11 މާޗް

March 11, 2020 90
ކުރެއްދޫގެ ވެރިން ހައްޔަރުކުރަން ގޮވާލައިފި

ކޮވިޑް-19 ރާއްޖެއަށް ފެތުރެން މެދުވެރިވި ގޮތުގެ ޖިނާއީ ތަހުގީގު ހިންގާ އިރު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވެރިން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.

22 ނޮވެމްބަރ

November 22, 2019 21
ރިޕޯޓް އެކުލަވައިލީ ގަވައިދާ އެއްގޮތަށް: ހަސަން

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނެގި ސަބް ކޮމިޓީން މަަަސައްކަތް ކޮށްފައި ވާނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަަމަށް އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2019 19
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީ ގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، އެ ކޮމިޓީގައި ދެން ތިއްބެވި އިދިކޮޅު ދެ މެމްބަރުން ކަމަށްވާ...

18 ނޮވެމްބަރ

November 18, 2019 36
އުއްތަމަ ފަނޑިޔާރަށް 15 ތުހުމަތެއް!

މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތައް މަޖިލީހުން ހާމަކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2019 20
ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައި ބަހުސް ފަށައިފި އެވެ.

07 އޮކްޓޯބަރ

October 07, 2019 25
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2019 11
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ

ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށް ވިދާޅުވެ، އެ ކަން ބަދަލު ކުރަން ގިނަ މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2019 10
ސަރުކާރުން ބިލް ލަހުން ފޮނުވީތީ ހިތާމަކުރަން: ހަސަން

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ނުފޮނުވާ ލަސް ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިތްހަމަޖެހިވަޑައިގެން ހުންނަވައި ނުސީދާކޮށް ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2019 76
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

17 ޖުލައި

July 17, 2019 27
ހަތް ފަނޑިޔާރުން ލައިފި ނަމަ ހަރަދު 7.9 މިލިއަނަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

09 ޖުލައި

July 09, 2019 41
އިނާޔަތް ބޮޑު ކުރަން ހުށަހެޅީ ސަރުކާރާ މަޝްވަރާނުކޮށް!

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރައްވައި ކަމަށާއި އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި...

02 ޖުލައި

July 02, 2019 43
ތަރައްގީގެ ނަމުގައި ތަރިކަ ނެތިކޮށްލަން ޔާމީން އުޅުއްވި

ރާއްޖެ، ސިންގަޕޫރަށް ހެދުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ޓާގެޓްކޮށްގެން ތަރިކަ އާއި ސަގާފަތް ނެތިކޮށްލަން އެތައް މަސައްކަތެއް ކުރެއްވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

18 ޖޫން

June 18, 2019 35
ސުޕްރީމް ކޯޓު އޮތީ ފެއިލްވެފައި، އުވާލަންވީ:މެމްބަރުން

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންނަކީ ފެއިލްވެފައި ތިއްބެވި ބޭފުޅުން ކަމަށާއި އެތަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2019 13
ސުޕްރީމް ކޯޓުން އުޅެނީ އިންތިޚާބު ފިކްސްކުރަން:އެމްޑީޕީ

ސުޕްރީމް ކޯޓުން މީގެ ފަސް އަހަރު ކުރިން ރިޔާސީ އިންތިޚާބުގެ ތާރީހަށް ބަދަލު ގެނައި ގޮތަށް އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު "ފިކްސް"...

February 26, 2019 41
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުން އަމިއްލަ ގޮތުން ވާދަކުރާނަމަ،...

18 ޖެނުއަރީ

January 18, 2019 9
އަނަސް ފިޔަވައި އެހެން ބޭފުޅުންނަށް ބޮޑު ކާމިޔާބެއް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 77
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 40
މުހައްމާ އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

24 އޮކްޓޯބަރ

October 24, 2018 76
"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރަހީނުން މިނިވަން ކުރުމަށް ކޯޓަކަށް ދާން ނުޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

16 އޯގަސްޓް

August 16, 2017 24
ރައީސްގެ ތަހުގީގު ފެށުމުގެ އަމުރަކަށް ޕީޖީގައި އެދެފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު "އިއުތިރާފް" ވެވަޑައިގެން މައްސަލަ ތަހުގީގުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެދި އިދިކޮޅު ފަރާތްތަކުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މިއަދު ހުށަހަޅައިފި އެވެ.

04 އޯގަސްޓް

August 04, 2017 52
ހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލިހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ އަބްދުލްހަމީދު ޒަކަރިއްޔާ، މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން އަމަލު ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.