21 މެއި

May 21, 2018 2
ހިތުގެ ހާލަތާއި ލޭގެ ޕްރެޝަރު އެއް ގަޑިއަކުން

އަތުކުރީ އަޅާ ގަޑީގެ އެކި ބާވަތްތައް މިހާރު ހުރެއެވެ. ޚާއްސަކޮށް ސިއްހީ ހާލަތު ވަޒަންކުރެވޭ ގަޑިތައް ނަން ހުސްކޮށް ލިބެން ހުރެއެވެ. ކަސްރަތުގެ ހުރިހާ ކަމަކާއި ދުޅަހެޔޮކަމަށްޓަކައި ބޭނުންވާ މުހިއްމު އެތައް މައުލޫމާތެއް، މިގަޑިތަކުގެ އެހީގައި އަތުކުރިން ފެންނަން ހުރެއެވެ.

16 މެއި

May 16, 2018
ޓްރާންސް ފެޓް މަނާ ކުރަން ޑަބްލިއުއެޗްއޯ އިން ގޮވާލައިފި

މާޖިރިން ފަދަ ޓްރާންސް ފެޓް އެކުލެވޭ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ކާތަކެތީގެ ސަބަބުން ހިތުގެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ޓްރާންސް ފެޓް ބޭނުންކޮށްގެން ކާނާ ތައްޔާރު ކުރުން ގައުމުތަކުގައި މަނާކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

08 މެއި

May 08, 2018 1
ހަކުރު ހުންނަ މީހުންނަށް ބިހަކީ ނުރައްކަލެއް ނޫން

ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ކުކުޅު ބިސް ކެއުމުން ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަމަށް ބެލެވިފައި އޮތަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

02 މެއި

May 02, 2018 1
ޗޮކްލެޓަކީ ފިކުރުތަކާ ދުރުކޮށްދޭ އެއްޗެއް

ޗޮކްލެޓުގެ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވެ އެވެ. މިފަދަ އާ ދިރާސާއެއްގައި ބުނަނީ ޗޮކެލްޓެއް ކާލުމުން މީހާގެ ފިކުރުތަކާއި ނުތަނަސްކަން ފިލުވާލައި، އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.

01 މެއި

May 01, 2018 1
ލޮނުމެދުގެ ފައިދާތައް ގިނަ

ލޮނުމެދުގައި ހުންނަ ގަދަ ރަހަގަނޑާ ހެދި އެއީ ބައެއް މީހުންނަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. އެކަމަކު މިއީ ސިއްހީ ގޮތުން ބަލާއިރު ދޫކޮށްލެވެން ނެތް އެއްޗެކެވެ.

23 އެޕްރީލް

April 23, 2018
ފަލަ ނޫނަސް ބަނޑުގައި ސަރުބީ ގިނަވުމުން ނުރައްކާ

އާދައިގެ ހަށިގަނޑެއް ނަމަވެސް އެ މީހެއްގެ ބަނޑުގައި ގިނައިން ސަރުބީ ހުންނަ ނަމަ އެކަމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

15 އެޕްރީލް

April 15, 2018 37
ފާސްޓް ފުޑް އިތުރުވަނީ، ހޭލުންތެރިކުރުވުން ކޮބާ؟

ސިއްހީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެ ބޭފުޅުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި މި ދަނީ ފާސްޓް ފުޑް ވިއްކާ ތަންތަން އިތުރުވަމުންނެވެ. އޭގެ މާނައަކީ، އެ ވިޔަފާރި ފުޅާވަމުން ދަނީ، އާންމުންގެ ޑިމާންޑް ވެސް ބޮޑުވެގެން ކަމެވެ. ހަގީގަތަކީ، އާބާދީ އަށް ބަލާއިރު، ހާއްސަކޮށް މާލޭގައި ޖަންކް ފުޑް ވިއްކާ ތަންތަން މިއޮތީ...

06 އެޕްރީލް

April 06, 2018 2
ނަޓްސް: ހިތުގެ މައްސަލަތަކަށް އެހީއެއް

މަހުގެ ބާވަތްތަކުގައި އެކުލެވޭ ޕްރޮޓީނަށް ވުރެ އެކި ބާވަތްތަކުގެ ނަޓްގައި ހުންނަ ޕްރޮޓީން ހިތުގެ ސިއްހަތަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

April 06, 2018
ބްރޮކޮލީ: ދުވަސްވީ އަންހެނުންނަށް ފައިދާ ބޮޑު

ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭތަހަކީ ގިނައިން ތަރުކާރީ ކެއުމެވެ. ދިރާސާއެއްގައި މިހާރު ބުނަނީ ބްރޮކޮލީ ފަދަ ތަރުކާރީގެ ބާވަތްތަކަކީ ދުވަސްވީ އަންހެނުންނަށް ވަކިން...

01 އެޕްރީލް

April 01, 2018
ދުވާލަކު ތިން ތަށި ކޮފީ އަކީ ރަނގަޅު މިންވަރެއް

ކޮފީއާ ނުލައި އުޅުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ބައެކެވެ. އެކަމަކު މާ ގިނައިން ކޮފީ ބުއިމަކީ ވެސް ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫނެވެ.

28 މާޗް

March 28, 2018
ހިތުގެ ހާލު އަންގައިދޭ މޮނިޓަރެއް

ވެލްބީން ހާޓްސްކޯޕަކީ ހިތުގެ މަސްތަކުގައި ބާރު ހުރި މިންވަރުން ފެށިގެން ހިތުގެ ސިއްހަތުގެ ހުރިހާ ކަމެއް މިނައިދީ ކިރައިދޭ މޮނީޓަރެކެވެ. ހިތުގެ ހާލު ރަނގަޅުކުރުމަށާއި ހިތުގެ ބަލިތަކުން ދުރުވާން މިކަމުން އެހީތެރިވާނެ އެވެ.

15 މާޗް

March 15, 2018 18
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު

އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

18 ފެބުރުއަރީ

February 18, 2018 1
ހިތް ހުއްޓިފައި އެއްގަޑިއިރު، އެކަމަކު ސަލާމަތްވި

އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުން އާސިފް ޚާން ހުކުރު ދުވަހު ނިކުމެގެން އަންނަތަން ފެނުމުން މީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެއީ އުމުރުން 22 އަހަރުގެ މި ޒުވާނާގެ ފުރާނަ ސަލާމަތް ވެދާނެ ކަމަށް އެކަކަށް ވެސް އުންމީދު ނުކުރެވުނީމަ އެވެ.

17 ޖެނުއަރީ

January 17, 2018
އިއްދައިން ކެނޑުން އަވަސްވުން ހިތުގެ ބައްޔާ ގުޅޭ

އުމުރުން 11 އަހަރު ނުފުރެނީސް މައްސަރުކަންތައް ޖެހޭ އަންހެންކުދިންނާއި 47 އަހަރު ނުވަނީސް އިއްދައިން ކެނޑޭ އަންހެނުންނަށް ހިތުގެ ބައްޔާއި ސްޓްރޯކްގެ ނުރައްކާ ބޮޑުކަމަށް އަންގާރަ ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2017
މެދު އުމުރުގެ ސިއްހަތު ރަނގަޅު މީހުންނަށް އިންޒާރެއް

މެދު އުމުރުގެ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ހިތާއި ސިކުނޑިއާ ގުޅިފައިވާ އާޓްރީޒްތައް ބެދިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެެވެ. ބަރުދަން އެކަށީގެންވާ ވަރެއްގައި ހުރި ދުންފަތުގެ އިސްތިއުމާލު ނުކުރާ އަދި ހަކުރުބަލި ނެތް މީހަކަށް ވިޔަސް އެ މައްސަލަ ދިމާވެދާނެ ކަމަށާއި މެދު އުމުރަށް...

04 ޑިސެމްބަރ

December 04, 2017 1
އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި

އިނގިރޭސި ވިލާތުގައި އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2017 1
ދުވާލަކު ތިން ޖޯޑު ކޮފީ ބުއިމުގައި ފައިދާތަކެއް

ކޮފީ ޖޯޑެއް ބޮއި ނުލެވޭ ނަމަ ގިނަ މީހުންނަށް ހެނދުނުގެ އިރު ވެސް އަރާ ކަމަކަށް ނުވެ އެވެ. އެހާ ވެސް ބޮޑަށް ކޮފީ އަކީ އާދައެކެވެ. ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ ވަރަށް ގިނަ ފައިދާތައް އިންސާނާގެ ސިއްހަތަށް ލިބޭ ކަމެއް ކަމަށެވެ. އާދައިގެ މިންވަރެކޭ ބުނެފައިވަނީ ދުވާލަކު ތިން ޖޯޑު ނުވަތަ...

23 ނޮވެމްބަރ

November 23, 2017
ހިނގަން އުނދަގޫނަމަ ހިތުގެ ޓެސްޓެއް ހެދުން ރަނގަޅު

އުމުރުން 78 އަހަރަށް ވުރެ ހަގު މީހުންގެ ތެރެއިން ހިނގަން އުނދަގުވާ މީހުންގެ ހިތުގެ މައްސަލަޔަކާ އެކަމާ ގުޅުމެއް ހުރެދާނެ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. ސްވިޑްންގެ ސްޓޮކްހޯމްގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ ސައިންސްވެރިން ބަލާފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް މީހުންނަށް ހެލިފެލިވެ އުޅެން ދަތިވާ ސަބަބެވެ.

16 ނޮވެމްބަރ

November 16, 2017 3
ލޭ މައްޗަށް ދިއުން ކަމަށް ބަލާ މިންގަނޑު ދަށްކޮށްފި

ލޭމައްޗަށް ދިއުން ކަމަށް ބަލާ މިންގަނޑު އެމެރިކާއިން ދަށްކޮށްފި އެވެ. މި ނިންމުމާ އެކު، ލޭމައްޗަށް ގޮސްފައިވާ ކަމަށް ބަލަންޖެހޭ މީހުންގެ އަދަދު އެތައް މިލިއަނެއް އިތުރުވެގެން ދާނެ އެވެ.

15 ނޮވެމްބަރ

November 15, 2017
ގިނައިރު ޓީވީ ބަލަން އިނުމުން ލޭ ގަނޑުވުމުގެ ބިރު

ޓީވީ ބަލަން މާގިނައިރު އެއް ތަނެއްގައި އިނުމުން. ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުސަތު ދެ ގުނަ އިތުރުވާ ކަމަށް ސައިންސްވެރިިން އިންޒާރު ދީފި އެވެ.

28 އޮކްޓޯބަރ

October 28, 2017
ހާޓް އެޓޭކަށް ފަހު އަވަހަށް މަރުވަނީ އަންހެނުން

ހާޓް އެޓޭކެއް ޖެހުމަށް ފަހު އެ އަހަރު ތެރޭ މަރުވުމުގެ ނުރައްކާ ފިރިހެނުންނަށް ވުރެ އަންހެނުންނަށް ބޮޑު ކަމަށް ޔޫރަޕްގެ އާ ދިރާސާއަކުން ދައްކައިފި އެވެ.