20 އެޕްރީލް

April 20, 2020 15
މާދަމާއިން ފެށިގެން 3 ދުވަހަށް ކުޅުދުއްފުށި ލޮކްޑައުން

މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރަށް ކުޅުދުއްފުށި ލޮކްޑައުން ކުރަން ނިންމައިފި އެވެ. މިއީ މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަފައި އެހެން ރަށެއް ލޮކްޑައުންކުރާ ފުރަތަމަ ފަހަރެވެ. މާލެ ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް ލޮކްޑައުން ކޮށްފަ އެވެ.

24 މާޗް

March 24, 2020 3
ކުޅުދުއްފުށީގައި އިތުރު ފްލޫ ކްލިނިކެއް ހުޅުވައިފި

ހދ. ކުޅުދުއްފުށީގައި އިތުރު ފްލޫ ކްލިނިކްއެއް ހުޅުވައިފި އެވެ.

05 މާޗް

March 05, 2020 4
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ

ހއ. އާއި ހދ. ގައި އެމްޓީސީސީން ފަށާފައިވާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2020 23
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް

މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށާއި ބައެއް ދާއިރާތަކުގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން އެ ތަންތަނުގައި ޕްރައިމަރީ ނުބޭއްވީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލުމުން ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2020 7
ހައިކޯޓު ދެ ގޮފީގެ ޝަރީއަތް އެއްފަހަރާ ހިންގަނީ

ހައި ކޯޓުގެ ދެކުނާއި އުތުރު ގޮފީގެ ޝަރީއަތް އެއް ވަގުތެއްގައި ފުރަތަމަ ފަހަރަށް މާދަމާ ހިންގަން ނިންމައިފި އެވެ.

30 ޖެނުއަރީ

January 30, 2020 5
ކުޅުދުއްފުށީ މޭޔަރުގެ ޕްރައިމަރީއާ މެދު ގޮތެއް ނުނިންމާ

ހދ. ކުޅުދުއްފުށީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނުކުންނެވި އެއް ކެންޑިޑޭޓަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމުން، ދެން ހުންނެވި ކެންޑިޑޭޓަށް ޓިކެޓް ޔަގީންވެއްޖެ އެވެ. އެކަމަކު މާދަމާ ޕްރައިމަރީ ބާއްވާނެތޯ ނުވަތަ ނޫންތޯ އަދި އެމްޑީޕީއަކުން ނުނިންމަ އެވެ.

29 ޖެނުއަރީ

January 29, 2020 14
ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރަކަށް އާތިފް

ހދ. ކުޅުދުއްފުށީ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު އާތިފަށް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

26 ޖެނުއަރީ

January 26, 2020 1
ކުޅުދުއްފުށީގައި ހެޕީ މާކެޓްގެ ފިހާރައެއް ހުޅުވައިފި

ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް އެންމެ ފުޅާކޮށް ވިއްކާ އެއް ކުންފުނި، ހެޕީ މާކެޓުގެ ފިހާރަ އަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިިފި އެވެ.

24 ޖެނުއަރީ

January 24, 2020 9
ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާޔަތްކުރަން ގޮވައިފި

ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް 30 ޕަސެންޓު، އަވަސް ފިޔަވަޅުތަކެއް އަޅައި ހިމާޔަތްކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

21 ޖެނުއަރީ

January 21, 2020 16
އަތޮޅު ކައުންސިލްގެ ރައީސް ހޮވާނީ ކުޅުދުއްފުށީ ވޯޓާއެކު

ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތަސް އަތޮޅު ކައުންސިލްގެ ރައީސަކު ހޮވަން އެ ރަށުގެ ރައްޔިތުންނަށް ވޯޓު ދެވޭނެ އެވެ.

14 ޖެނުއަރީ

January 14, 2020 3
މެންކުގެ ދަރުސްތައް ބިނާކުރައްވާނީ ދީނީ ރިހެބިލިޓޭޝަނަށް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ މެންކް (މުފްތީ މެންކް) ރާއްޖޭގައި ދެއްވާ ދަރުސްތައް ބިނާކުރައްވާނީ އިސްލާމް ދީނާ ދުރަށް ދިއުމުގެ ވިސްނުން ހުންނަ މީހުންނަށް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

January 14, 2020 6
ކުޅުދުއްފުށީ ފެން ފެކްޓަރީން އަލުން މަސައްކަތް ފަށައިފި

ތާޒާ ފެން ބަންދުކުރުމަށް ހދ. ކުޅުދުއްފުށީގައި ހަދާފައި ހުންނަ ފެން ފެކްޓަރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ފަސް މަސް ފަހުން މިއަދު މަސައްކަތް ފަށާފައިވާ ކަމަށް އައިލެންޑް...

January 14, 2020 3
ރައީސް، ނޭކުރެންދު އަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހދ. ނޭކުރެންދު އަށް މިއަދު ވަޑައިގެންފި އެވެ. އެމަނިކުފާނުގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ވަޑައިގަތެވެ.

06 ޖެނުއަރީ

January 06, 2020 65
ކުޅުދުއްފުށި ސިޓީއަކަށް، ވެރިކަން ކޮން ރަށަކަށް؟

އާބާދީގައި 10،000 މީހުން ހަމަވެ، ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަކީ ހަމައެކަނި އެ ރަށަށް އޮތް އުފަލެއް ނޫނެވެ. ރާއްޖޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގެ ހުރިހާ ރަށަކަށްމެ ލިބުނު ޝަރަފެކެވެ. އެކަމަކު އަތޮޅުގެ ވެރިރަށަށް ލިބުނު ސިޓީގެ ދަރަޖައާ އެކު އެހެން ސުވާލެއް ވެސް ފެންމަތިވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2020 37
ސިޓީގެ ދަރަޖައާއެކު ކުޅުދުއްފުއްޓަށް އުފާވެރިކަން

މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު އެ ރަށުގެ ރައްޔިތުން ދެން އިންތިޒާރު ކުރީ ސިޓީއެއްގެ ދަރަޖަ ލިބޭނެ އިރަކަށެވެ. އެކަން ނުވެ ލަސްވަމުން ދާވަރަކަށް ރައްޔިތުންގެ ޝަކުވާ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ...

31 ޑިސެމްބަރ

December 31, 2019 3
ކުޅުދުއްފުށީގެ ދާއިރާތައް ވަރަށް އަވަހަށް އިއުލާންކުރާނީ

ހދ. ކުޅުދުއްފުއްޓަށް މާދަމާ އިން ފެށިގެން ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާތީ އެ ރަށުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

December 31, 2019 43
ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭން ނިންމަވައިފި

ހދ. ކުޅުދުއްފުށްޓަށް ސިޓީގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

December 31, 2019 4
ކުޅުދުއްފުއްޓަށް ސިޓީގެދަރަޖަ ދިނުމާމެދު ގޮތެއް ނިންމަނީ

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމާމެދު މިއަދު ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

30 ޑިސެމްބަރ

December 30, 2019 36
ޑިމާންޑްތަކާ އެކު ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދެނީ

ހދ. ކުޅުދުއްފުށީގައި އިހުތިޖާޖު ކުރަން ނިންމާފައި ވަނިކޮށް އެ ރަށަށް ސިޓީއެއްގެ ދަރަޖަދީ ދެން އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

07 ޑިސެމްބަރ

December 07, 2019 16
ހދ.ގެ ބައެއް ރަށްތަކުގެ ސްޕީޑް ފެރީ ހުއްޓާލައިފި

ހދ. އަތޮޅުގެ ބައެއް ރަށްތައް ގުޅާލައި، އެމްޓީސީީސީން ބޭއްވި ސްޕީޑް ފެރީ ދަތުރުތައް، ފައިދާ ނުވާ ކަމަށް ބުނެ ހުއްޓާލައިފި އެވެ.

23 ނޮވެމްބަރ

November 23, 2019 1
ނައިބު ރައީސް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގެންފި

އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

11 ނޮވެމްބަރ

November 11, 2019 12
މަސްތުވެގެން ހުރެ މަހާނައެއް ކޮންނަނިކޮށް ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި މަސްތުގެ ހާލަތުގައި ހުރި ދިވެއްސަކު މަހާނައެއް ކޮށްނަން އިންދާ އިއްޔެ ހައްޔަރުކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2019 10
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިދިޔަ މަހު ހުޅުވި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރި ހިތުގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެ، ފުރައިގެން ދިއުމުން، ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.