03 އޯގަސްޓް

August 03, 2020 29
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.

02 އޯގަސްޓް

August 02, 2020 14
64 ހެލްތު ވޯކަރެއް، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް-19 އަށް 64 ސިއްހީ ޚިދުމަތްތެރިއަކު އަދި 67 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

29 ޖުލައި

July 29, 2020 17
ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދޭން މިއަދު ފަށައިފި އެވެ.

20 ޖުލައި

July 20, 2020 44
ސިއްހީ މާހިރުންގެ ލަފާ އޮންނަން ޖެހޭ: ނިޔާފު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުން ބައެެއް ނުވަތަ ގަރާރު ބާތިލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ގޮތަށް އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާ މެދު އޭޑީކޭގެ ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

06 ޖުލައި

July 06, 2020 20
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް

ކޮވިޑް-19 ފެތުރޭތީ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމަށް ފަހު ދިން ލުޔާއެކު، އަލުން ހުޅުވި އިރު، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނުކުރުމުން ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

17 މެއި

May 17, 2020 5
ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހުން ޕޮޒިޓިވް

ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހުން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

15 މެއި

May 15, 2020 5
މަނަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަސައްކަތު މީހުން

ކޮވިޑް-19 އަށް ނ. މަނަދޫން މިއަދު ޕޮޒިޓިވްވި ނުވަ މީހުންގެ ތެރޭގައި އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ނުހިމެނުނު ނަމަވެސް އެ ތަން ސާފު ކުރާ ދެ މުވައްޒަފަކު ހިމެނޭ ކަމަށް އެ ރަށު ޓާސްކް ފޯހުން މިރޭ ބުނެފި އެވެ.

09 މެއި

May 09, 2020 5
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް

އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދިނުމުގެ ތެރޭގައި ކޮވިޑް-19 ޖެހި އެއްވެސް ޑޮކްޓަރަކާއި ނަރުހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވިޔަސް އެއް ޑިޕާޓްމެންޓެއްގެ 16 ނަރުހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

19 އެޕްރީލް

April 19, 2020 87
ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއް

އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 131 މީހަކު މިހާތަަނަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

17 އެޕްރީލް

April 17, 2020 44
ކައްދުއަށް ދިޔަ ފްލައިޓުގައި ޑޮކްޓަރު އަދާކުރީ ޒިންމާ

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ލ. އަތޮޅަށް ދަތުރުކުރި ފްލައިޓެއްގައި އިންކަމުގެ މައުލޫމާތު އެޗްޕީއޭއަށް ދެއްވި ޑޮކްޓަރު. ސާރިއު އަލި ދީދީ އަދާކުރެއްވީ އޭނާގެ ޒިންމާ ކަމަށާއި އެ ޑޮކްޓަރާ މެދު ފަހުރުވެރިވާ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

09 އެޕްރީލް

April 09, 2020 18
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ

ކޮވިޑް-19ގެ ފަރުވާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރި، ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް އެއްފަހަރާ ފަރުވާދޭން ޖެހިދާނެތީ ކަަމަށާއި އެކަމަށް...

April 09, 2020 64
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެންމެ ހާލު ބޮޑުވި، އިޓަލީގެ 80 އަހަރުގެ ޓޫރިސްޓު ހޮސްޕިޓަލުން ދޫކޮށްލަން، ދިވެހި ޑޮކްޓަރުންގެ ޓީމު އޭނާއާ ބައްދަލުކުރުމުން އުފަލުން ރޮއިގަތީ އެވެ....

26 މާޗް

March 26, 2020 18
ސިއްހީ ހިދުމަތްތެރިންނަށް އެހީވާނަން: ރައީސް

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2020 12
މިއީ ބިރުވެރިކަމެއް، އާ ކަމެއް ނޫން: ޑރ.އިސްމާއިލް

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެއްވަން ގާތުގައި އުޅުއްވުމަކީ ބިރުވެރިކަމެއް ކަމަށާއި ނަމަވެސް އެއީ އެއްވެސް ޑޮކްޓަރަކަށް އާ ކަމެއް ނޫން ކަމަށް، ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭ ޓީމުގެ އިސް އެއް ޑޮކްޓަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

22 މާޗް

March 22, 2020 6
"ސިއްހީ ހިދުމަތްތެރިންނަށް އަދި ހަމަޖެހިލެވޭކަށް ނެތް"

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވުމަކީ ކާމިޔާބީއެއް ކަމަށާއި ނަމަވެސް އަދި ހަމަޖެހިލައިގެން ތިބެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޑރ.މޫސާ...

March 22, 2020 6
ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން...

21 މާޗް

March 21, 2020 21
ބޭރުގައި ތިބި ސިއްހީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް، ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން...

March 21, 2020 9
ހުރިހާ ޑޮކްޓަރުން ކްރިޓިކަލް ކެއާއަށް ތަމްރީން ކުރަނީ

ރާއްޖޭގައި މި ވަގުތު ތިބި ހުރިހާ ޑޮކްޓަރުން ކްރިޓިކަލް ކެއާ އަށް ތަމްރީން ކުރަން ނިންމައިފި އެވެ.

20 މާޗް

March 20, 2020 29
ބުރަ މަސައްކަތެއް ކުރަން ޖެހުނު، ގިނަ ތަޖުރިބާތަކެއް!

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދީ ރަނގަޅު ކުރެވުމަކީ ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށާއި އަދި އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް، އެ މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.

March 20, 2020 23
ކޮވިޑް 19: ކާމިޔާބާ ގުޅިގެން ތައުރީފާއި ޝުކުރު

ކޮވިޑް 19ގެ ހާލު ބޮޑުވެގެން ފަރުކޮޅުފުށިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އަށް ލި އިޓަލީގެ، އުމުރުން 70 އަހަރުގެ މީހާ އާއި އޭނާގެ އަނބިމީހާ މުޅިން ރަނގަޅުވުމާ އެކު އެ މީހުންނަށް...

March 20, 2020 63
ކޮވިޑަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، މި ބައްޔަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ އެވެ.

19 މާޗް

March 19, 2020 32
ކޮވިޑް ފެތުރިދާނެ ގޮތުގެ ގްރާފަކީ ރަނގަޅު މެސެޖެއް!

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ގެ ހާލަތު ބުނެ ދެއްވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ރޭ ދެއްކެވި ގްރާފުން، ކަމުގެ ހަގީގަތް ލަފާކުރެވި، އާންމުންނަށް ރަނގަޅު މެސެޖެއް ލިބޭނެ އެވެ.

18 މާޗް

March 18, 2020 57
ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫން: ޑރ. މުރާދު

ކޮވިޑް-19 ރޯގާ ކޮންޓްރޯލްކުރަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ލަފާ ދީފައި ވިޔަސް މާލޭ މަގުމަތިން ފެންނަ މަންޒަރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޑރ. މޫސާ މުރާދު މިއަދު ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2020 9
ޝައްކުވާނަމަ ހޮސްޕިޓަލަށް ނުގޮސް ހޮޓްލައިނަށް ގުޅާ!

ރޯގާ ޖެހި ބަލިވެ އުޅޭ މީހަކު ކޮރޯނާ ވައިރަސް ޖެހިދާނެ ކަމަށް ޝައްކު ކުރެވޭ ހާލަތެއްގައި ހުރި ނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، މިކަމަށް ހާއްސަ ހޮޓްލައިނަށް ގުޅައިގެން ސިއްހީ އެހީތެރިކަން ހޯދުމަށް ސިއްހީ މާހިރުން އެދިވަޑައިގެންފި އެވެ.

14 މާޗް

March 14, 2020 35
ގޭގައި ތިބި ސިއްހީ ފަންނުވެރިން ނުކުންނަވާ: އަފްއާލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.