25 އޮކްޓޯބަރ

October 25, 2017
ހިތުގެ ލޯވަޅުތައް ބެއްދީ ދެމޭ ރަބަރު ފޮތިން

ރައިލީ ކްރިސްޓީ އުފަންވީއިރު ހިތުގައި ފަސް ލޯވަޅު ހުއްޓެވެ. ނަމަވެސް ޑޮކްޓަރުން މި ހުރިހާ ލޯވަޅުތައް ބެއްދުމަށް ވަރަށް އުނދަގޫ އެކަމަކު ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. މި ކުއްޖާގެ ހިތުގައި ހުރި ލޯވަޅުތައް ބައްދަން ބޭނުންކުރީ ވިއްސާރަކޯޓު ހަދާފައި ހުންނަ މެޓީރިއަލްގެ ފޮތި ބޭނުންކޮށްގެންނެވެ.

07 އޮކްޓޯބަރ

October 07, 2017 3
އަންހެނުންނަށް ހިތުގެ ބަލި ޖެހުން ލަހީ ކީއްވެގެންކަން ހޯދައިފި

އަންހެނުންގެ އޯވަރީގެ ހޯމޯންތަކާއި ހަށިގަނޑުގައި ހިނގާ "ގަޑިތަކުގެ" މޮލެކިއުލްއަކާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، އުމުރުން ދުވަސްވަމުން ދާއިރު، އަންހެނުންގެ ހިތުގެ ދުޅަހެޔޮކަން ފިރިހެނުންނަށް ވުރެ ރަނގަޅު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 10
އެއް ތެޔޮގަނޑަކުން ކިތައް ފަހަރު ތެއްލަން؟

ވަރަށް ޒުވާން އުމުރުގައި ވެސް ގިނަ ބަޔަކަށް ހިތުގެ މައްސަލަތައް ޖެހުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހެން ދިމާވާ އެއް ސަބަބަކީ ކެއުމުގެ އާދަތައް ގެންގުޅެވޭ ގޮތެވެ. ތެއްލާފައި ހުންނަ ހެދިކާތައް ކެއުމަކީ މި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

27 ސެޕްޓެމްބަރ

September 27, 2017 3
ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހެނީ ކީއްވެ؟

ހާޓް އެޓޭކް ޖެހި، ޒުވާނުން މަރުވާ ވާހަކަ އިވުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ. ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާގައި ވެސް މިކަމުގެ ކަންބޮޑުވުން މިހާރު އެބަ އޮތެވެ.

22 ސެޕްޓެމްބަރ

September 22, 2017 7
ސިކުނޑި "މަރުވި" މީހަކު ސަލާމަތްވެއްޖެ

"ސިކުނޑި މަރުވެފައިވާ" އަންހެނެއްގެ ފުރާނަ އިންޑިއާގެ ނިއު ދިއްލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރުން ބައިޕާސް ސާޖަރީއެއް ހަދައިގެން ސަލާމަތްކޮށްފި އެވެ.

24 އޯގަސްޓް

August 24, 2017 43
ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ: ޑޮކްޓަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަވަހަށް ރާއްޖެއިން ބޭރަށް ގެންދަން އައިޖީއެމްއެޗުން މިއަދު އަންގައިފި އެވެ.

August 24, 2017 15
ހިތުގެ މައްސަލައެއް ހުރިތޯ ބަލަން ފަސޭހަ ގޮތެއް

ހިތުގެ މައްސަލައެއް ހުރެދާނެތީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކަންބޮޑުވާނެ އެވެ. އާއިލާގެ ބައެއް މެމްބަރުން ހިތުގެ ބަލިތަކުގެ ޝިކާރައަށް ވާތަން އަހަރެމެންނަށް އަބަދުވެސް...

11 އޯގަސްޓް

August 11, 2017
ހަކުރު ބަލީގެ މީހުން ހިތުގެ ބަލިތަކަށް ސަމާލެއް ނުވޭ

ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އެ ބަލީގެ ސަބަބުން ހިތުގެ ބަލިތައް ޖެހި ނުރައްކާވެދާނެ ކަމަށް އެކަށީގެންވާ ފަރުވާ ނުހޯދާ ކަމަށާއި ދިރިއުޅުމުގެ އާދަތައް ވެސް ބަދަލު ނުކުރާ ކަމަށް އެމެރިކާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

05 އޯގަސްޓް

August 05, 2017 28
ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާދީފި އެވެ.

18 ޖުލައި

July 18, 2017 9
ގާސިމްގެ ހިތުގެ ހާއްސަ ސްކޭނެއް ހަދަން ލަފާ ދީފި

މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މަޖިލީހުގެ މާމގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިތުގެ ހާއްސަ ސްކޭނެއް ހެދުމަށް ޑޮކްޓަރުން ލަފާދީފި އެވެ.

04 ޖުލައި

July 04, 2017 1
ޓައިނީ ހާޓްސްގެ ކޭމްޕް ބުރާސްފަތި ދުވަހު ފަށަނީ

ޓައިނީ ހާޓްސް އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ކެއާ ފޯ ޓައިނީ ހާޓްސް" ކޭމްޕް އަންނަ ބުރާސްފަތިދުވަހު ހުޅުމާލޭ ހޮސްޕިޓަލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

02 ޖުލައި

July 02, 2017 2
ހިތް ބަދަލު ކުރި މީހާ ވިހެއުމަށް ފަހު މަރުވެއްޖެ

ވޮޝިންޓަން (ޖުލައި 2) - މީގެ އަހަރުތަކެއް ކުރިން ހިތް ބަދަލު ކުރި އެމެރިކާގެ އަންހެނަކު ވިހެއުމަށް ފަހު ގާތްގަނޑަކަށް އަށެއްކަ ގަޑިއިރު ފަހުން މަރުވެއްޖެ އެވެ.

23 ޖޫން

June 23, 2017
ދެރަވެގެން ހިތް ހަލާކުވެދާނެ

ދެރަވާ ކަމެއް ދިމާވުމުން، އެއީ ހިތްހަލާކުވާ ފަދަ ކަމެކޭ ބުނަނީ މަޖާޒީ ގޮތުން ނޫން ކަމަށް މިހާރު ބުނެވިދާނެ އެވެ. ދެރަވުމުން ހިތަށް ގެއްލުންވާކަން ދިރާސާތަކުން ހާމަވެ އެވެ. ހިތް ހަލާކުވުމަކީ ހިތް ހުއްޓުމުން ދިމާވާ ކަހަލަ ދިގު މުއްދަތުގެ ގެއްލުންތަކެއް ހިތަށް ލިބޭ ކަމެއްކަން ވެސް މި ދިރާސާތަކުން ހާމަވެފައިވެ އެވެ.

04 ޖޫން

June 04, 2017 1
ކެރެލާ މީހެއްގެ ހަށިގަނޑުގައި ދެ ހިތް

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މީހެއްގެ ހަށިގަނޑުގައި، ބަރާބަރަށް ހިނގާ ދެ ހިތް އެބަ އޮތެވެ. އޭނާގެ ހަށިގަނޑުގައި ދެ ހިތް އޮތީ ހިތުގެ ބައްޔަކާ ގުޅިގެން އެހެން މީހެއްގެ ހިތް ލެއްވުމުންނެވެ. މި މީހާގެ ހަށިގަނޑުގައި ހިނގާ ދެ ވަނަ ހިތަކީ އަންހެނެއްގެ ހިތެވެ.

18 މެއި

May 18, 2017
ފަލަ އެކަމަކު ފިޓު މީހުންނެއް ނޫޅޭނެ

ފަލަޔަސް ސިއްހީ ގޮތުން ބަލާއިރު ފިޓް މީހުން އުޅޭނެ ކަމަށް ކުރެވިފައި އޮންނަނީ ކުށްހީއެއް ކަމަށް ޕޯޗްގަލްގެ ތަޖުރިބާކާރުން ބުނެފި އެވެ.

11 މެއި

May 11, 2017
ހިތުގެ މައްސަލަޔަކުން އެނާޖީ ޑްރިންކުގެ ނުރައްކާ ބޮޑުވޭ

ހިތުގެ ބައެއް މައްސަލަތައް ހުރިކަން ނޭނގި ތިބެ އެނާޖީ ޑްރިންކް ބޯ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް، އާ ދިރާސާއެއްގައި އިންޒާރު ދީފި އެވެ.

06 މެއި

May 06, 2017 2
ހާޓް އެޓޭކެއް ޖެހިދާނެ ކަމަށް ނުވިސްނާ މީހުން ގިނަ

ދުންފަތުގެ އިސްތިއުމާލުކުރުމާއި އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާއި ހަރަކާތްތެރިކަން ކުޑަވުން ފަދަ، ހާޓް އެޓޭކަށް މަގުފަހިވާ ކަންކަން ހުންނަ މީހުންގެ ތެރޭގައި ވެސް ހާޓް އެޓޭކެއް ޖެހިދާނެ ކަމަށް ނުވިސްނާ، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަން ބޭނުން ނުވާ މީހުން ވަރަށް ގިނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

26 އެޕްރީލް

April 26, 2017 29
ކެތުލެބުން 8،000 މީހުން ފަރުވާ ހޯދައިފި

މިދިޔަ އަހަރުގެ ޖޫން މަހު އައިޖީއެމްއެޗުގައި އަލަށް ހުޅުވި ކެތުލެބުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

27 މާޗް

March 27, 2017 3
ސްޕިނެޗް ފަތް އިންސާނާގެ ހިތުގެ ޓިޝޫ އަކަށް

އިންސާނެއްގެ ހިތުގައި ފުރިހަމައަށް މަސައްކަތްކުރާ ޓިޝޫއަކަށް ސްޕިނެޗް ފަތެއް ބަދަލުކުރުމުގައި ސައިންސްވެރިން ކާމިޔާބު ހޯދައިފި އެވެ.

27 ފެބުރުއަރީ

February 27, 2017 8
ޔުނިވާސަލް އިން ޓައިނީ ހާޓްސް އަށް އެހީތެރިވަނީ

ޓައިނީ ހާޓްސް އިން މި އަހަރު ހިންގާ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށް ޔުނިވާސަލް އެންޓަޕްރައިސަސް އާއި އެ ޖަމިއްޔާއާ ދެމެދު އެއް އަހަރުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

17 ފެބުރުއަރީ

February 17, 2017
ހިތުގެ ބަލިން ގެއްލުން ވަނީ ހިތަށް އެކަންޏެއް ނޫން

ހިތުގެ ބަލިން ގެއްލުން ވަނީ ހަމައެކަނި ހިތަށް ނޫން ކަމަށާއި ފަޔާއި ފައިތިލަ އާއި ކިޑްނީ އަދި ސިކުނޑިއަށް ވެސް ގެއްލުންވާ ކަމަށް ހިތުގެ ޑޮކްޓަރުންގެ ތަޖުރިބާކާރުންގެ ޓީމަކުން ބުނެފި އެވެ.