ކޮވިޑް-19 އަށް މިއަދު 51 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މިއަދު 51 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 46 މީހަކު ޕޮޒިޓިވްވި މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު 1،534 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރި އެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދާ އެކު ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އޮތީ 11،110 ގަ އެވެ. ނަމަވެސް މިވަގުތު ފަރުވާ ދެމުންދަނީ 1،140 މީހަކަށެވެ. ބާކީ ތިބި މީހުން އެ ބަލިން ވަނީ ރަނގަޅުވެފަ އެވެ.

އޭގެ ތެރެއިން 400 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 54 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.