ކޮވިޑް-19 އަށް މިއަދު 32 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 32 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.


ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،200 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 1،002 މީހަކަށެވެ. ޕޮޒިޓިވްވި މީހުުންގެ ތެރެއިން 348 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، ހޮސްޕިޓަލްތަކުގައި 39 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 37 މީހަކު މަރުވެފަ އެވެ.