17 ޑިސެމްބަރ

December 17, 2017 88
އުމަރު އެމްޑީޕީއާ ވައި އެޅުނަ ނުދޭނަން: ހަސަން ލަތީފް

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ މިދިޔަ ބުރާސްފަތި ދުވަހު ގުޅިވަޑައިގެންނެވި އުމަރު ނަސީރު، އެމްޑީޕީއާ ވައިވެސް އެޅުނަ ނުދެއްވާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2017 21
ކޮންގްރެސް މިއަހަރު ބޭއްވޭނެ ކަމަކަށް ނުފެނޭ: ހަސަން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ލިބިފައިވީ ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން، އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2017 16
އިންތިޚާބު މިނިވަންވާނެ ކަމަކަށް ނުބެލެވޭ: އިދިކޮޅު

މިހާރު ކަންކަން ހިނގަމުންދާ ގޮތުން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން ވާނެ ކަމަކަށް ނުބެލެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017 21
މަޝްވަރާގައި ބައިވެރިވުމާމެދު އެމްޑީޕީން ގޮތެއް ނިންމަނީ

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށް މިއަދު ބުނެފި އެވެ.

16 އޯގަސްޓް

August 16, 2017 24
ރައީސްގެ ތަހުގީގު ފެށުމުގެ އަމުރަކަށް ޕީޖީގައި އެދެފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު "އިއުތިރާފް" ވެވަޑައިގެން މައްސަލަ ތަހުގީގުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެދި އިދިކޮޅު ފަރާތްތަކުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މިއަދު ހުށަހަޅައިފި އެވެ.

04 އޯގަސްޓް

August 04, 2017 52
ހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލިހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ އަބްދުލްހަމީދު ޒަކަރިއްޔާ، މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން އަމަލު ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2017 17
އިލެކްޝަންސްގެ އަމަލުތައް ވަނީ ޖޯކަކަށް: ހަސަން ލަތީފް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ބޮޑު ޖޯކަކަށް ވެފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

16 ޖުލައި

July 16, 2017 20
ނަޝީދުގެ ހުކުމް އަލުން މުރާޖައާ ކުރަން ޖެހޭ: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަކީ ކޯޓުގެ ފަނޑިޔާރަކު ލިއުއްވި ހުކުމެއް ނޫން ކަމަށާއި އެ ހުކުމް އެމަނިކުފާނުގެ މައްޗަށް އިއްވީ ސަރުކާރުގެ ރޭވުމާއި ނުފޫޒުން ކަން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވުމާ އެކު، ސުޕްރީމް ކޯޓުން އެ މައްސަލަ...

09 ޖުލައި

July 09, 2017 19
މަސީހުގެ ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާކޮށް، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވޯޓަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

29 ޖޫން

June 29, 2017 108
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން

އަންނަ ސެޕްޓެމްބަރުމަހު މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

22 ޖޫން

June 22, 2017 30
މައުމޫނުގެ ޖަލްސާއިން ވެސް ސިޔާސީ ބޭފުޅުންގެ ގުޅުން

ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން އެމަނިކުފާނު މިހާރު ވެސް ކުރިއަށް ގެންދަވާ ވަރަށް ބޮޑު އާދައެކެވެ. އެކަމަކު ރޭ އޮތް އިހުޔާކުރުމުގެ ޖަލްސާގައި އެހެން މަންޒަރެއް ވަނީ ފެނިފަ އެވެ؛ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ކަމެވެ.

19 ޖޫން

June 19, 2017 26
ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލުކުރައްވަން އެދިއްޖެ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

09 މެއި

May 09, 2017 84
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އަމަލީ ގޮތުން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ. ގާތްގަނޑަކަށް އެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ....

07 މެއި

May 07, 2017 26
"ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވޭ"

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީޕީއަށް މިހާތަނަށް ވެސް ވަނީ ޕީޕީއެމަށް ވުރެ އިތުރަށް 100 ގޮނޑި ލިބިފައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

07 މާޗް

March 07, 2017 15
އެމްޑީޕީގެ ވެރިކަން އައީ އަންހެނުންގެ ސަބަބުން: މާރިޔާ

އެމްޑީޕީއަށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބުނީ ޕާޓީގެ އަންހެނުން އެ ފުރުސަތު ހޯދައިދިނުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2017 36
އަމާޒަކީ ނަޝީދަށް ވާދަކުރެވޭގޮތް ހެދުން: ހަސަން ލަތީފު

އެމްޑީޕީން ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ގޮތް ހޯދައިދިނުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

10 ފެބުރުއަރީ

February 10, 2017 21
ފުރަތަމަ ނަތީޖާއިން ހަސަނަށް 14،457 ވޯޓު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ފުރަތަމަ ނަތީޖާއިން އޭނާއަށް 14،457 ވޯޓު ލިބިވަޑައިގެންފި އެވެ.

February 10, 2017 12
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުކުރާ ވޯޓުލުން ފަށައިފި

އެމްޑީޕީން ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ އެ ޕާޓީގެ ގާނޫނީ ވަކީލު ހަސަން ލަތީފް އިންތިހާބުކުރަން ބާއްވާ ވޯޓު ލުން މިއަދު މާލެ އާއި ރަށްރަށުގެ އިތުރުން...

11 ޖެނުއަރީ

January 11, 2017 7
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށްފި

އެމްޑީޕީ އަށް ޗެއާޕާސަނެއް ހޮވަން ބާއްވާ އިންތިހާބު، އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

30 ނޮވެމްބަރ

November 30, 2016 19
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2016 28
ނަޝީދާ އެއްކޮޅަށް މައްސަލަ ނިމުން ގާތް: ވަކީލުން

ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި "ނިގުޅައިގެންފައިވާ އެހެން ހައްގުތައް" ހޯދުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުން ވަރަށް ގާތްކަމަށް ނަޝީދުގެ ވަކީލުން މިއަދު ބުނެފި އެވެ.