ލޯނުގެ މިންވަރު އެނގިވަޑައި ނުގަންނަވާ ކަމަށާއި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވި މައުލޫމާތަށް ބަލާއިރު ލޯނުގެ މިންވަރު 1.5 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

16 ނޮވެމްބަރ

November 16, 2018 7
33 ޕަސެންޓް މީހުން ބޭންކް އެކައުންޓް ބޭނުމެއްނުކުރޭ

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ 33 ޕަސެންޓް މީހުން ބޭންކް އެކައުންޓްގެ ހިދުމަތް ބޭނުން ނުކުރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2018 30
ދޮގު ހެދި ކަމަށް ވިދާޅުވާން ޖެހޭނީ ގަވަރުނަރު:މުއާޒް

ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއް ކޮށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގި ކަމަށް ވިދާޅުވެ އޭނާ ހެއްދެވީ ދޮގެއް ނަމަ، އެހެން ވިދާޅުވާން އެންމެ ސައްހަކަން ބޮޑީ، ގަވަރުނަރު އަހްމަދު ނަސީރު ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ...

02 އޮކްޓޯބަރ

October 02, 2018 37
ރައީސް ޔާމީންގެ 22 މިލިއަން ރުފިޔާގެ މައްސަލައެއް؟!

ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް، ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2018 16
ނަސީރުގެ ސޮޔާއެކު 10ރ އަދި 100ރ.ގެ ނޫޓު ނެރެނީ

އާ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު އަންނަ ހޯމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

22 ޖުލައި

July 22, 2018 8
ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ

ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

30 އެޕްރީލް

April 30, 2018 10
މާލީ ރައްކާތެރިކަން އިތުރުކުރަން ޖެހޭ: ގަވަރުނަރު

ރާއްޖެ ދަރަނިވެރި ނުވެ ސަލާމަތް ވާން، މިހާރުން ފެށިގެން މާލީ ރައްކާތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2018 13
ޓީ ބިލާއި ބޮންޑް އާންމުންނަށް ވިއްކަން ތައްޔާރުވަނީ

ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ސެކަންޑަރީ މާކެޓުގައި ޓްރެޝަރީ ބިލާއި ޓްރެޝަޒީ ބޮންޑު އާންމުންނަށް ވިއްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2018 23
އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަން ކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން މިއަދު އައްޔަން ކުރައްވައިފި އެވެ.

03 ޑިސެމްބަރ

December 03, 2017 12
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް

ބޭރުގެ ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް ވިދާޅުވެ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ދެއްކެވި ވާހަކަތައް ރަނގަޅު ކަމަށާއި އެއީ އަންނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓާ މެދު އެއްވެސް ކަހަލަ ނުކިއްސަރުކަމެއް އޮވެގެން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2017 49
ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ

ބޭރުގެ ދަރަނި އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ރަސްމީ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު...

November 20, 2017 5
ގަވަރުނަރާއި އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދީ ލިޔުމުން

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އަށް ލަފާ ހޯދުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރާއި އޮޑިޓާ ޖެނެރަލް...

24 އޯގަސްޓް

August 24, 2017 18
ގަވަރުނަރަކަށް ނަސީރު އައްޔަންކުރަން ރުހުން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފި އެވެ.

20 އޯގަސްޓް

August 20, 2017 106
ނީޒާގެ ނަން ނަގައި، ގަވަރުނަރަކަށް ނަސީރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ނިންމެވި ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ގެންނަވައި އެ މަގާމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަސީރު ހަމަޖައްސަވަން ނިންމަވައިފި އެވެ.