18 ޖެނުއަރީ

January 18, 2019 9
އަނަސް ފިޔަވައި އެހެން ބޭފުޅުންނަށް ބޮޑު ކާމިޔާބެއް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 10
"ނަޝީދާއި ހަސަންގެ ދައުރެއް ޕްރައިމަރީގައި ނޯންނާނެ"

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފުގެ ދައުރެއް ނޯންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2018 63
ނަޝީދާއި ހަސަން ފެޔަށް ޖެހިލަން އިބްރާ ގޮވާލައިފި

ޕްރައިމަރީ ނިމެންދެން އެމްޑީޕީގެ އޮފީހާ ދުރަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފަށް، އިބްރާހިމް އިސްމާއިލް (އިބްރާ) މިރޭ ގޮވާލައްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 79
އެމްޑީޕީގެ ނިންމުން އެއްބަސްވުމާ ޚިލާފުކަން ހާމަވެއްޖެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުރިހާ ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކުރީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަން ހާމަވެއްޖެ އެވެ.

December 02, 2018 84
ޖޭޕީ ކުރިއަށް ދާނީ ރައީސްގެ ލަފާގެ މަތިން: ރިޔާޒް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު...

December 02, 2018 77
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށް އެ...

01 ޑިސެމްބަރ

December 01, 2018 82
އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަކުރަން

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 61 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީން މިހާރު ބޭނުންވެ، އެކަން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހެޅި ނަމަވެސް، މީގެ ކުރިން އެ ޕާޓީން އެއްބަސްވެ ސޮއިކޮށްފައި އޮތީ 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 40
މުހައްމާ އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

24 އޮކްޓޯބަރ

October 24, 2018 76
"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރަހީނުން މިނިވަން ކުރުމަށް ކޯޓަކަށް ދާން ނުޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2018 32
ރައީސް ފުރާވަޑައިގަތަ ނުދީ ތަހުގީގު ފެށުމަށް ގޮވާލައިފި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ މަނިކުފާނާ ދެކޮޅަށް އެ ކޯޓުން މިއަދު ނިންމުމާ ގުޅިގެން، އެ މަނިކުފާނު ފުރާވަޑައިގަތަ ނުދީ ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2018 16
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ

މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސާބިތު ކުރަން ގާނޫނެއްގެ މާއްދާގެ ނަންބަރު ފިޔަވައި އެހެން އެއްވެސް "ހިސާބު އަދަދެއް" ކޯޓުގައި ހާމަނުކުރެއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2018 42
ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2018 67
އިބޫ ހުވާ ކުރުން ގަލޮޅު ދަނޑުގައި ބާއްވަނީ

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 22
ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ނަގައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރެއްވި ދައުވާ އަނބުރާ ނަގައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 18
ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން ކަންބޮޑުވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2018 29
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"

ނޮވެމްބަރު 17 ވަނަ ދުވަހު އުފެދޭ އިދިކޮޅު އިއްތިހާދުގެ ސަރުކާރަކީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 3
ހަސަންގެ މައްސަލަ ހުށަހެޅީ ކޮމްޕްލެއިންޓްސް ބިއުރޯއިން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށް، އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްއަކާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފުލުހަށް ހާޒިރުކުރީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2018 8
ތެލާބެހޭ ރިޕޯޓު ގެނެސްދިނުމުން ހަސަނާއި އަނަސް ފުލުހަށް

ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ގޮތުން އެމްޑީޕީން ތައްޔާރުކުރި ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 24
ރައީސް ޔާމީން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ރައީސް އަބްދުﷲ ޔާމީންގެ އަބުރަފުޅަށް އަރައިގަތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ ދެކޮޅަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ އިއްޔެ...

September 18, 2018 15
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓުން ބަލައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 118
ވޯޓުލާ މީހުންގެ މޫނު ދެނެގަންނަ ސިސްޓަމެއް ބޭނުންކުރަނީ

އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މޫނު ދެނެގަނެވޭނެ ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 41
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 58
ރައީސްގެ އަބުރާ ބެހުނު މައްސަލަ ބުދަ ދުވަހު ހުށަހަޅަނީ

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނުކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީއާ ދެކޮޅަށް ކުރާ އަބުރުގެ މައްސަލަ އަންނަ ބުދަ ދުވަހު ކޯޓަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.