31 މެއި

May 31, 2020
ކްލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތައް މަދު: އެންއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.

May 31, 2020 2
ނަފްސާނީ މައްސަލަތައް ތިން ގުނަ އިތުރުވެއްޖެ

ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އެދުނު މީހުންގެ އަދަދު ވޭތުވެދިޔަ ތިން މަހު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން...

May 31, 2020 2
ބަލި ޖެހުނު 24 ޕަސެންޓް މީހުން ރަނގަޅު ވެއްޖެ

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ޕަސެންޓް މީހުން ރަނގަޅުވެއްޖެ އެވެ.

30 މެއި

May 30, 2020 35
ކޮވިޑް-19 ޖެހުނު 401 މީހަކު މިހާތަނަށް ރަނގަޅުވެއްޖެ

ކޮވިޑް-19އަށް ރާއްޖެއިން އިތުރު 42 މީހަކު މިއަދު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1،633 އަށް އަރައިފި އެވެ.

May 30, 2020 42
ކޮވިޑް-19 އާ އެކު އެހެން ފަރުވާތަކަށް ހުރަސް!

އއ. ތޮއްޑު އާއި ށ. ނަރުދޫގައި އަވަސް ފަރުވާ ނުލިބުމުގެ ސަބަބުން ބަނޑަށް ދަރިފުޅު މަރުވުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފި އެވެ. ދެ އާއިލާއިން ވެސް ބުނަނީ އެ ރަށްރަށުން ލިބެން...

May 30, 2020 15
92 އަހަރުގެ މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 92 އަހަރުގެ މީހަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

29 މެއި

May 29, 2020 28
އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 34 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

May 29, 2020 9
ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދެވޭނެ

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ބޭރަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

May 29, 2020 16
89 އަހަރުގެ މީހަކާއި 11 ދުވަހުގެ ކުއްޖަކު ޕޮޒިޓިވް

އެންމެ ފަހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 89 އަހަރުގެ މީހަކާއި 11 ދުވަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ. މިއީ މިހާތަނަށް...

28 މެއި

May 28, 2020 21
ކޮވިޑް-19: އިތުރު 56 ކޭސް، ޖުމްލަ 1،513

ދިވެހިންގެ 18 މީހަކާއި ބިދޭސީންގެ 38 މީހަކު ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،513 އަށް އަރައިފި އެވެ.

27 މެއި

May 27, 2020 24
ލުއިދެނީ ތައްޔާރު ވެވުނީމަ, ނުރައްކާ ކުޑައެއް ނުވޭ

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ ލުއި ދެނީ އާއްމުންގެ ތެރޭގައި ބަލީގެ ނުރައްކާ ކުޑަވެގެން ނޫން ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާދެވޭނެ ވަސީލަތްތައް ގާއިމްކުރެވި ތައްޔާރުވެވުމުން ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ މިރޭ...

May 27, 2020 108
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ...

May 27, 2020 46
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ

ކޮރޯނާވައިރަސް ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުޔެއް ދެވޭ ވަރަށް އެބަލީގެ ކޭސްތައް މަދުވެއްޖެ ކަމަށާއި ދުވާލަކަށް 50 އަކަށް ކޭސް ފެނުމަކީ ގިނަ...

25 މެއި

May 25, 2020 259
މަޖިލިހުގެ ރައީސް ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

May 25, 2020 54
މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ފަށަން ނިންމައިފި

ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

May 25, 2020 22
ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ޓެސްޓްތަކުން ފެނޭ

ކޮވިޑް-19 އަށް އިތުރު 24 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ. އެއާއެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،395 އަށް އަރައިފަ އެވެ.

24 މެއި

May 24, 2020 29
ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 58 މީހުން

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 58 މީހަކު ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

May 24, 2020 23
ކޮވިޑް19: ރަނގަޅުވިތޯ ބަލާނީ 21 ދުވަސް ފަހުން

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުންގެ ތެރެއިން ހައި ރިސްކް، އެކަމަކު ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ރަނގަޅުވިތޯ ބަލަން ދެން ޓެސްޓް ކުރާނީ ޕޮޒިޓިވްކަން އެނގޭތާ 21 ދުވަސް ފަހުން ކަމަށް...

23 މެއި

May 23, 2020 18
އިތުރު 39 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1313

އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1،313 އަށް މިރޭ އަރައިފި އެވެ.

May 23, 2020 94
ސާޖެއް ފެންނާނެ ކަމަށް ބެލެވެނީ ލުއިދިނުމުން: އަމީން

ރާއްޖޭގައި ކޮވިޑް-19ގެ ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށް ކުރިން ލަފާކުރެވުނަސް މިހާރު އާއްމުކޮށް އެންމެ ގިނައިން ޕޮޒިޓިވްވާ އަދަދުތަކާ އެކު މި މަސް ނިމި، ސާޖެއް ފެންނާނެ ކަމަށް...

May 23, 2020 32
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އާސަންދަ މެދުވެރިކޮށް، އެ ހިދުމަތަށް ސަރުކާރުން އަގު ދައްކާނެ ކަމަށް ނެޝަނަލް...

22 މެއި

May 22, 2020 36
ޕޮޒިޓިވް އަދަދު މިހާރު ހުރީ ބޭސްލައިންގައި: އަފްޒަލް

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އިތުރު 58 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

21 މެއި

May 21, 2020 17
ލޮކްޑައުން ލުއިކޮށްލިޔަސް ބަލި ފެތުރުނަދީގެން ނުވާނެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،200 އަށް މިއަދު އަރައިފި އެވެ.

May 21, 2020 8
އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރަންފަށާނެ

އަންނަ ހަފުތާ ފެށޭ ހިސާބުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

20 މެއި

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

18 މެއި

May 18, 2020 12
މިނިސްޓަރު މަހުލޫފް ދެ ވަނަ ފަހަރަށް ހޯމް ކަރަންޓީނަށް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު، ކޮވިޑް-19 މީހަކު ޕޮޒިޓިވްވުމުން، ދެ ވަނަ ފަހަރަށް މަހްލޫފް ކަރަންޓީންވާން ޖެހިވަޑައިގެންފި އެވެ.

May 18, 2020 12
އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19އާ ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އައި އެކަކު ހާލު ރަނގަޅުވެ ވެންޓިލޭޓަރުން ނަގައިފި އެވެ.

May 18, 2020 39
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ...

15 މެއި

May 15, 2020 24
މަނަދު އަށް ކޮވިޑް-19 ދިޔައީ ކިހިނެއް؟

ކޮވިޑް-19 އަށް ނ. މަނަދޫން ފުރަތަމަ ޕޮޒިޓިވްވި 70 އަހަރުގެ އަންހެން މީހާ އަކީ ބަލިކަމުން ތަންތަނަށް ގޮސް އުޅެވޭ މީހެއް ނޫނެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ބަނޑުގައި...

May 15, 2020 5
މަނަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަސައްކަތު މީހުން

ކޮވިޑް-19 އަށް ނ. މަނަދޫން މިއަދު ޕޮޒިޓިވްވި ނުވަ މީހުންގެ ތެރޭގައި އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ނުހިމެނުނު ނަމަވެސް އެ ތަން ސާފު ކުރާ ދެ...

14 މެއި

May 14, 2020 9
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް

ރާއްޖެ އިން ރޭ 12 އިން ފެށިގެން މި ވަގުތާ ހަމައަށް 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 982 އަށް އަރައިފި އެވެ.

May 14, 2020 2
ކޮވިޑް-19: އިތުރު އަށް މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު އަށް މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

12 މެއި

May 12, 2020 70
ހުރިހާ ރަށަކަށް ވެސްް ކޮވިޑް19 ފެތުރުން ގާތް: ނަޝީދު

ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުއްޓަސް ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެތުރުން ވަރަށް އެކަށީގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

May 12, 2020 45
"800 މިލިޔަން ރުފިހާ ހަރަދުކުރީ ހަރުގެ ތަކަކަށް"

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން މިހާތަނަށް ހަރަދު ކުރި ޖުމްލަ ފައިސާގެ އަދަދު 800 މިލިޔަން ރުފިޔާ އަށް އެރުމުން، އެ ފައިސާ އަކީ ހަރުގެތަކެއް އަޅަން ހަރަދު ކުރި ފައިސާ...

11 މެއި

May 11, 2020 21
މާލެއިން ފުރުމުގެ އުސޫލު ހަރުކަށިކޮށްފި

ކޮވިޑް-19 ފެތުރޭތީ ލޮކްޑައުންކޮށްފައިވާ މާލެ ސަރަހައްދުން އަތޮޅުތަކަށް ފުރަން ސަރުކާރުން ކަނޑައެޅި އުސޫލު މިއަދު ހަރުކަށިކޮށްފި އެވެ.