24 އޮކްޓޯބަރ

October 24, 2017 20
މައްކާގައި ދިވެހިން ހާލުގައި ޖެއްސި މައްސަލަ ޕޮލިހަށް

ހައްޖަށް މީހުން ގެންދަން ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައި ހާލުގައި ޖެއްސި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2017 1
މައްކާގައި އެކްސިޑެންޓްވި މީހާއަށް ބޮޑު އަނިޔާއެއް ނުވޭ

އިއްޔެ އިރުއޮއްސެނިކޮށް މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 11
މައްކާގައި ހާލުގައި ޖެހުނު ދިވެހިންގެ މައްސަލަ ހުށަނާޅާ

ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 1
ދިވެހި ހައްޖުވެރިން އަންނަން ފަށައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މިއަދު މާލެ އަންނަން ފަށައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017
ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަންނާނީ މާދަމާ

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންގެ ފުރަތަމަ ގުރޫޕު މާދަމާ ހެނދުނު ރާއްޖެ އަންނާނެ އެވެ.

05 ސެޕްޓެމްބަރ

September 05, 2017 56
ފެނި ގެއްލުނު ލަތީފްބޭގެ ހައްޖު ދަތުރު

ފަހުގެ ކޯޓާގައި މި ފަހަރު ހައްޖަށް އައި މީހުން އަރަފާތުން މުޒްދަލިފާ އަށް ދިއުމަށްޓަކައި ފޭލިގެ އިން ނުކުތީ އެ ދުވަހުގެ އިރު އޮއްސުމުންނެވެ. ފައިމަގުގައި ދެވޭނެ ކަމަށް ބުނި 50 މީހުން ދިއުމުން ބާކީ ތިބީ، ބަހުގައި ދާން ބޭނުންވި މީހުންނެވެ.

03 ސެޕްޓެމްބަރ

September 03, 2017 7
އަމީނާ ފެނުނީ ގެއްލޭ މީހުން ހޯދާ މަރުކަޒަކަށް

މިދިޔަ ހުކުރު ދުވަހު މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ، އެނބުރި އަންނަން ނޭނގިގެން ގެއްލުނު ދިވެހި ދެ ހައްޖުވެރިންގެ ތެރެއިން ރޭ ފެނުނު އަމީނާ ހަސަން ހޯދީ، އެގޮތަށް ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ކުރާ ޚާއްސަ މަރުކަޒެއްގެ ބައެކެވެ.

02 ސެޕްޓެމްބަރ

September 02, 2017 20
ގެއްލުނު ދިވެހި ހައްޖުވެރިންގެ ތެރެއިން ދެމީހަކު ނުފެނޭ

ދިވެހި ބައެއް ހައްޖާޖީން މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގްރޫޕާ ވަކިވެ، އެނބުރި އަންނަން ނޭނގިގެން ގެއްލުނު މީހުންގެ ތެރެއިން ބައެއް މީހުން ހޯދިފައިވާ އިރު، ދެ މީހަކު އަދިވެސް ނުފެނެ އެވެ.

September 02, 2017 1
ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުވަ އަންހެނުން ވިހާފައިވޭ

މައްކާ (ސެޕްޓެމްބަރު 2) - މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުވަ އަންހެނަކު ވިހާފައިވާ ކަމަށް މައްކާގެ މެޓާނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. އަނަސް ސައްދަޔޫ...

September 02, 2017
ހައްޖުގެ އަޅުކަން 2.35 މިލިއަން މީހުން އަދާކޮށްފި

މައްކާ (ސެޕްޓެމްބަރު 1) - މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން 2.352 މިލިއަން މީހުން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފި...

01 ސެޕްޓެމްބަރ

September 01, 2017 19
ދިވެހި ބައެއް ހައްޖުވެރިން "ގެއްލިގެން" ހޯދަނީ

ދިވެހި ބައެއް ހައްޖާޖީން މުޒްދަލިފާ އިން މިނާއަށް ދިޔަ މަގުމަތީ ގްރޫޕާ ވަކިވެ، އެނބުރި އަންނަން ނޭނގިގެން އެ މީހުން ހޯދަން ފަށައިފި އެވެ.

September 01, 2017 4
ހައްޖުވެރިން މުޅިން ތަފާތު އީދެއްގައި

އީދަކާ ކުރިމަތިލާ އިރު، ވަރަށް ފަހަކާ ޖެހެންދެން ދިވެހިން ދަމަހައްޓަމުން އައި ވަރަށް ހާއްސަ ތިން އާދައެއް އޮތެވެ. ގޯއްޗަށް ދޮންވެލި ލުމާއި އީދުގައި ކަތިލާނެ ކުކުޅު ހާ ހޯދުމާއި އީދު...

30 އޯގަސްޓް

August 30, 2017 3
އިންޑޮނީޝިއާގެ 104 އަހަރުގެ އަންހެނަކު ހައްޖުގައި

މައްކާ (އޮގަސްޓް 30) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި އިންޑޮނީޝިއާގެ 104 އަހަރުގެ އިބޫ މާރިއާ މަރްގާނީ މުހައްމަދު ހިމެނޭނެ އެވެ.

29 އޯގަސްޓް

August 29, 2017
މި އަހަރު ދެ މިލިއަން މީހުން ހައްޖު ވާނެ

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަން މުސްލިމުން ބައިވެރިވާނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

28 އޯގަސްޓް

August 28, 2017 20
ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ ދިވެހިންނަށް، ރައީސް އަބްދުﷲ ޔާމީން ހެޔޮ އެދުމާއި ތަހުނިޔާ މިއަދު ފޮނުއްވައި މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފި އެވެ.

August 28, 2017 15
ފައި މަގުގައި އެއް އަހަރުގެ ދަތުރަކަށް ފަހު ހައްޖަށް

މައްކާ (އޮގަސްޓް 28) - އިންޑޮނީޝިއާ މީހަކު ފައި މަގުގައި އެއް އަހަރު ދުވަސް ހޭދަކުރުމަށް ފަހު 9،000 ކިލޯ މީޓަރުގެ ދިގު ދަތުރެއްކޮށް ހައްޖުވުމަށްޓަކައި މައްކާ އަށް ހިނގައްޖެ އެވެ.

August 28, 2017 8
މައްކާ ހަރަމްފުޅު: ތާރީޚް ގެނެސްދިން ބަދަލު

މައްކާގެ ހަރަމްފުޅަކީ ހަމަ ގައިމު ވެސް މި ބިންމަތީގައި ހުރި އެންމެ މުގައްދަސް އަދި އެންމެ ޒަމާންވީ ބިނާގެ ވަށައިގެންވާ ސަރަހައްދެވެ. ދުނިޔޭގައި އިންސާނުން އުޅެން ފެށުމުގެ މާ ކުރިން...

27 އޯގަސްޓް

August 27, 2017 9
ގަތަރު މީހުންނަށް ހައްޖުވެވެން ނެތް ކަމަށް ބުނެފި

ދޯހާ (އޮގަސްޓް 27) - ގަތަރުން މި އަހަރު ހައްޖަށް ދާ މީހުންނަށް ދަތުރު ފަތުރު ކުރުމުގައި ސައުދީ އަރަބިއާ އިން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާތީ މި އަހަރުގެ ހައްޖުގެ އަޅުކަން ގަތަރު މީހުންނަށް އަދާ ނުކުރެވޭނެ ކަމަށް އެ ގައުމުގެ އައުގާފް އެންޑް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

26 އޯގަސްޓް

August 26, 2017 2
ފަހުން ލިބުނު ކޯޓާގައި 300 މީހުން މާދަމާ ފުރަނީ

ހައްޖަށް ގެންދަން ރާއްޖެއަށް ފަހު ވަގުތު ލިބުނު 1،000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާދަމާ 300 މީހުން ފުރުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

August 26, 2017 26
މައްކާގައި ހާލުގައި ޖެހުނު ދިވެހިންގެ މައްސަލަ ބަލަނީ

ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

25 އޯގަސްޓް

August 25, 2017 10
ފަސްޓް ލޭޑީ ފާތުން ހައްޖަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން ފަސްކުރެއްވި ނަމަވެސް އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ ހައްޖަށް ފުރާވަޑަައިގެންފި އެވެ.

August 25, 2017 7
ރައީސް ހައްޖަށް ވަޑައިގަތުން ހޯމަ އަށް ފަސްކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން އަންނަ ހޯމަ ދުވަހުގެ ރެ އަށް ފަސްކުރައްވައިފި އެވެ.

24 އޯގަސްޓް

August 24, 2017 20
ވަގުތު ނެތިގެން 500 ހައްޖު ކޯޓާ ބާކީވެއްޖެ!

ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ކޯޓާ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ބާކީވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2017 12
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!

ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން ރައީސް އޮފީހުގެ ބެލުމުގެ ދަށުގައިވާ 500 ކޯޓާ ބަހާނެ އުސޫލެއް ސަރުކާރުން އަދިވެސް އާއްމެއް ނުކުރެ އެވެ.

21 އޯގަސްޓް

August 21, 2017 2
ސައުދީގެ ހައްޖު ފްލައިޓް ޖައްސަން ހުރަހެއް ނާޅަން: ގަތަރު

ދޯހާ (އޮގަސްޓް 21) - ގަތަރުން ހައްޖަށްދާ މީހުން ގެންދިއުމަށް ދޯހާ އަށް ދިޔަ ސައުދީ އަރަބިއާގެ ފްލައިޓް ޖައްސަން ހުރަސް ނާޅާ ކަމަށް ގަތަރުން ބުނެފި އެވެ.

August 21, 2017 5
އިނގިރޭސިވިލާތުގެ ނުވަ މީހަކު ބައިސްކަލުގައި ހައްޖަށް

ޖިއްދާ (އޮގަސްޓް 21) - ހައްޖަށް ދިއުމަށްޓަކައި ބައިސްކަލުގައި ދަތުރު ފެށި އިނގިރޭސިވިލާތުގެ ނުވަ މީހަކު ހަ ހަފުތާގެ ދަތުރަށް ފަހު ސައުދީ އަރަބިއާ އަށް ހިނގައްޖެ އެވެ.

August 21, 2017 26
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިިދިން އިތުރު 1،000 ކޯޓާ އިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް،...