11 ޖެނުއަރީ

January 11, 2018 4
ޑެންގީން ރައްކާތެރިވާން އިލްތިމާސްކޮށްފި

ޑެންގީ ހުން ފެތުރުމުގެ ފުރުސަތު މިދުވަސްރު އޮތުމާ އެކު، އެ ހުމުން ރައްކާތެރިވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އާންމުން ވެސް އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

10 ޖެނުއަރީ

January 10, 2018 13
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭގޮތް ހަދަން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން އެދެފި އެވެ.

21 ޑިސެމްބަރ

December 21, 2017 6
ރޯގާ ފެތުރިދާނެތީ އެކަމަށް ސަމާލުވާން އަންގައިފި

މިއީ އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށް ވުމުން، އަރިދަފުސް ރޯގާ އަދި ގައިންގަޔަށް އަރާ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

22 ނޮވެމްބަރ

November 22, 2017 15
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟

ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތަކެވެ. ފަރުވާއަށް އާސަންދައިން އެތައް މިލިއަން ރުފިޔާއެއް...

01 ނޮވެމްބަރ

November 01, 2017 8
ދުންފަތުގެ ޖޫރިމަނާ މީރާއަށް ދައްކަންޖެހޭ ގޮތް ހަދަނީ

މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2017 7
ރޯގާ ޖެހުން އިތުރުވެދާނެތީ ސަމާލުވާން އަންގައިފި

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެދާނެތީ އެކަމަށް ސަމާލުވާން ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 25
ދުންފަތް ބޭނުންނުކުރާ މީހުންގެ ގެތަކަށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގެތަކަށް އިނާމް ދޭން ނިންމައި، އެކަމާ ބެހޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 7
ހާލަތަށް ބަލާއިރު ގަވާއިދު މުހިއްމު: ކެންސަ ސޮސައިޓީ

ކެންސަރުގެ ނުރައްކާ ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު، ދުންފަތް ކޮންޓްރޯލްކުރަން ފަހުން ހެދި ގަވާއިދަކީ ކޮންމެހެން ބޭނުންވާ، މުހިއްމު ގަވާއިދެއް ކަމަށް ކެންސަ ސޮސައިޓީން މިރޭ ބުނެފި އެވެ.

03 ޖުލައި

July 03, 2017 9
ހޮޑުލުމާއި ބޭރަށްހިންގުން އިތުރުވެއްޖެ، ސަމާލުވޭ!

ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފި އެވެ.

13 ޖޫން

June 13, 2017 5
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް: ޑަބްލިއެޗްއޯ

ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޭ) އިން މިއަދު ކަނޑައަޅައިފި އެވެ.

07 ޖޫން

June 07, 2017 7
ރޯގާ ފެތުރިދާނެތީ ފްލޫ ވެކްސިން ޖެހުމަށް ގޮވާލައިފި

އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި އިންފުލުއެންޒާ ފެތުރުން މި ދުވަސްވަރު އެކަށީގެން ވާތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

04 މެއި

May 04, 2017 4
ޑެންގީ ހުން ފެތުރެމުން ދާ ކަމަށް އެޗުޕީއޭ އިން ބުނެފި

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ޑެންގީ ހުން ފެތުރުމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނެފި އެވެ.

06 އެޕްރީލް

April 06, 2017 9
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރުނު ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާ ގުޅޭ ގޮތުން ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި ރައްޔިތުން ބިރުވެރިކަމެއްގައި ނުތިބެ، ބަލީގެ ކަންކަން އާދައިގެ ހާލަތަކަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

02 އެޕްރީލް

April 02, 2017
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ހުއްޓާލައިފި

ރާއްޖެގައި ފެތުރުނު ހުމާއި އަރިދަފުސް ރޯގާ އާއި ސްވައިން ފްލޫއާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް މިދިޔަ މަހު އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މިއަދު ހުއްޓާލައިފި އެވެ.

30 މާޗް

March 30, 2017 8
ފްލޫއާ ގުޅިގެން ނެރުނު އެލާޓް ކެންސަލްކޮށްފި

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އައި ހުމާއި ރޯގާގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ހެލްތު އެލާޓް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

29 މާޗް

March 29, 2017 5
އެޗް1އެން1 އަށް ޕޮޒިޓިވް މީހުންގެ އަދަދު 222 އަށް

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 200 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

27 މާޗް

March 27, 2017 8
ފްލޫޖެހުނު މާބަނޑު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

March 27, 2017 6
އެޗް1އެން1 ގައި މަރުވި މީހުންގެ އަދަދު ހަޔަކަށް

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 ޖެހިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.

25 މާޗް

March 25, 2017 103
އިތުރު މީހަކު މަރުވެ، އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ

ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެ، އިތުރު ބަޔަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ދާދިދެންމެއަކު އެޗްޕީއޭ އިން ނެރުނު...

March 25, 2017 102
މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތިން ދުވަހުގެ ތަފާސްހިސާބުތަކުގެ ނަތީޖާ ދައްކަނީ މި ގޮތަށެވެ؛ ސްވައިން ފްލޫ ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު އިއްޔެ އެ ތަފާސްހިސާބުތައް...

23 މާޗް

March 23, 2017 3
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ

އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެ އެ ބަލި ޖެހުނު މީހުންގެ އަދަދު 176 އަށް އަރައިފި އެވެ.

March 23, 2017 5
އޭޑީކޭ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަށް ހާއްސަކޮށްގެން އޭޑީކޭ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި އެވެ.