ކޮފީ މާ ގިނަވާ ނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވޭ

ދާދި ފަހުން އާންމުކުރި ދިރާސާއެއްގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް ހަތަރު ތަށި ކޮފީ އަކީ ގިނަ މިންވަރެއް ނޫނެވެ. އެކަމަކު ސިއްހީ ގިނަ ސަބަބުތަކަށްޓައި އެއަށް ވުރެ އިތުރަށް ކޮފީ ނުބޯން އިރުޝާދު ދީފައިވެ އެވެ.


ނަމަވެސް މި ފަހަރު އަނެއްކާ ވެސް މިއޮތީ ކޮފީ ބޮވޭ މިންވަރާއި ސިއްހަތާ ގުޅުން ހުރި އެހެން ވާހަކަ އެވެ. އެމެރިކަން ޖާނަލް އޮފް މެޑިސިންގައި ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލަކު ތިން ތަށި ކޮފީ ބޮވޭ ނަމަ އެއީ ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ކަމެކެވެ. ހާއްސަ މައިގްރޭން ހުންނަ މީހުންނެވެ. އެފަދަ މީހުން ދުވާލަކު ތިން ކޮށީ ބޯ ނަމަ އެއީ މައިގްރޭނުގެ ވޭން އިތުރަށް ގަދަވުމުގެ ސަބަބަކަށްވާ ކަމަށް އޭގައި ބުނެފައިވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ އެންމެ ރައްކާތެރި ގޮތަކީ ކެފެއިނުން ހިއްސުތައް ހޭލައްވައްވަން ބާރު އަޅާ ކޮފީ، ދުވާލަކު ދެ ތައްޓަށް ވުރެ އިތުރު ނުކުރުމެވެ. އަދި ބޮލުގައި ރިއްސުމުގެ މައްސަލަ ހުންނަ މީހުން މިކަމަށް ވަކިން ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ބުންޏެވެ.

ދިރާސާ ހެދި ޓީމްގައި ހިމެނޭ ހާވަޑް ޔުނިވަސިޓީގެ ޓިއެޗް ޗެން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެލިޒަބަތު މޮސްޓޮފްސްކީ ވިދާޅުވި ގޮތުގައި ދިރާސާ އިން ހިތްވަރު ދެނީ ކޮފީ ބޯ މިންވަރު ހައްދެއްގެ ތެރޭގައި ބޭއްވުން ކަމަށެވެ.

ދެ މީހަކު ކޮފީއެއްގައި.

"އެންމެ މުހިއްމު ކަމަކީ ދުވާލެއްގެ މައްޗަށް ކޮފީ ބޮވޭ މިންވަރު ލިމިޓް ކުރުން. އޭގެ މާނައަކީ ދެ ތައްޓަށް ވުރެ އިތުރު ނުކުރާށޭ،" އޭނާ ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް މައިގްރޭން ހުންނަ މީހުން ކޮފީ ކޮންޓްރޯލް ކުރުން ވަރަށް މުހިއްމު. ކޮފީގެ އިތުރަށް ދިރާސާ އިން ހިތްވަރު ދޭ ކެފެއިން ހުންނަ އެހެން ބުއިންތައް ވެސް ކޮންޓްރޯލް ކުރަން."